ބޮލީވުޑްގެ ޑައިރެކްޓަރ ލަވް ރާންޖަންގެ ފިލުމުގެ ސެޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކު މަރުވެއްޖެއެވެ.

ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރު އެކުގައި ކުޅޭ ލަވް ރާންޖަންގެ ފިލުމަށް އަދި ނަމެއް ދީފައެއް ނުވެއެވެ. މި ފިލުމުގެ ޝޫޓީންތައް ފެށިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.

މިދިޔަ ހުކުރު ދުވަހު ހުޅަނގު އެންދޭރީގެ ޗިތުރަކޫތު ގުރައުންޑްސްގައި އޮތް ފިލުމު ސެޓުގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު، އެކަކު ވަނީ މަރުވެފައެވެ.

މި އަލިފާންގަނޑު ނިއްވާލެވިފައިވަނީ ފަސްގަޑިއިރު ފަހުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާ ހިނގުމާއެކު އަށް ފަޔާރ އެންޖިންސްއާއި، ފަސް ވޯޓާރ ޖެޓީސްއާއި، އެހެނިހެން ވެސް އާލާތްތައް ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 32 އަހަރުގެ މީހެކެވެ. އަދި އިތުރު މީހަކު ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މި މީހާ ވަނީ ކޫޕާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް މަރުވެފައި ކަމަށް ސިވިކް އޮފިޝަލަކު ބުނެފައިވެއެވެ. މި ހާދިސާގައި ޒަހަމްވެފައިވަނީ ލަވް ރާންޖަންގެ ސެޓްގައި ލައިޓިންގެ މަސައްކަތުގައި އުޅުނު މީހެއް ކަމަށް ވެއެވެ.

ސެޓުގެ ތެރޭގައި ހުރި ލަކުޑި ތަކެއްގައި މި އަލިފާނުގެ ހާދިސާ ހިނގި ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ފިލުމު ޕްރޮޑިއުސަރ ބޯނޭ ކަޕޫރު އެކްޓަރެއްގެ ގޮތުގައި ފުރަތަމަ ފެނިގެންދާ މި ފިލުމުގެ ހުކުރު ދުވަހުގެ ޝޫޓިންއާއި ބެހޭގޮތުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެ ދުވަހު ސެޓްގައި ކުރެވުނީ ހަމައެކަނި ލައިޓިންގް މަސައްކަތް ކަމަށެވެ.

ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮޑު ފަރަންޖީ

    ކޮބާ ރަންވީރު ބަރަހަނާ ފޮޓޯ ނެގިތާ ހަފްތާއެއް ނުވޭ އަދި

    2
    2
    • ހޯރަ އިއްބެ

      ކަލޯ މިއަދި އެހެން މީހެކޭ

      4
      1
  2. ައަހާ

    ކަލޯ ރަންބީރުއާއި ރަންވީރުއަކީ 2 މީހުން. މިތަނުގެ ޝޫޓިންގގައި އުޅުނީ ރަންބީރު. ރަންވީރެއްނޫން