ކޭކު އެޅުމާއި، ޑިޒައިން ކުރުމާއި، އެފަދަ މަސައްކަތުގައި އާއްމުކޮށް އުޅެނީ އަންހެނުންނެވެ. ނަމަވެސް މިހާރު އަންހެނުންނަށް ހާއްސަ، ފިރިހެނުންނަށް ހާއްސަ ވަކި މަސައްކަތެއް ނެތް ކަހަލައެވެ. ހުރިހާ މަސައްކަތެއްގައި ކަހަލަ ގޮތަކަށް ދެ ޖިންސުގެ މީހުން ހަރަކާތްތެރިވަމުންދާތަން ފެނެއެވެ.

މިއީ މީގެ އަހަރުތަކެއް ކުރިން އަންހެނުންނަށް "ހާއްސަ"ވެފައި އޮތް ކަމަށް ގިނަބަޔަކު ގަބޫލު ކުރި، ކޭކު އެޅުމުގައި އުޅޭ ޒުވާން ފިރިހެނެއްގެ ވާހަކައެވެ. ކޮންސްޓްރަކްޝަންސް އާއި އެނޫންވެސް ފިރިހެނުންނަށް ހާއްސަވެފައި ކަމަށް ގިނަބަޔަކު ގަބޫލުކުރާ ދާއިރާތަކުގައި އަންހެނުން އުޅޭ ބީދައިން އުމުރުން ގދ. ގައްދޫއަށް އުފަން 19އ.ގެ ސާދިމް އަހްމަދުވެސް ތަފާތު ދައްކައިފިއެވެ. "ދަބޭކާބޯއި"ގެ ނަމުގައި އިންސްޓަގްރާމް އެކައުންޓެއް ހުޅުވައި އޭނާގެ މަސައްކަތްތައް އާއްމުންނަށް ދައްކަން ފަށައިފިއެވެ.

"އެންމެ ކުޑައިރުންވެސް ފެށިގެން ކޭކް އަޅަން ޝައުގުވެރިކަން ހުރޭ. އެކަމަކު އެއިރު ކޭކު އަޅަން ދުވަހަކުވެސް އަމިއްލައަށް ޓްރައިކުރާކަށް ނުލިބޭ. އެހެންވެ އެކަން އޮތީ ފޮރުވިފައި." ސާދިމް އޭނާގެ ވާހަކަ ފެށިއެވެ.

ސާދިމް ކޭކެއް ޑިޒައިން ކުރަނީ

އެކަމަކު މިހާރު އެކަން އޮތީ ފޮރުވިފައެއް ނޫނެވެ. އޭނާގެ ހުނަރުވެރިކަން ފާޅުގައި އެންމެންނަށް ދައްކަން ފަށައިފިއެވެ. އޭނާ ބުނިގޮތުގައި ކުޑައިރު އުފަން ދުވަހުގެ އެކި ޕާޓީތަކަށް ގޮސް އުޅޭ އުޅުމުގައި، މީހުން އަޅާފައި ހުންނަ ކޭކްތައް ފެނިގެން، އެކަން ކުރަން ޝައުގުވެރިކަން ވަރަށް ބޮޑުވެގެން ދިޔައެވެ. އެގޮތުން އަމިއްލައަށް މިކަހަލަ ކޭކްތައް އެޅޭނީ ކޮން ދުވަހަކުން ބާއޭ އެއިރު ވަރަށް ބޮޑަށް ހިތައް އެރިކަން ފާހަގަކުރިއެވެ. އެކަމަށް އޮންނަ ޝައުގެއްގެ ބޮޑުކަމުން ވަރަށް ގިނައިން ކޭކް އެއްޗެހީގެ ސްކެޗް ކުރަހާކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ސާދިމްއަށް މި މަސައްކަތް ދަސް ކުރަން ކުޑައިރު އެއްވެސް ވަރަކަށް ފުރުސަތެއް ނުލިބެއެވެ. އެއިރު ގޭގައި އިންޓަނޭޓް ލިބޭނެ ގޮތެއް ނެތުމާއެކު، ވީޑިއޯ އެއްޗެހި ބެލެވޭ ގޮތެއް ނުވެއެވެ. އެކަމަކު އޭރު ޓީއެލްސީން އަންނަ "ކޭސް ބޮސް" ޝޯވ އޭނާ ވަރަށް ގިނައިން ބެލިއެވެ.

