އައްޑޫ ސިޓީ ހިތަދޫން ފެނުނުސީލްގެ ހާލު ރަނގަޅު ކަމަށާއި އެ ސީލް ދެތިން ދުވަހު އުޅެފައި ދާނެ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭ އިން އެގޮތަށް ބުނީ ހިތަދޫ ކަނބިހާ ސަރަހައްދު ބީޗުން އިއްޔެ ފެނުނު ސީލް އަދިވެސް އެ ތަނުގައި އޮތް ކަމަށް ބުނެ، އާންމުން ޝަކުވާ ކުރަމުންދާތީއެވެ. އަދި ކަމާ ގުޅޭ އިދާރާތަކުން އެ ސީލް މަރުވާން ދޫކޮށްލާފައިވާ ކަމަށް ބުނެ، ބައެއް މީހުން އަންނަނީ މީސްމީޑީއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް އިބްރާހީމް ނައީމް "ވަގުތަށް" މިއަދު ވިދާޅުވީ އައްޑޫން ފެނުނު ސީލްގެ ހާލު ރަނގަޅު ކަމަށެވެ.

އައްޑޫން އަނެއްކާ ވެސް ސީލްއެއް ފެނިއްޖެ

އަދި އެއީ މީހަކަށް ގޯނާ ކުރާނެ އެއްޗެއް ނޫން ކަމަށާއި ދެތިން ދުވަހަކު އުޅުމަށް ފަހުގައި އެ ސީލް ދާނެ ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ ބޮޑަށް ބެލެވޭ ގޮތުގައި އެ ސީލް އަށް ރާއްޖެ އާދެވުނީ މަގު އޮޅިގެން ކަމަށެވެ. ސީލް އަކީ އާންމުކޮށް ފިނި ސަރަހައްދުގައި ދިރިއުޅޭ ޖަނަވާރެކެވެ.

"މީގެ ކުރިން ވެސް ހަތަރު ފަހަރެއްގެ މަތިން ރާއްޖެއަށް ސީލް އައިކަން ވަނީ ރިކޯޑް ކުރެވިފައި. އެ އެއްޗިހި އެހެން އަންނަނީ އާންމުކޮށް މަގު އޮޅިގެން. ދެތިން ދުވަހު ރާއްޖޭގައި އުޅެލާފައި ދާނެ." ނައީމް ވިދާޅުވިއެވެ.

އައްޑޫ އަށް ސީލު އެރުމާ ގުޅިގެން އެ އެ ބަލާލަން އައްޑޫގެ ގިނަ ބަޔަކު ދިޔައެވެ.

ސީލް އަށް އުނދަގޫކޮށް ގޯނާއެއްވާ އަމަލެއް ނުކުރުމަށް އީޕީއޭއިން އިލްތިމާސްކޮށްފި

ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަން އުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އީޕީއޭ އިން މީގެކުރިން އިލްތިމާސްކޮށްފައިވެއެވެ. އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއް ނޫން ކަމަށް ބުނެފައިވެއެވެ.

މީގެ ކުރިންވެސް ރާއްޖެއިން ނުފެންނަ ބައެއް ދިރުންތައް ރާއްޖެއިން ފެނިފައިވެއެވެ. އޭގެ ތެރޭގައި ކިނބުލާއި، ފްލެމިންގޯ ދޫނި އަދި އެހެނިހެން ކަނޑުގެ ބައެއް ދިރުންތަކާއި، ދޫނި ސޫފާސޫފި ހިމެނެއެވެ.

ހިތަދޫ ފަޅު ތެރެއިން އިއްޔެ ސީލެއް ފެނިފައިވާއިރު، މީގެ ކުރިން 2006 ވަނަ އަހަރު ވެސް އައްޑޫން ވަނީ ސީލެއް ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ރަދީފްއޮފިޝަލް

    ބަރާބަރު 3 ވަނަ ދުވަސް ނިމޭއިރު އޭތި ދާނެ.ހެހެހެހެހެހެ

    19
  2. ހުސެން

    ހިޕަޕޮތެމަސެއް އައިސިޔާ އެވާނީ ކަނޑު ގެރިެރީ ކަމަށް ދޯ

    9
    1
  3. ހަހަ

    އެހެންތަ. ސީލް އައް މްގޭ ސަލާމް ބުނާތި.

    15
  4. Anonymous

    ނަމަނަމަ ތިޔާ ނުކުޅޭތި ވަރަށް އަވަސް ފިޔަވަޅު އަޅާނެ..

  5. ޢިކުރާމު......

