އައްޑޫސިޓީ ހިތަދޫ ފަޅު ތެރެއިން ސީލެއް ފެނިއްޖެއެވެ.

އައްޑޫން ވާހަކަ ދެއްކި މީހަކު "ވަގުތަށް" ބުނީ "ސީލް" ފެނިފައިވަނީ ހިތަދޫ ލިންކް ރޯޑާއި ދިމާލުން ހަދާފައި އޮންނަ ކަނބިހާ ބީޗް ސަރަހައްދު މޫދުން ކަމަށެވެ.

އޭނާ ބުނީ، އެސީލްގެ ދިގު މިނުގައި ގާތްގަނޑަކަށް 3 ފޫޓު ހުންނާނެ ކަމަށެވެ.

އެސަރަހައްދުން ސީލެއް ފެނުމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމުންނާއި ސިފައިންގެ އިތުރުން ފުލުހުން ވެސް އަންނަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ހިތަދޫ ފަޅު ތެރެއިން މިއަދު ސީލެއް ފެނިފައިވާއިރު، މީގެ ކުރިން 2006 ވަނަ އަހަރު ވެސް އައްޑޫން ވަނީ ސީލެއް ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    ސީލްގެ ދިވެހި ނަމަކީ ކޮބާތޯ

    28
    1
    • ކުންފުނި

      ސިއްކަ

    • ގަސް

      ކަނޑު ކުއްތާ

    • ސީލު

      ސީލު

    • އެހެންދީ

      ސީލް ގެ ދިވެހި ނަމަކީ ސީލު….

    • Anonymous

      މީގެ ކުރިންވެސް ރާއްޖެއިން ފެންނަ އެއްޗެއް އެއީ، ކުރީގަ މީހުން އެއްށް ކިޔާއުޅެނީ 'ކަނޑު ގެރި'

      3
      6
      • ޢާމިރާ

        ކަނޑުގެރި ކިޔަނީ އެހެން އެއްޗަކަށް ހެޕަޕަޓޯމަސް

      • ފާއިޒު

        ކަނޑުގެރިއަކީ hippopotamus

  2. ޔ

    މިޤައުމުގައި އަޖައިބުކުރުވަނިވި ބަޔަކު ވެރިކަންކުރާތީ ބަލާލަންއައީކަންނޭގެ

  3. ޙަނދުކޭތަ

    ސީލްގެ ދިވެހިނަމަކީ ސީޒާ ލޮލް ތިއޮތީ ނަންހަދާފަ

    4
    1
  4. ދޮން އާދަނު

    ދިވެހި ބަސް ފޮތް ބުނަނީ "ސީލު" ކަމަށް.

  5. Anonymous

    ކަނޑު ކުއްތާ!

    10
  6. އަލީ

    ކޮއެފުޅާ... މިތަނާ ގާތްނުވަ!! މިތަނުން ހިމާޔަތް ހޯދުމައްވުރެ ރަނގަޅުވާނެ މާކަނޑުތެރޭ ބިޔަ މިޔަރުތައް ކައިރީގަ ލޯމަރާލައިގެން ފަތާލަ ފަތާލަ އޮތަސް.. މިއީ ޖަނަވާރުންވެސް ކައިރިވާން ހެޔޮވާވަރު ތަނެއްނޫން.. މިތާ ކުޅެނީ ކަލޯމެންވެސް ދަންނާނެ ކުޅިއެއް ނޫން....

    40
    4
  7. ޕްރޮޓެކްޓް އަވަރ ސީލްސް

    ކީއްބާ ސީލް އަށް ކުރީ އަނެއްކާ؟ މަރާލައިފިއްޔާތާ...ގުރާ ތައް ވެސް މަރާލި ބަޔަކަށް އިތުބާރެެއް ނުކުރެވޭ 😭💔

    1
    1
  8. ހުސެއިން

    ކުރީގަ ވެސް ރާއްޖެއިން ފެނިފަވާނެ އެއްޗެއް ތީ .. ތިޔަށް ކިޔަނީ އިހު ކަނޑު ކުއްތާ