އައްޑޫސިޓި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ އިތުރު ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، ރަފީއުއްދީން އާއި ގުޅޭގޮތުން ހުށަހަޅާފައިވަނީ އަވަސް ނިޔާގެ ހުކުމް ކުރަންޖެހޭ މައްސަލައެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ބ) އާ ހިލާފަށް މައްސަލައިގެ ހުކުމް ކޮށްފައި ނުވާކަމަށް ބުނެ ކަމަށެވެ.

ޖޭއެސްސީން ބުނެފައިވަނީ ރަފީއުއްދީނާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލަ ތަހުޤީޤުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން މި މައްސަލަ ތަހުޤީޤުކުރުމަށް މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 91 ވަނަ ޖަލްސާއިން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.