ފުޓްބޯޅަ މެޗްތަކާއި އިންތިޚާބުތަކުގެ ނަތީޖާތައް ދިމާކުރަން ޖަނަވާރުން ބޭނުންކޮށް ތަފާތު "ޓެސްޓްތައް" ކުރުމަކީ މިހާރު އާންމު ކަމެކެވެ. އެއްވެސް ޖަނަވާރަކަށް ފަހުން ވާނެ ގޮތެއް ބުނަން ނޭނގުނު ނަމަވެސް މިފަދަ ޖަނަވާރުތައް ބުނާ ބުނުންތައް ގަބޫލުކުރާ ބަޔަކު މިމުޖުތަމަޢުގައި ވެސް އުޅެއެވެ.
ރާއްޖޭގެ ރިޔާސީ އިންތިޚާބު ބާއްވާ ދުވަސް ކައިރިވަމުން އަންނައިރު "ރާއްޖެ ޓީވީ" އިން މިވަނީ މުސަލެއް ބޭނުންކޮށްގެން އިންތިޚާބު ކާމިޔާބު ކުރާނީ ކޮންބޭފުޅެއްތޯ ބަލާފައެވެ.
މިހާރުވެސް ޔަގީން ކުރެވިފައިވާ ގޮތުގައި އިންތިޚާބުގައި ވާދަވެރިކަން އޮންނާނީ ރައީސް ޔާމީން އާއި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޟާލިހް (އިބޫ) އާއި ދެމެދުއެވެ. ރާއްޖެ ޓީވީ އިން މުސަޅެއް ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ "ޓެސްޓްގައި" ވެސް ބަހައްޓާފައި ހުރީ ރައީސް ޔާމީންގެ ފޮޓޯ އަކާއި އިބޫގެ ފޮޓޯ އެކެވެ.
ދެފޮޓޯގެ ކައިރީގައި ވެސް ކާނެ އެއްޗެހި އަޅާފައި ތައްޓެއް ހުއްޓެވެ. ފަސް ފަހަރެއްގެ މަތިން މުސަޅަށް ފުރުސަތު ދީގެން އިބޫ "އިންތިޚާބު ކާމިޔާބު ކުރިކަމަށް" މުސަޅު ނިންމީ 3-2 އަކުންނެވެ. ރައީސް ޔާމީންގެ ތަށިން ދެފަހަރު މުސަޅު ކައިފައި ވާއިރު އިބޫގެ ތަށިން ތިން ފަހަރު ވަނީ ކައިފައެވެ.
Watch a rabbit 🐇 in the #Maldives predicts the outcome of the upcoming presidential election in the country. pic.twitter.com/3N9eMgfRVZ
— RaajjeTV (@Raajje_tv) July 17, 2018
މިއީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ފަރާތެއް ބަލަން ރާއްޖޭގައި މިހާތަނަށް މިފަދަ ކަމެއް އާންމުކޮށް އެންމެންނަށް އެނގޭގޮތައް ކުރި ފުރަތަމަ ފަހަރެވެ.
ދަޮންބުޅާ ބުނީ ހިންނަވަރު މީހުން ވެރިކަމަށް ކަމުނުދާކަމަށް ހޮވޭނީ ޔާމީނު
ތިކަހަލަ ކަންތަށް ތިޔަ ބައިގަނޑު ކުރާނެ
ތީ ލައިވެއްނޫން. ދައްކާނީ އެމީހުން ބޭނުންވާ ގޮތަށް ނިމުނީމަ.
ހެހެ... ގުއިރޯނުގަ ޖެހުނީ ދޯ؟؟
އެޑިޓްކޮއްގެން ދިމާކޮށްފަ މުޅިންވެސް ފޭކް
މުސަޅު ބެލީ.ބަލިވާ މީހާ.....
މުސަޅާ ކާޅަށް ތަބާވާނީ .... ކޮންބައެއް؟؟؟؟؟
ކޮބާ؟ އިޔާޒު! އިލްޔާސް! ޢަދާވާތްތެރިކަން އުފައްދާ އަދާވަތު ޕާޓީ؟! ހައްޕު ތޯ
ދެފުށެެއްނޫން 6 ފުއް ފެންނަ އިންތިޚާބެެއް ބޭއްވިޔަސް ﷲ އިރާދަ ކުރެއްވިއްޔާ އިންތިޚާބު ކާމިޔާބު ކިރާނީ ޔާމީން. ކޮން ދެފުށެއް ކިޔާކަށް ކާމިޔާބު ނުވާނެތީ އިދިކޮޅުން ދައްކާ ބަހަނާ ތޮޔައީ
ތި މުސަޅުވެސް ތިހެދީ ދޮގުކަމަށް މަމެން މިހާތަނަށް ބެލި ބެލުމުން ފެންނަނީ.
