މީގެ ދެ އަހަރު ކުރިން މަރުވި ބޮލީވުޑްގެ ތަރި ސުޝާންތް ސިންގ ރާޖްޕުތްގެ މަރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އޭނާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރިއާ ޗަކްރަބޯތީ ހާއްސަ ނޯޓެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފިއެވެ.

ރިއާ ވަނީ ސުޝާންތްއާއެކު އޭނާ ހޭދަ ކުރި ބައެއް ފޮޓޯތައްވެސް ހިއްސާ ކޮށްފައެވެ.

އެ ފޮޓޯތައް ހިއްސާކޮށް އޭނާ ބުނެފައި ވަނީ، "ކޮންމެ ދުވަހަކުވެސް ހަނދާންވާ" ކަމަށެވެ. އެ ޕޯސްޓްގައި ރިއާ ވަނީ ހިތް އެމޯޖީއެއްވެސް ހިއްސާކޮށްފައެވެ.

 

View this post on Instagram

 

A post shared by Rhea Chakraborty (@rhea_chakraborty)


އުމުރުން 34 އަހަރުގައި މަރުވި ސުޝާންތް ފެނިފައި ވަނީ އޭނާ މުމްބާއީގައި ދިރިއުޅޭ އެޕާޓްމެންޓްގައި ދަންޖެހިފައި ހުއްޓާއެވެ. އެ މަރުގެ މައްސަލަ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުންވެސް އެތައް ދުވަހެއް ވަންދެން ތަހުގީގު ކުރިއެވެ.

އޭގެ ތެރެއިން ރިއާ އާއި ރިއާގެ އާއިލާއާވެސް ސުވާލުކޮށްފައި ވެއެވެ. އަދި އެ މައްސަލައިގެ ތެރެއިން ފެންމަތިވި މަސްތުވާތަކެތީގެ ކަންތައްގަނޑާއެކު ރިއާ އާއި އޭނާގެ ބޭބެ ހައްޔަރުވެސް ކުރިއެވެ.

މަސައްކަތުގެ ތެރެއިން ރިއާ އެންމެ ފަހުން ފެނިގެންދިޔައީ އިމްރާން ހާޝްމީ އާއި އަމީތާބް ބައްޗަން ލީޑް ރޯލުން ފެނިގެންދިޔަ ތްރިލާ ޗެހްރޭ އިންނެވެ.

ޝޯ ޕަވިތުރާ ރިޝްތާގެ އިން އެ ދާއިރާއަށް ވަން ސުޝާންތް ފިލްމީ ދާއިރާއަށް ތައާރަފްވީ 2013 ވަނަ އަހަރު ރިލީޒްކުރި ކައި ޕޯ ޗޭ އިންނެވެ. އއޭނާގެ އިތުރު ފިލްމްތަކުގެ ތެރޭގައި ކެދަރްނާތު، އެމްއެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ، ރާބްތާ އަދި ޑިޓެކްޓިވް ބަޔޮމްކޭޝް ބަކްޝީ ހިމެނެއެވެ. ސުޝާންތު އެންމެ ފަހުން ފެނިގެންދިޔައީ ދިލް ބެޗާރާ އިންނެވެ.