ރާއްޖޭގައި ބޮޑު މަގްބޫލު ކަމެއް ހޯދި ޒުވާން ލަވަކިޔުންތެރިޔާ ބަތޫލް އަހްމަދު އެންގޭޖް ވެއްޖެ އެވެ.

ބަތޫލްގެ އިންސްޓަގްރާމްގައި ސްޓޯރީގައި ވަނީ އޭނާ އެންގޭޖްވެފައިވާ ކަން ހާމަކޮށްފައެވެ.

ސްޓޯރީން ފެންނަ ގޮތުގައި ރޭގެ ވަގުތެއްގައި ބަތޫލްގެ ލޯބިވެރިޔާ ވަނީ ކައިވެންޏަށް ޕްރޮޕޯޒްކޮށްފައެވެ. އަދި ބަތޫލްގެ ކަށި އިނގިލީގައި އަނގޮޓިއެއް އަޅުވާތަން ވެސް ފެނެ އެވެ. އެ ވީޑިއޯ ހިއްސާ ކުރަމުން ބަތޫލް ބުނެފައިވަނީ އޭނާގެ ޖަވާބަކީ " ޔެސް" ކަމަށެވެ.

ބަތޫލްގެ އެންގޭޖްމެންޓް އަނގޮޓި

މިއަދު ހެނދުނު ބަތޫލް ހިއްސާ ކޮށްފައިވާ ސްޓޯރީގައި ބުނެފައިވަނީ އޭނާ ހެނދުނު ހޭލިއިރުގައި ވަނީ މީހެއްގެ " ފިއާންސޭ" އަކަށް ވެފައި ކަމަށެވެ.

ބަތޫލްގެ އެންގޭޖްމެންޓް އަނގޮޓި ހުރީ ރަންކުލައިގަ އެވެ. އަދި އޭގައި ދެ ބައްޓަމެއްގެ ޑައިމަންޑެއްވެސް ޖަހާފައި ވެއެވެ.

ބަތޫލް އެންގޭޖްވުމުން ގިނަ ބަޔަކު ދަނީ އޭނާއަށް ދަނީ ތަހުނިޔާ ކިޔަމުން ނެވެ. އަދި އެކަމާއި ވަރަށް އުފާވާ ކަމަށާއި ބަތޫލްގެ ކައިވެންޏަށް އިންތިޒާރު ކުރަމުންދާ ކަމަށް ވެސް ގިނަ ބަޔަކު ބުނެފައި ވެއެވެ.

ބަތޫލް އާއްމުންގެ ތެރޭގައި ބޮޑަށް މަގުބޫލުވާން ފެށީ ސްކޫލް ދައުރުގައި ހުށަހަޅައިދިން ލަވަތަކުންނެވެ. އޭގެ ފަހުން އޭނާ ވަނީ ބައެއް ޝޯވތަކުގައިވެސް ލަވަ ކިޔާފައެވެ. އޭނާއަކީ ތަފާތު އަޑެެއްގެ ވެރިއެއް ކަމަށް ގިނަބަޔަކު ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަހުމަދު

    އެންގޭޖް ތީ ފަރަންޖީން ކޮށް އުޅޭ އެއްޗެއް. އަރަރެމެން ރަންކިޔާފަ އިންނާނީ.

    82
    2
    • ޖޭގް

      ކަލޭ މާއިގެނީ

      5
      49
    • Anonymous

      ޚިޠްބާކޮށްފަ ކައިވެންޏަށް އެއްބަސް ވުން އެއީ އޮންނަ ކަމެއް
      ނަމވެސް ފަރަންޖީން ކުރާ ގޮތަށް އެމީހުްނނަށް ހުރިހާ ކަމެއްގަ ތަބާވީމަ އެއީ ހަރާމްކަމެއް، އެމްގޭޖްމަންޓް ރިންގުވެސް އެޅުން އޭގެ ކަމެއް

      37
  2. ދަތްޖާލު

    އަސްލު ހިތުން މިއާ ހަލީފާހެދިގެން….ހެ ހެ ހެ

    52
    4
  3. Anonymous

    މުސްލިމުން ކާވެނި ކުރާގޮތަށް ކުރަމާ
    އެންމެ ރީތި ސިފަތަކާއި ރައްކާތެރިކަން ވަނީ އިސްލާމްދީނުގައި

    62
    2
    • ހަނާ

      ކައިލީ ގެ އަންގޮޓީ ގެ ކޮޕީ އެއް ހެން ހާދަ ހީވެއޭ

  4. ޠެފް

    އެ ފިރެހެން މީހާ ޔާ ދެމީހުން އެނިވާސަރީ ފާހަގަ ކުރަން ރިސޯޓަކައް ގޮއްސަ އެންގޭޖު ވިއްޔޯ ދެން

    17
  5. ހަށީ

    ވަރަށް ޗީޕް އަންހެނެއް

    13
  6. ހަށީދ

    ވަރަށް ޗީޕް އަންހެނެއް ދސަ

  7. Anonymous

    އިނދެގެން އުޅޭގޮތަށް ނީނދެ ކުރާ ޒަވާޖީ ހަޔާތުގެ ދަތުރު ޝައިތާނާގެ ދަންތުރައެއްގައި ޖެހިގެން ވެސް ނިމިފައިހުރޭ. އާދެ ނަހަލާލަށް ބަލިވެގެން
    ހުޅަނގު ދައްކާ މަގުން ބުޅަލު ބަސް އަހާމީދަލަށް ވެގެން ނުގޮސް އަވަހަށް އިންނަންވީ