މިފަހަރު ވެރިކަމަށް ހަމަ ހޮވޭނީ ހިންނަވަރު މީހެހް
ތީ ހާދަ ސޭކު ސޮރެކޭ... މިފަހަރު އަންނިގެ ވޯޓްވެސް ޔާމިނަށަ... ދެން ތިހެންވީ އިރު ޔާމީނަކީ ހިންނަވަރު ގޮލައެއް ދޯ.. ގަނޑިޔާ
ހަމަ ކަށަވަރުން ތީ ބިދުއައެއް. ޖާހިލިއްޔަ ޒަމާނުގެ ކަންތަކުގެ ތެރެއިން ނަސީބު ބަލަން ގެންގުޅޭ ދުނިދަނޑި ކަަހަލަ ކަމެއް.
ރާއްޖެޓީވީން ހަދާކޮންމެ އެއްޗެއްގައި ކާމިޔާބުދައްކާނީ އެމީހުން މޮޅުވާގޮތަށް އެއީ ތަދުބީރު. މުސަޅުން އެދައްކަނީ އެމީހުންކުރާ ތަދުބީރު. އެކަމަކު ކޮންމެކަމެއްވެސް ވުންވަނީ ތަޤްދީރުގައި . ތަޤްދީރުވަނީ ﷲގެ ނިޔާފުޅުގެ ދަށުގައި،
ނެތްކަމެއް ތަޤްދީރުގައި މުސަޅަކަށް ނޭގޭނެޔޭ
އެއްކަމެއްވެސް ނުހިނގައޭ ތަދުބީރު ކުރެހި ޕްލޭނަކުން.
މީގެން އެނގެނީ ރާއްޖެ ޓީވީ އަކީ އަދި އެފިކުރުގެ ކުރީ ސަފުގައި ތިބި މީހުން ގެ ތަސައްރަފް ނުފުދޭކަން އަދި އީމާން ތެރިކަން ކުޑަކަން. ޢަހަރެމެން މުސްލިމުންނަށް އިނގެންޖެހޭ މާތް ﷲ ފިޔަވާ އެހެން ފަރާތަކަށް ފަހުން ވާނެގޮތް ނޭނގޭނެކަން.
ހަމަ ޔަހޫދީން ކުރާ ކޮންމެ ކަމެއް މި
ބައިގަނޑު އެބަ ކުރޭ. މި ހާރު ތިޔަ މުސަޅު
އޮންނާނީ ފަޅާފަ. މާދަން މުސަޅާ ކައިވެނި
ކުރުމުގެ ހުއްދަ ހޯދަން މުޒާހަރާ ކުރާނެ.
މުސަޅު ބުނީ ނަސީދުއަށް ވެރިކަމަށް ކުރިމަތި ނުލެވެޔޯ...ހެހެ
މުސަޅު ބުނީ ނަސީދުއަށް ވެރިކަމަށް ކުރިމަތި ނުލެވެޔޯ...ހެހެ
ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިޔަކީ ހަރާމް އެއްޗެއް ކަމަށްވާނަމަ. ތިޔަ މުސަޅުގެ ނިންމުން ގަބޫލުކޮށްގެން ތިބޭތިބުމަށް ދައްކާނެ ވާހައެއް އެބައޮތްބާ؟
ރާއްޖެ ޓީވީ ސިރުކު ކުރަން ފެށީ ދޯ އެހެންވެގެންނޭ އަފިރިން މިބުނަނީ ލާދީނީ ޕާޓީއައް ވޯޓު ނުދޭނަމޭ ދެން ޖަހާލަތުޕާޓީން ބުނޭ އޯކޭ ވާނެޔޭ އެހިސާބުން އެނިމުނީ ..
