ބަރަހަނާ ފޮޓޯ ޝޫޓެއް ނެގި ބޮލީވުޑްގެ ތަރި ރަންވީރު ސިންގއަށް އަނެއްކާވެސް އެފަދަ ޝޫޓެއް ނެގުމުގެ ފުރުސަތު ލިބިއްޖެއެވެ. މިފަހަރު އޭނާއަށް އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ވަނީ ޕީޕަލް ފޯ ދަ އެތިކަލް ޓްރީޓެމެންޓް އޮފް އެނިމަލް (ޕީޓާ)ގެ ފަރާތުންނެވެ.

ބޮލީވުޑް ހަންގާމާއިން ބުނީ، މިއީ އެ އޯގަނިޒޭޝަންގެ ވީގަނިޒަމް ކެމްޕޭނަށް ނަގަން ބޭނުންވާ ފޮޓޯ ޝޫޓެއް ކަމަށް ވެއެެވެ.

ޕީޓާއިން ވިސްނާފައި ވަނީ ރަންވީރު ލައްވާ އޭތި ޕްރޮމޯޓް ކުރުމަށެވެ. އެ ޖަމިއްޔާއިން ވަނީ ވީގަންއަކަށް ވުމުގެ ސިއްހީ ފައިދާތައް ބަޔަންކޮށް އެކްޓަރުންނަށް ސިޓީވެސް ފޮނުވާފައެވެ. އަދި އެ ކެމްޕޭންގައި ބައިވެރިވާ ތަރިންގެ ނަންތައްވެސް ވަނީ ހާމަކޮށްފައެވެ.

އަދި ރަންވީރު މީގެ ކުރިން އެފަދަ ޝޫޓެއް ޖައްސާފައި ވުމުން، އަނެއްކާވެސް އެފަދަ ޝޫޓެއް ނެގުމަށް ރަންވީރު ވެގެން ދާނީ އެންމެ ރަނގަޅު ކެންޑިޑޭޓަށް ކަމަށް ބުނެފައި ވެއެވެ.

ރަންވީރުގެ އެންމެ ފަހުގެ މަސައްކަތްތަކަށް ބަލާއިރު، އޭނާ ފެނިގެން ދާނެ ފަހުގެ ފިލްމްތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ އަޖަބް ޕްރޭމް ކަހާނީ އާއި ސާކަސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފައުޒީ

    ކަލޯ ތިހެން ތިކަން ނުކުރޭ.. މިތާ އުޅޭ ދިވެހި ފިލްމުކުޅޭ ފިރިހެނުންވެސް ތިކަން ފަށާފާނެ. މިހާރުވެސް ހަމަ ރާމާ މަކުނުތަކެއްހެން އިންޑިޔާ ފިލުމު ކުޅޭމީހުން ޖައްސާހާ ވައްތަރެއް ޖައްސަމުން އެދަނީ.

    37
    2
  2. ދަރަނި ދަންތުރަ

    މީނަގެ ފިލްމު ތަށް ބެލުން ނިމުނީ މިފަދަ މީހުން ނެތިކުރައްވާށި

    11
    2