 

View this post on Instagram

 

A post shared by thebakerboy.mv (@thebakerboy.mv)

"އެ ބަލައިގެން ބޯ ތެރޭގައި އަމިއްލައަށް ކަންތައް ކުރާ ގޮތް ޕްރޮސެސް ކުރަނީ. ދެން އެހެން ގޮސް 2017ގައި ބައްޕަ މާލެ އަށް ގޮސް އައިފަހަރު ފޮނުވި ކޭކް އަޅާ ކިޓެއް އެ ހިސާބުން ޕްރެކްޓިކަލީ މި މަސައްކަތް ފެށީ"

އެގޮތުން އޭނާ ފުރަތަމަ އެޅި ކޭކަކީ 16 އަހަރު ފުރުމާއި ގުޅުވައިގެން އެޅި ކޭކެކެވެ. އެއިރު އޭނާއަށް ކޭކު ފިހާކަށް ނޭނގެއެވެ. އެކަމަށް އެހީވީ މަންމައެވެ. އޭނާ ކޭކު ރީތި ކުރީއެވެ. އެހެން ނަމަވެސް ސްކޫލް ނިންމާފައި ރަށުގައި އޮތް ކޯހެއްގައި ބައިވެރިވެގެން ކޭކު ފިހަން ދަސްކުރިއެވެ. ކޯހެއް ހެދިނަމަވެސް އޭގެ ފަހުން ކޭކު އެޅުމުގައި މާބޮޑަށް ނޫޅެއެވެ.

އެކަމަކުވެސް އޭނާގެ ސިކުނޑީގައި ކޭކުގެ ކަންކަން ދިޔައީ އެނބުރެމުންނެވެ. އެގޮތުން މާލެއަށް ކިޔަވަން ބަދަލުވެފައި ދެ އަހަރެއްހާ ދުވަސް ވަންދެން ކޭކު އެޅުމުގެ މަސައްކަތެއް އޭނާ ނުކުރެއެވެ. އެކަމަކު އަބަދުވެސް ކޭކު އަޅާ ވީޑިއޯތައް ބަލައި ދިރާސާކޮށް، ދަސް ކުރެއެވެ. އޭގެ ނަތީޖާއަކީ އޭލެވެލް ނިންމާފައި އޭނާ ވިޔަފާރިއެއްގެ ގޮތުގައި، މި މަސައްކަތް ފަށައިގަންނަން ލިބުނު ހިތްވަރެވެ. އެ މަސައްކަތް ފެށި ގޮތަށް މިހާރު ހުއްޓައެއް ނުލައެވެ. ވަޒީފާއަށް ދަމުން ލިބޭ އޯޑަރުތައް ނަގަމުން މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ. އޭނާގެ މަސައްކަތްތަކުގެ ފޮޓޯތައް އިންސްޓަގްރާމް އިން ފެނިގެންދެއެވެ.

އޭނާއަށް މިހާތަނަށް އެޅުނީ ކިތައް ކޭކުކަން ސީދާ ބުނެދޭން ނޭނގެއެވެ. އޭނާގެ އިންސްޓަގްރާމް ޕޭޖަށް ބަލާއިރު، އެކި ހަފްލާތަކަށް 50 އަށްވުރެ ގިނަ ކޭކު އަޅާފައި އެބަހުއްޓެވެ.