ސިރުކުގެ ޢަމަލެއް
މީގެން އިނގެނީ ތިޔަބައިގަނޑަކީ ބޯ ހަމަޖެހޭ ބައިގަނޑެއް ނޫންކަން. ކުރާ ދޯދިޔާ ކަންތައް އަހަރެން ހަމަ އަޖައިބުވެ އަންތަރީސްވެއްޖެ. ތަންކޮޅެއް ހަރުދަނާ ކަމެއް ނިކަން ކޮށްލާބަލަ. ވާންޗޯސް
ތީ މައްސަލައަކީ ޣައިބުގާވާ ކަންބަލަން އަންނި އައުވާނުން އަބަދުވެސް މަސައްކަތްކުރާނެ. އެކަމަކު އެކަން އެހެނެއްނުވާނެ. އަބަދުވެސް ބަލާނީ އެހެން ދީންތަކުގެ ކަންކަން ހުރިގޮތް. ބަލަގަ އަހަރެމެންނަކީ މުސްލިމުންނޭ. މުސްލިމުންނަކީ ރަމަލުޖަހާ ފާލުބަލާ ހަދާބައެއްނޫން. މޮޔަފުޅުނުވޭ ކެތްތެރިވެތިބޭ. މާތްﷲ އެވަގުތަކަށް އިރާދަކުރައްވާ ބަޔަކަށް ވެރިކަން ދެއްވަވާ. އެއީ ބައެދއްފަހަރަށް އިމްތިޙާނެއްގެގިތުން. ވެރިކަން ލިބުމަށްފަހު ޣައްދާރުވެ ދީނަށާ މާތް ރަސޫލާއަށް ފުރައްސާރަ ކުރާކަމުގައިވާނަމަ ވެރިކަން ދެމިއެއްނޯންނާނެ. ކެނެރީގޭ ގަމާރަށްވީވެސް އެހެން. ވެރިކަން ލިބުމުން ދެންއުޅެގަތީ ދިވެހިންނަށް ޤަބޫލުކުރަންވެސް ދަތިގޮތަކަށް.
މުސަޅު އެބައުޅޭނުން ބޮލުންޖަހާ އިބޫ ވައްޓާލަންވެސް
ތިޔައީ ހަމަ ބޮޑު ޝިރުކެއް. އެހެނީ ވާންހުރިކަމެއް އެ މުސަޅަށް އެނގޭނެ ކަމަށް ގަބޫލުކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން.....!!!
ކަނޑައެޅިގެން ތިއީވެސް އިސްލާމް ދީނާ ޚިލާފު ޢަމަލެއް ރާއްޖެޓީވީން ކޮށްފިއްޔާ އިލްޔާސްމެންނަށް އޮކޭ އިޔާޒްމެންނަށް އޯކޭ
އެކަމަކު ތިއީ ސަސީބުބެލުމަށް ކުރިކަމެއް ތިއީވެސް ފާލުބެލުމުގެ ވައްތަރެއް
ކޮބާ އަދާލަތު .
ދެންވެސް ބުނޭ ލާދީނީ ނުކިޔޭނޭ. ބަލަގަ ޢައިބު އެެގެނީ ޖަނަވާރުން ނައްތަ ތައުބާވެބަލަ! ﷲ އައް ބިރުވެތިވޭ އެކަލާންގެ އެއީ މިބިން މަތިން ކަހީނުކަމައްވުރެ މާފުރިހަމަ އިލުމެއް މުސްލިމުން ނައްދެއްވައި ކަހީނުންގެ ނުބައި އަމަލުތައް އެކަލާންގެ ކަލާމް ފުޅުގައި ބޭޒާރު ކުރައްވައި އެމީހުންނައް ލައިނަތް ބާވައިލެއްވި ރަސްކލާންގެ.
ބިދުއަވެރި އަމަލުތަކާއި ދުރުހެލިވޭ މުސްލިމުންނޭ. މާތް ﷲ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވޭ
އަހަުރެންގެ ގުރާއަށް އަހުރެން ދެއްކީ ޔާމީންގެ ފޮޓޯއަކާ އިބޫގެ ފޮޓޯއެއް! އޭތި ކޮންމެ ފަހަރަކު ސީލަނީ އިބޫގެފޮޓޯއަށް އަރާފަ ފޮޓޯއަށް! ދެން ބެހެއްޓީ ދެފޮޓޯކައިރީގައި ކުދިބަތްއަޅާފަހުރި ދެތަށި! އިބޫތަށިން ނުކައި އެތައްޓަށް ލީ ސީ! ކައި ހުސްކުރީ ޔާމީންގެ ތަށިން! ދެން ރަމަލު ޖަހާ ބެލިއިރު ނަތީޖާ ނުކުތީ އިބޫއަށް 27 ޕަސެންޓް ، ޔާމީންއަށް 73 ޕަސެންޓް! އަހުރެންކެ ކާފަގެ ފޮތްބޮޑިން ބެލިއިރު ޔާމީން އޮތީ ވަރަށް ބޮޑުތަންކުރީގައި!
