ޝާހްރުކް ހާން އެންމެ ފުރަތަމަ ވެސް ފިލްމުން ފެނިފައި ލޯބިވެވުނު ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.

އާލިއާ އެހެން ބުނެފައި ވަނީ އޭނާގެ "ޑާލިންސްގްސް" ފިލްމާއި ގުޅޭގޮތުން އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގަ އެވެ.

އާލިއާ ބުނެފައި ވަނީ ޝަހްރުކް ފިލްމުން ފެނުނު ފުރަތަމަ ފަހަރު އޭނާއަށް ލޯބިވެވުނު ކަމަށެވެ. އަދި އެއީ އޭނާގެ އެންމެ ޕޭވަރިޓް އެކްޓަރު ކަމަށެވެ.

ޝާހްރުކް އަކީ އަބަދުވެސް އޭނާއަށް އެންމެ މަގްބޫލް އަދި އޭނާގެ ނަޒަރުގައި އެންމެ މޮޅު އެކްޓަރު ކަމަށް އާލިއާ ބުނެފައި ވެއެވެ.

އާލިއާ ޕްރޮޑިއުސްކޮށް އަދި ކުޅެފައިވާ ޑާލިންގްސް ފިލްމު ނެޓްފިލިކްސްއިން ދައްކަން ހަމަޖެހިފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގަ އެވެ.

އާލިއާ ވަނީ މި އަހަރުގެ އޭޕްރީލް މަހު ރަންބީރު ކަޕޫރާއި ކައިވެނިކޮށްފަ އެވެ. އަދި އޭނާ މިހާރު އިނީ އަލަތު ދަރިފުޅަށް ބަލިވެ އެވެ.

އާލިއާ ބަނޑު ބޮޑުކަން އިއުލާން ކުރީ އޭނާގެ ފިރިމީހާ ރަންބީރް ކަޕޫރްއާ އެކުގައި ހޮސްޕިޓަލްގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ.

އެ ފޮޓޯއިން ފެންނަނީ އާލިއާ ބަނޑުގެ އަލްޓްރާ ސައުންޑް ސްކޭން ހަދާ މަންޒަރެވެ. އަދި ސްކްރީނުން އެ މީހުންގެ ދަރިފުޅުގެ ފޮޓޯ ފެނެއެވެ. އެ ފޮޓޯ އިން ފެންނަ ކުއްޖާ ވަނީ ހިތް އިމޯޖީ ލައި ފޮރުވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑެނީ

    ސާންދާރ ޕުރޮމޯޝަން ގައި ފޭވަރިޓް ކުރަސް އަކީ ސާހިދު ކަޕޫރު އޭ ބުނެ ރަންބީރު ކަޕޫރާއި ހިތާވެފަ ވެސް ބުނިހެން ހިީވި ފުރަތަމަ ނަޒަރުން ލޯބިވެވުނީ މިހާރު ސާހް މާދަމާ ބުނާނެ ރީކޯ މޫސަ ފެނި ހިތް ކުދި ނުވީ ކިރިޔާއެވެ

  2. Anonymous

    މީނަޔަށްވުރެ ގިނައިން ފުރަތަމަ ނަޒަރުން ލޯބިވެވޭ މީހަކު ނުހުންނާނެ.ފެންނަ ކޮންމެ މީހެއްދެކެވެސް ފުރަތަމަ ނަޒަރުން ލޯބިވެވުނީ.ރަންބީރު ދެކެވެސް ފުރަތަމަ ނަޒަރުންނޯ ލޯބިވެވުނީ

    3
    1