    އއ އޭތިބުނީ އީޕީ އޭގަ ތިބި މީހުން ގިރިޔަކަ އް އަރާފާނެތީ ގިރިތަ އް ބަލާލަން އައ އިސްލީ ކަމަ އް

  6. ސީލް

    ދެކޮޅު ޓިކެޓް ނަގާގެން އައީ، ދެން ފުރަންވީ، އަދި އަންނާނަން،

    12
  7. ސީލް

    ސީލް އެއީ ކޯއްޗެއްކަން ނުދަންނަ މީހުން ތިޒާތުގެ ޝަކުވާކުރާނެ. ސީލްއަކީ އާންމުގޮތެއްގައި ކަނޑުގައި ދެތިންމަސްދުވަސް ހޭދަކުރުމަށްފަހު ގޮނޑުދޮށުގައި މަހެއްހައިދުވަސް ހޭދަކުރާ ޖަނަވާރެއް. އެގޮތުން އެސޮރު ގޮނޑުދޮށުގައި ހޭދަކުރާ މުއްދަތު ހޭދަކުރުމަށްފަހު އަމިއްލަށް ދާނެ. އެކަމަކުން އެ ސޮރުގެ ޞިއްޙަތަށް ގެއްލުމެއް ނުވާނެ.

  8. އަކަސަކަ

    މަގު އޮޅިގެން އައިއެއްޗެއް 3 ދުވަސް ވަންދެން އެ މަޑުކޮށްލަނީ ޗާޓު ތަކާ ޖީޕީއެސް ތައް ބަލާ ދާން ބޭނުންވާ މަންޒިލުގެ މަގު ހޯދަންތޯ؟ ނޫނީ ގޮތްނޭނގޭ ކަނޑަކަށް ނުކުމެ އިތުރަށް މަގު އޮޅި އެސޮރު މަރުނުވާނެތޯ؟

    10
  9. ގިނިހިލަ

    ހަހަހަ..އޭތި ބަރާބަރަށް އެޗުޕީއޭ އާއި ވާހަކަ ދައްކައޭ. ސީލް ބުނީ ދޯ ނައީމް ކައިރީގަ ދެތިން ދުވަހަށް ރާއްޖެ ޖައްސާލީއޭ

  10. އަޙްމަދު

    ސީލް ކައިރި ބުނެދީބަލަ ފްރީ 30 ޑޭސް ލިބޭނެޔޭ ކޮން 3 ދުވަހެއް؟

  11. ހޭބުރާ

    އެއީ ޕައުންޑް ހިފައިގެން އައި އެއްޗެއް! އޭތި ޓްވަރިޒަމްގެ އުޅޭ ޑޮކްޓަރަކު ނުފެނިހެން އުޅުނު!

  12. ސީލް

    ޙާދަ ވަރެއްހުރެޔޭ ދޯ..މި މީހުން...އަހުން މިއައީ ތެޔޮ އަޅާލަން..ޓްރާންޝިޕްމެންޓް ޕޯރޓް އޮތީ މިތާކަމަށް ހީކޮށް..މިދަނީ އިހަވަންދިއްޕޮޅަށް

  13. އަދުރޭ

    އީޕީއޭ އިން ތިއައީ ސީލްއާ ވާހަކަ ދައްކާފަ ޑީލްއެއް ހަދާފަ ދެއްތޯ؟

  14. Anonymous

    އޮޅިގެން ފަޅުތެރއައްވަން ސީލަކައް މުޅި ސަރުކާރުގެ ސަމާލުކަން ހުއްޓިގެން މިއުޅެނިީ ސީލު ކނބުލާވައްތރުވީމަ ކަމައްފެނޭ

  15. ސަމްސިއްޔާ

    އީޕީއޭ އިންތަ ރިޓާން ޓިކެޓް ނަގައިދިނީ؟

  16. ހުސޭނުބޭ

    އޭތި ދަމުން އީޕީއޭގެ ހުއްދަ ހޯދާނެދޯ

  17. އަބުދުﷲ

    ޙާލުރަނގަޅުކަން އެގުނީ މެޑިކަލްޗެކަޕެއްހަދައިގެންނާ ވާހަކަދައްކައިގެން. ! ތިސީލް އުޅޭނެ މިޔަރަކައްފެނިގެން ކާލަންދެން.

  18. Anonymous

    އޯއި ތިޔާއި ކާވެނި ނިހަޔަހަދައި ފެއްސިގެން އެބެއު ތެތަނުން.

  19. ރޭސް

    އޭނަ ނުދިޔަސް ހެޔޮ.

  20. ޢަލީ

    ވިސާއިނީ 3 މަހައްތަ؟