ދެން ވޯޓްނަގާނެކަމެއް އެތްތާ ދޯ؟ މީ އަދި މާ މޯޅު ބައެއް......... ނިކަން ވިސްނާލަބަލަ މި އެމް.ޑީ.ޕީ މީހުންގެ ފިކުރު............ ނުވިސްނޭ ލާދީނީ ފިކުރު
ޖާހިލިއްޔަ ޒަމާނުަގައި ފާލުބަލަން ގެންގުޅުނީ ދުނިދަނޑި. އެއީ ބޮޑުވެގެންވާ ފާފައެއް. އެފަދަ ނުބައި ކަންކަން މިދަންކަނީ ހުރިހާ ނުބައިކަމެއް ދައްކާ ޓީވީން. އެއީ އަދާލަތުޕާޓީގެ އެކުވެރިން.
މިބައިގަޑު އިސްލާމްދީނާެއި ދެކޮޅުކޮންމެކަމެއްކުރާނެ
ތިހަމަ ޔަހޫންދީން ކަންކުރާގޮތް ތިކަމުންވެސް އެގިގެން ދިޔައީ ލާދީނީކަން
ވޯޓުންކޮންމެމީހަކުހޮވުނަސް ޢިއުލާންކޮށްނިމޭއިރުޤާނޫނީހަމަތަކޭކިޔާފަޔާމީނުހޮވުނުކަމަށްނިމޭނެކަން ވަރަށްސާފު
ފޮޓޯގަ ތިބި 2 މީހުނަކަކީވެސް 2 އިބިލީހުން.
ހުރިހިތާމައެއްގެ ބޮޑުކަމާއެވެ! ޣައިރު މުސްލިމުން ކުރާކަހަލަ ކަންތައް މިއާލާތުން މިކުރަނީ ޢަޤީދާ ފަސާދަ ވެފައިވާތީބާވައެވެ. މިފަދަ ޚަބަރުތައް ގެނެސްދޭ ނޫސްތައް ވެސް ވަކި ސަހަލެއް ނޫނެވެ.
ދެން ވޯޓް ލާނެ ކަމެއް ނެތެއްނު...
ބުޅާބުނި ވޯލްޑުކަޕް ކާމިޔާބުކުރާނީ ރަށިއާއިންނޭ
ތީ ޝިރުކޭ. ތި ވީގޮތުން އެއް ވޯޓު މަދުވީ
މުަސަޅު ބުނަނީ ޔާމީން ކަމަށް
މުސަޅު ދެފަހަރު ކެއަި ޔާމިން ތަށިން.
ނިއްމާލަން ވީ އެން ނުން.
ޢެމީހުން ބޭނުންވާ ގޮތަކަށް ދިޔާއިމަ ނިއްމާލީ
ތިވެސް ޕޕ އެމް ބަޔަކު ކުރިކަމެއްނަމަ މިއުޅޭ ޑރ އިޔާޒު ރައްދު ދޭނެ އެކަމު އޭނަގެ ބައިގަނޑު ވީމަ ނުވެސް ފެނޭ ނުން އެހެންވީމައޭ މި އިޔާޒުމެންގެ ހުންނަ ނާއިހުލާސްތެރި ކަމުގެ ވާހަކަ މީހުނަ ދައްކަނީ
މިހުންނަނީ ދީނުގައި ކަނޑައެޅިގެން ކުރުން ހަރާމް ކުރައްވާފައިވާ ކަންތައްތައް. އެހެނީ، ފާލުބެލުމަކީ ސީދާ ޤުރްއާނުގެ ނައްސުން ނަހީ ކުރައްވާފައިވާ ކަމެއް. ކާފިރުން ކުރާ މިޒާތުގެ ކަންތައްތަކަށް ނުހެއްލުމަށް ގޮވާލަން.