 

View this post on Instagram

 

A post shared by thebakerboy.mv (@thebakerboy.mv)

"އަސްލު ނުއެއް ގުނަން، ފުދޭވަރަކަށް ކޭކު އެޅިފައި ހުންނާނީ އެކި މީހުންނާއި، އެކި މުވައްސަސާތަކަށްވެސް ހުންނާނެ ކޭކު އަޅާދީފައި ރަށުގައި" އޭނާގެ އިންސްޓަގްރާމްގައި ހުރި ފީޑްބެކްތަކަށް ބަލާއިރު ކޭކު މީރުކަމުގެ ވާހަކަ އާއި ރީތިކަމުގެ ވާހަކަ ދައްކާފައި ވެއެވެ. އޭނާވެސް އެކަން ފާހަގަކުރިއެވެ.

"ތަންތަނުން ފެންނައިރަށްވެސް ބައެއް މީހުން ކައިރިއަށް އައިސް ކިޔާނެ ވަރަށް ރީއްޗޭ އަޅާ ކޭކުތައް، ވަރަށް އުފާވޭ އަސްލު އެގޮތަށް މީހުން ބުނާތީ. އަބަދު ޕޮޒިޓިވް ކޮމެންޓްސްއެއް ނޫން ލިބޭނީ، ހަމަ އާދޭ ނެގެޓިވް ކޮމެންޓްވެސް، އެކަމަކު އެވެސް އެކްސެޕްޓްކޮށްގެން އަބަދުވެސް އިމްޕްރޫވް ކުރެވޭތޯ ބަލަނީ" ސާދިމް ބުންޏެވެ.

ސާދިމް ކިޔާދިންގޮތުގައި، މި މަސައްކަތް އޭނާ ކުރަން ފެށުމުން ފާޑުކިޔުންތައް އަމާޒުވިއެވެ. ހިތްމަރުވާ ފަދަ ބަސްތައްވެސް ރައްދުކޮށްފައި އެބަހުއްޓެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ވާހަކަތަކަށް ކިޔާދިނީ ކޭކު އަޅަން ދަސް ކުރާ ކޯސް ހެދިއިރު މީހުންގެ ފަރާތުން ލިބުނު ކޮމެންޓްތަކުގެ ވާހަކައެވެ.

"ފާޑުކިޔުންތައް އަމާޒުވި ވަރަށް ގިނައިން ކޯސް ހެދިއިރުގައިވެސް، ސާދިމް އެކަނި އެއިރު ފިރިހެނަކަށް ހުރީ، ދެން ތިބީ ހުސް އަންހެނުން. އެންމެންވެސް ވަރަށް ސަޕޯޓިވްވި، އެކަމަކު މަގުމަތިން ދާއިރުވެސް ވަރަށް ވަރަށް މީހުން އެއްޗެހި ކިޔާނެ އަންހެނެކޭ، އަންހެނުން ކުރާ ކަމެކޭ، ނެތްހޭ ކޭކެއް، ހަމަ ޖެއްސުމަށް އެގޮތަށް ކިޔަނީ" އޭނާ ކިޔާދިނެވެ.

އެކަމަކު ކޯސް ނިމުމުން އޭނާއަށް ކިޔަވައިދިން ޓީޗަރުގެ ފަރާތުން ލިބުނީ ތައުރީފްގެ ބަސްތަކެވެ.

"މިސްވެސް ބުނި ވަރަށް މޮޅޭ، ވަރަށް ޕްރައުޑް ވެޔޭ ސާދިމް ދެކެ."

 

View this post on Instagram

 

A post shared by thebakerboy.mv (@thebakerboy.mv)

އޭނާ ބުނީ، ބޭނުންވާ ކޮންމެ ކަމެއް ކުރިޔަސް މީހުން ދެކޭނީ މީހުން ދެކެން ބޭނުންވާ ގޮތަކަށް ކަމަށެވެ. މީހުންގެ ނަޒަރަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫންކަމަށްވެސް ބުންޏެވެ. އެކަމަކު އަމިއްލަ މީހާ ކުރާ މަސައްކަތް އިމްޕްރޫވް ކުރެވިދާނެއެވެ.

