ގޫގަލް ޓްރާންސްލޭޓަކީ އެއްބަސް އަނެއް ބަހަށް ތަރުޖަމާ ކޮށްދިނުމުގައި ވަރަށް ބޮޑު ރޯލެއް އަދާ ކުރަމުން އަންނަ ޓްރާންސްލޭޓަރެކެވެ. ގިނަ ގައުމުތަކުގެ ބަސްތައް އޭގައި ހިމެނޭއިރު، ދާދި ފަހުން މިވަނީ ދިވެހި ބަސް ވެސް އޭގައި ހިމަނާފައެވެ.

ދިވެހި ބަސް އޭގައި ހިމަނާފައިވާއިރު، މިހާރު މީސްމީޑިއާގައި ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަނީ ގޫގަލް ޓްރާންސްލޭޓްގައި "ދިވެހިން" ޖެހުމުން "ދި އިންޑިއަންސް" އަންނަ ކަމަށެވެ.

އެކަމާއި ގުޅޭ އެކި ސްކްރީންޝޮޓްތައް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ގިނަ ބަޔަކު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، ޓްރާންސްލޭޓްގައި އިންޑިއަންސް އަންނަ ކަމަށާއި މިއީ އިންޑިއާ މީހުން ކަމަށެވެ.

ގޫގަލް ޓްރާންސްލޭޓްގައި ދިވެހިންގެ ތަރުޖަމާއަކަށް ދި އިންޑިއަންސް އައުމުގެ މައްސަލަ ފެންމަތިވެފައިވާއިރު، މިސަރުކާރާއި އިންޑިއާއާއި ދެމެދު އުފެދިފައިވާ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ރާއްޖޭގައި ހިންގާ ގިނަ ޕްރޮޖެކްޓްތައް އިންޑިއާގެ ކުންފުނިތަކާއި ހަވާލު ކުރުމާއި އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވުން ވަނީ އިތުރުވެފައެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވުމާއި އަދިވެސް އެކި އެކި ސަބަބުތަކާއި ހުރެ ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގެ އިތުރު ފާޅުގައި "އިންޑިއާ އައުޓް" ހަރަކާތް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މާލޭގެ އެކި އިމާރާތްތަކުގައި "އިންޑިއާ އައުޓް" ބެނާތައް ހަރުކުރުމާއި ފާރުތަކުގައި "އިންޑިއާ އައުޓް" ވަނީ ޖަހަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ގަޅި

    ބޯ ހަލާކު
    ދެން ކީކޭ ބުނާނީ !
    🙈😭

    29
    2
  2. އަލީ

    އިންޑިއާ އައުޓް!

    38
    2
  3. ޝިދާތާ

    އިންޑިއާ އައުޓް!

    37
    2
    • އިބްރާހިމް

      އިންޑިއާ އައުޱު

  4. ޝަރީފް

    އިންޑިއާ އައުޓް!

    35
    2
  5. ރަދީފް

    އިންޑިއާ އައުޓް!

    34
    2
  6. އަންނި

    އިންޑިއާ އައުޓް!

    35
    3
  7. ރައްޔިތުމީހާ

    މީ ބަޔަކު ގަސްދުގާ ކުރިކަމެއްބާ

    38
    2
  8. ބަޑަންޑޫ

    ގޫގުލުން ކީއްވެބާ ތިހެން ތިހަދަނީ

    34
    3
  9. ރޯނުއެދުރުކިލޭގެ

    ގޫގްލް އައްވެސް އޮޅޭނު މިގައުމު މިހާރު ވެރިކަން ކުރަނީ އިންޑިޔާ އަވަށެއް ގޮތައް ވިއްޔާ.

    46
    3
  10. ވައިނުސާފު

    ވިހާވެސް ގިނަމީހުން އޭގަ އެނދަ ސަޖެސްށަން ބޯކްސް ގަ ރަންގަޅުގޮތައް ސަޖެސްޓް ކޮއްބަލަ.
    “މޯލްޑިވިއަންސް” އޭރުން އޭތި ގޫގުލްއިން ރަނގަޅު ކުރާނެ.

    32
    1
  11. Anonymous

    ގޫގުލް އައުޓް.

    7
    1
  12. ރާއްޖެތެރެ

    މިހިރީ މިމީހުން ވިކިފަ ހުރިވަރު.

    3
    1
  13. ޝޮކްތެރަޕީ

    ރާއްޖެ ސަލާމައް ކުރުމަކީ އުދަގޫކަމެއް. ދެލައްކައް ޑޮލަރު ދިނީމަ އިންޑިޔާ މީހުންނަ ރައްޖޭން ފުލެޓް ލިބޭ. ދެރަ

    5
    1
  14. ހުސައިން ރަޝީދު

    އިންޑިއާ އައުޓް ޖެހީމާ އަންނާނީ ކޯއްޗެއްބާ؟
    (ހ) ރައީސްގެ ޤަރާޜު
    (ށ) މޯލްޑީވްސް ޕޮލިސް ސާރވިސް
    (ނ) އިންޑިއާ ސިފައިން
    ރަނގަޅުޖަވާބުގައި ކްރޮސް ޖައްސަވާ ނުބައި ޖަވާބުގައި ރަނގަޅު ޖައްސަވާ

    4
    1
  15. ހަސަން

    އިންޑިއާ އައުޓް! ޟާހިދު އައުޓް، މާރިއާ އައުޓް، އިބޫ އައުޓް.

    4
    1
  16. ހހ

    ތީ ސައްހަ ހަބަރެއް ނޫން ޗެކް އަގެއިން

  17. ހުސޭނުބޭ

    ދިވެހިރާއްޖެ
    ގޫގުލް ޓްރާސްލޭޓަރ: ޕްރޮވިންސް އޮފް އިންޑިއާ
    އަނެއްކާ މިހެން އަރާތަ؟

    5
    1
  18. އޭއައި

    ގޫގުލް ޓްރާންސްލޭޓް ގައި ބޭނުންކުރަނީ އާޓިފިޝަލް އިންޓެލިޖެންސް، މެޝިންލާނިން، ރަނގަޅުގޮތް ލިޔުނީމަ، މޮޑެލް ފުރިހަމަވާނި، އެއީ މައްސަލައެއް ނޫން، އެހެނިހެން ލޭންގްއޭޖްތަކުގަވެސް އެކަހަލަ ކަންކަން ފުރަތަމަކޮޅު ދިމާވި، އަދިވެސް ދިމާވޭ، ކޮންމެ ކަމަކީ ސިޔާސީ ކަމެއްނޫން،

    3
    1
  19. ސްމާޓީ

    ގޫގަލް އަކީ އެންމެ އިންޓެލިޖަންޓް ސާރޗް އިންޖިން. އެއިންޖީނު ބަލާނެ ގައުމުގަ ވެރިކަންކުރަނީ ދިވެހިންތޯ ނޫނީ އެހެން ބައެއްތޯ. އެހެންވީމާ، 2022 ވަނަ އަހަރުގެ އެނަލައިސިސް ހެދިއިރު އެއިންޖީނަށް ފެނުނީ ވެރިކަންކުރަނީ ދިވެހީން ނޫންކަން.

    2
    2
  20. މުލާ

    ދޮގު ޚަބަރު ފެތުރުން ހުއްޓާލާ