މުސަޅު ވެލަޔާ ވާދަކޮށް ރޭހުންވެސް ބަލިވީ. މުސަޅު މިފަހަރުވެސް އެބަލަނީ ބަލިވާ މީހާ ތޯއްޗެ
މިއީ މޮޔަ ބައެއްތަ؟
މިއީ ކިހާ ދެރަކަމެއް!!!!!!!!!!!!!!!!!!!! ގައުމެއްގެ ކުރިއެރުވުމަށް ބާއްވާ އިންތިހާބުވެސް ބައެއް ފަރާތްތަކުން މިނަގަނީ ޖޯކަކަށް!!!!!!!1 ހެޔޮވެސްް ނުވާނެ މިކަލަ ޢަމަލު ހިންގާކަށް
މުސަޅު ބެލީ ސަރުކާރުން ގިނައިން ރުފިޔާ ކެއީ ކާކުތޯ؟ މުސަޅުބުނަނީ އިބޫ އޭ ގިނައިން ކެއީ... ދެންވެސް ކާނީ އިބޫ މެންގެ ޕާޓީ އޭ..ދެން ލަލަލާ...
ކޮންމެ ކަމެއްގައިވެސް އޮންނަނީ 3 ފަހަރު، އޭގެތެރެއިން 2 ފަހަރު މޮޅުވީ ޔާމީން، ދެން ބޭނުންވާ މީހާ މޮޅުނުވީމަ ފަސްފަހަރުވެސް ހަފަހަރުވެސް މުސަޅު ކާން ފޮނުވިދާނެ، އަދި ތީ މި މުޖްތަމައު ގަބޫލު ކުރާނެ ކަމެއެްނޫން. ވަރަށް ސަލާމް
ޤަބޫލުކުރާނެ މީހަކު ޤަބޫލުކޮއްފާނެ.ނަމަވެސް އަޅުގަނޑަކައް ޤަބޫލެއް ނުކުރެވެއެވެ.ސަބަބަކީ އަޅުގަނޑަކީ ﷲ އާ އެކަލާނގެ ފޮތައް އީމާންވެގެން ހުރި މީހަކައް ވާތީ.
ކޮބާތަ އަސޭލާ. އޭނަ ހުރިކޮޅަކަށް މިކަން ނިމޭނީ. މީ އެންޑީޕީ ގަބޫލުކުރިގޮތް. މިހާރު ކޮން މުސަޅެއްތަ
އިބޫ ފައިސަލް ހޮވޭނެކަން ޔަޤީން ވާއިރު ކީއްކުރަން މުޅި ޤައުމުގެ ހުރިހާ ގެއަކަށް ގޮސް ވޮތު ދޭށޭ ކިޔައި ސަލާމް ޖަހަނީ. ހަމަޖެހިގެން ގޭގޭގަ ތިބެންވީނު.
އިބޫބޭބޭ ބުނަން ވާހަކައެއް. ބޭބެގެ ލީޑަރ ޝިޕެއް ތަޖުރިބާއެއް. ނެތް. ވެރިކަން ކުރެވޭނީ ވަރަށް ހިކުމަތްތެރި ކެތްތެރި ކެރޭ ޢިލްމީ ބޭބޭ ފުޅުންނަށް އެކަމަކު މިކަންކަން ބޭބެގެ ނެތީމަ އަހަރެން ހިތާމަކުރަން. އަދި ބޭބެއަށް ރަނގަޅަށް ނުވެސް ވިސްނޭ.
3 ފަހަރު ކެއުމަކީ 3 ފަހަރު ބަލިވުން
އިސްލާމް ދީނަށް މަލާމާތްކޮށް ފުރައްސާރަކުރާމީހުން ތިކަހަލަ ޚުރާފީ ކަންކަން އަބަދު ވެސް ކުރާނެ..
އެހެންވީމަ ހުވާކުރަންވީ މިހާރު ޝަރަފުވެރި މެހެމާނަކަށް މުސަޅު ގެނެސްގެން
މުސަޅަކީ ވ ބިރުގަންނަ ޖަނަވާރެއް. އަހަރެމެން ސާރިދޯޅެއް ގެނެސްގެން ބަލާނީ...އަހަރެމެން ޖަނަވާރު ބިރުގަންނުވާކަށް ނުހަދާނަން...އަހަރެމެން ބިރުގަންނުވާލާނީ ކެންޑިޑޭޓް!
އޫރަކަށް ކާންދީފަ ބެލިނަމަ ލާދީނީ ބައިގަނޑު