އޭނާ އާއްމުކޮށް ކޭކު އަޅަނީ ކަސްޓަމަރު ބޭނުންވާ ގޮތަށެވެ. ކަސްޓަމަރު ކިޔާދޭ ގޮތަށެވެ. ނޫނީ އެ ފޮނުވާ ފޮޓޯއަކަށް ބަލައިގެންނެވެ. އެގޮތަށް ކަސްޓަމަރާއި ވާހަކަދައްކާފައި ޑިޒައިން އޭނާ ފައިނަލްކޮށް މަސައްކަތް ފަށައިގަނެވެ. އަދި ކަސްޓަމަރު އެންމެ ބޭނުންވާ ގޮތަށް އެކަން ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ.

ސާދިމް ފާހަގަކުރިގޮތުގައި، އޭނާ މިކަމުން ކުރިއަށްދިއުމަށް އާ ކަންކަން ދަސްކޮށް ހަދައެވެ. އެކަން ކުރަނީވެސް މަސައްކަތުގެ ތެރެއިންނެވެ. ކޭކު އަޅާ ކޮންމެ ދުވަހަކީވެސް ކަންކަން ދަސް ކުރާ ދުވަހެއްގެ ގޮތުގައި އޭނާ ދަނީ ބަލައިގެން ކުރިއަށެވެ.

"އަހަރެން ގަބޫލުކުރާގޮތުގައި، ކޮންމެ ދުވަހަކީވެސް އާ ކަމެއް ދަސްކުރެވޭ ދުވަހެއް، އެގޮތަށް ކުރިއަށް ދަނީ"،

އޭނާ ވިސްނާފައި އޮތީ މުސްތަގްބަލުގައިވެސް "ބޭކާބޯއީ"ގެ ނަމާއެކު މި މަސައްކަތް އިތުރަށް ފުޅާ ކުރާށެވެ.

ސާދިމްގެ ކޭކެއް

"މިހާރު އަހަރެން މިކަން ކުރަނީ ކުޑަ ވިޔަފާރިއެއް ގޮތަށް. މުސްތަގުބަލުގައި ބޭނުންވަނީ ބޭކާސް ބޯއި ހަމަ ވަރަށް އެކްސްޕޭންޑެޑް ބްރޭންޑަށް ހަދަން. އެއީ ރާއްޖޭގެ ހުރިހާ ހިސާބަށްވެސް ފޯރާ ކޭކް ޑެކަރޭޓިންގ، އަދި ބޭކިން އަށް ބޭނުންވާ އެއްޗެހި މެނުފެކްޗާކޮށް ތައްޔާރު ކުރާ".

މި މަސައްކަތުގައި އޭނާ އެންމެ ދެކެން ބޭނުން ވަނީ ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލުކޮށްދީ، އަމިއްލަ އުފަން ގައުމަށް ރަން ވަނައެއް ހޯދައިދޭ ދުވަހެކެވެ.

"އެއީ އެންމެންވެސް، ކޭކު އަޅާ މީހެއްގެ ގޮތުގައި އަހަރެންނާއި މެދު ފަހުރުވެރިވާނެ ދުވަހެއް. އެއީ މައިންބަފައިންވެސް ހިމެނޭ ގޮތަށް".

އޭނާ ބުނީ، މި މަސައްކަތައިގެން ކުރިއަށް ދިއުމުގައި އެންމެ ޝުކުރު އަދާ ކުރަން ބޭނުންވަނީ މަންމަ އާއި ބައްޕައަށް ކަމަށެވެ. އެއީ މުޅި މި ދަތުރުގައިވެސް އެ މީހުން ދިން ސަޕޯޓާއިވެސް އެކުގައެވެ. އޭގެ ފަހުން އާއިލާއަށް އޭނާ ޝުކުރު އަދާ ކުރިއިރު، ކަސްޓަމަރުންނާއި، މި ހުރިހާ ކަމަކުން ކުރިއަށްދިއުމަށް ސަޕޯޓް ދިން އެންމެ ގާތް ހާއްސަ ދެ ރަހުމަތްތެރިންނަށްވެސް ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ނޯމަލް

