2016 ވަނަ އަހަރު ކައިވެނި ކުރި ބޮލީވުޑްގެ ތަރި ބިޕާޝާ ބާސޫ ބަނޑުބޮޑު ކަމުގެ ވާހަކަތައް އަނެއްކާވެސް ދެކެވެން ފަށައިފިއެވެ. އޭނާ ކައިވެނިކޮށްގެން އުޅެނީ ކަރަން ސިންގ ގްރޯވާއެވެ.

ޕިންކް ވިލާ އިން ރިޕޯޓްކޮށްފައިވާގޮތުގައި ބިޕާޝާ އާއި ކަރަން އަށް ދަރިއަކު ލިބެން އުޅޭކަން ވަަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ. އަދި ދެ މީހުން ވަރަށް އަވަހަށް މައިންބަފައިންނަށް ވާނެ ކަމަށް ބުނެފައި ވެއެވެ.

ބިޕާޝާ އާއި ކަރަން އާ ދިމާވެފައި ވަނީ ފިލްމް "އެލޯން"ގެ ޝޫޓިންގ ތެރެއިންނެވެ. އެ ދެ މީހުން އޭގެ ފަހުން ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. އަދި ދެ މީހުން ކައިވެނިކޮށްފައި ވަނީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުއެވެ.

މި ދެ ތަރިންވެސް އެންމެ ފަހުން ފެނިފައި ވަނީ ވިކްރާމް ބަތްގެ ޑޭންގަރަސް އިންނެވެ.

މި ދެތަރިން ބަނޑުބޮޑުކަން އިއުލާނުކޮށްފައިވާއިރު، ދާދި ފަހުން އާލިއާ ބަޓް އާއި ރަންބީރް ކަޕޫރްވެސް ވަނީ އެ މީހުންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަޓް

    ހައުޑޫ އައިނޯ. 🙄

    6
    1
  2. Anonymous

    އަނެއްކާ ކާކުގެ ދަރިއެއްބ؟ ވަރަށް ވާހަކަ