    ނަތިންގް އިޒް ސްޕެޝްލް ވިތް ހިމް 🤔

    14
    86
    • އަހާ

      ކޭކު އެޅުމަކީ އަންހެނުން ކުރާ ކަމަކަށް ވީ ކީއްވެ؟ އަންހެނަކަށް ވީތީ ކޭކު އަޅަން އިގޭނަމަ، އަހަންނަށް ވެސް ކޭކު އަޅަން އެންގުނީސްތާަ! ކޭކު އެޅުމަކީ މޮޅު ހުނަރެއް! އަންހެން ދުޅާނުވެ، ހަމަ ފިރިހެނުން ވެސް ކުރަންވީ! ރާއްޖޭގެ ގިނަ ޝެފުންނަކީ ފިރިހެނުން.

      103
      4
  2. ެެެގގގފ

    ފގފގފގ

    4
    20
    • ރޫ

      ހުދު ކަރުދާހުން ކަޅު ތިކި ފެންނަ މީހުން ވިސްނާ ގޮތަށް ވިސްނީމަ އެއްވެސް އެއްޗެއްގެ ޔުނީކް ކަމެއް ނުފެންނާނެ.

      64
      4
  3. ކކކކ

    ކކކކކކކ

    4
    16
  4. Anonymous

    ވ. ރީތި ކޭކުތައް ޔަމީ...

    62
    3
  5. ށޮޓީ

    މޭކްމީއަ ސްޕައިސް ކޭކް ބްރޯ

    14
    12
  6. އިރުލާން

    މީހުންގެ ފާޑުކިޔުން ކުރިމަތީވެސް ގަޔާވާ، ތިހާ ހުނަރުވެރި މަސައްކަތެއް ކުރާނީ ވަރަށް ހިތްވަރުގަދަވީމަ. ސާދިމްއަށް އުފަލާ ކާމިޔާބީ އެދެން.

    111
    2
  7. ހުސޭނު

    ކޭކު އެޅުމަކީ ވަކި ޖިންސަކަށް އޮތް ކަމެއް ނޫން. ހޭޓަރސް ގޮނަ ގޭޓް. ކީޕް އަޕް ދަ ގުޑް ވޯރކް😊

    84
    2
  8. ނަރުދޫ

    މިރަށު މާއްޓެ އުދުއްސައި ގަނެއްޖެ

    19
  9. Anonymous

    ހަމަ އެކަނި އަނހެނުންނަށް އޮތް ކަމެއް ނަމަ ހުރިހާާ އަންހެނުންނަށްވެސް ކޭކު އަޅަން އިގުނީހެއްނުން.. ހަލާލު ކޮންމެ މަސަތްކަތެއް ވެސް ކުރަންވީ ހަމަ ކުރެވެންޔާ އަންހެނަކަސް ފިރިހެނަކަސް.. ވަރަށް ނައިސް ހަމަ މަސަތްކައް.. ބައެއް މީހުންގެ ވިސްނުން ހުއްނަ ގޮތުން ގިނަ މީހުން ކަންކަމުގަ އިސް ނަގަން ޖެހިލުންވަނީ

    70
  10. Anonymous

    ހަލަާލު ކޮންމެ މަސަތްކަތެއްވެސް ކުރެވިދާނެ. ކޮބާ އަންހެންވެފަ؟

    20
  11. އަލީ

    ދެޖިންސްހަމަހަމަޔޯ ކިޔާއަޑުއިވެޔޯ ނިކަން މޮޅިއްޔާ ދިގުރުކަކަށް ތީގެއަންހެނަކުއަރާބަލަ!!!މަގުމަތިންދަނިކޮށް ބުޅަލެއްފެނުނަސް އަމައްޔާއޭ ކިޔާދުވާބައެއްތީ!!

    12
    25
  12. ޖޫޖޫ

    ސާދިމް އަކީ ވަރަށް ހުނަރުވެރި ކުއްޖެއް. ދިވެއްސަކަށް ވީތީލަދު ގަނޭ ބައެއް ދިވެހިން ކްލޯޒް މައިންޑެޑް ކަމުން. މި ޒަމާނުގައި
    އަންހެނަކަސް ފިިރިހެނަކަސް ހަލާލް ކޮންމެ މަސައްކަތެއް ކުރެވިދާނެ🙄🙄
    ކީޕް ގޮއިން ސާދިމް!!!♥️♥️

    70
  13. ވަހީދާ

    ކަމެއްކުރަން ބޭނުންވެގެން އެކަން ދަސްކޮށް ކުރިއަށް ދާން މަސައްކަތް ކުރާއިރު އެކަމަށްހިތްވަރުދިނުން ރަގަޅު ވާނެ. ޢޭނާ ޖަލުގޮޅިން ފެންނަންވީ ސަބަބެއް ނެތް. ހަލާލު މަސައްކަތެއް ހިއްމަތާއި އެކު އޭގެ އެންމެ އުހަށް ދެވޭތޯޢަޒުމްކަނޑައަޅާަ މަސައްކަތް ކުރަމުން ދާއިރު މީހުން ދައްކާބޭކާރު ވާހަކަ ތަކަށް ބަލާނެ ކަމެއް ނެތް. ހަލާލުގޮތުގައިލާރި ހޯދުމަށް ކުރާ ކަންތައްތަކުގައި ވަކިޖިންސެއްނޯންނާނެ. ތިކަމުގައި ކުރިއަށް ދިއުމަށް އިތުރު މަގުތައް މާތްﷲ ފަހިކުރައްވާށި. ޢާމީން.

    57
    1
  14. ޙހހ

    ޑދުނިޔޭގެ އެންމެ ކުޅަދާނަ ކޭކުއެޅުންތެރިން ކަމަށްވާ ޑަފް އަދި ބަޑީ އަކީ ފިރިހެނުން

    32
    1
  15. އަލީ

    ދިވެހިން މީ ފޫކޮޅުންވިސްނާ މީހުން ތިބޭ ޤައުމެއް. ހަލާލު ގޮތުގަ މަސައްކަތް ކޮށްގެން ލާރި ހޯދަންޏާ މީހަކަށް ނުވާނެ. މަސްތުވާތަކެތި ވިއްކަންޏާ މުޅި މުޖުތަމައު އެމީހަކަށް ސަޕޯޓް ކުރާނެ

    17
  16. ކޮވިޑް

    ބަލަ މި ޤައުމުގަ ފުރަތަމަ ޖީންސް އަދި ގަމީސް މީ އަންހެނުން ލާ އެއްޗެއް ނޫން،މީ ފިރިހެނުންނަށް ހާއްސަ އަންނައުނު. މީކީނޫން މިޤައުމުގާ ވާ ގޮތަކީ. ފިރިހެނުން ކުރާކަމެއް އަންހެނަކު ކޮށްފިއްޔާ އެއީ ވަރަށް ގަޓްކަމެއް. އަންހެނުން ކުރާކަމެއް އެއަށްވުރެ 100% މޮޅަށް ފިރިހެނުން ކޮށްބަލަ ދެން ގޮވާނެ ދުނިޔޭގަ ލެއްވިހާ އެއްޗެއް. ސާދިމް ބްރޯ އަށް ބުނެލަން ފަސް ނުބަލާ ﷲ ރަޙުމަތާ އެކު ކުރިޔަށް ދޭ. މީ ދިވެހިން ހެޔޮ އެއްގޮތެއް ނޯންނާނެ.

    20
  17. މުޙައްމަދު

    ބްރޯ ތިޔައީ ހީރޯއެއް. މަށަކަށް ނޭނގޭ ތިކަން ކުރާކަށް. ދޫނުދޭތި. ކުރިޔަށް ދޭ. އައި ސެލިއުޓް ޔޫ.

    20
  18. ސަންފައްތަ

    ދެން ތިގޮލާ އަތެއް ނުވާނެ. ދޫކޮށްލާ.