ބޮލީވުޑުގެ އެކްޓަރ އަނިލް ކަޕޫރު ދަރިފުޅު ސޯނަމް ކަޕޫރަށް ދަރިއަކު ލިބޭ ވާހަކަ ބުނުމުން ބައްޕަ ކާފައަކަށް ވާތީ ބިރުގަތް ކަމަށް ސޯނަމް ބުނެފިއެވެ.

އަނިލްއަކީ އޭނާގެ އުމުރާއި ބަލާއިއިރު މާ ޅަކޮށް ފެންނަ އެކްޓަރެއް ކަމަށް ވަރަށް ގިނަ ބަޔަކު ބުނެއެވެ. އަދި އެއީ އޭނާ ވެސް ގަބޫލު ކުރާ ކަމެކެވެ. ޒުވާންކަން މަތީ ހުރުމަށް އަނިލް ވަރަށް މަސައްކަތް ކުރެއެވެ.

ފެޝަން މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ސޯނަމް ބުނެފައިވަނީ އޭނާ ބަނޑުބޮޑު ވާހަކަ ބުނުމުން ބައްޕަ އެކަމަށް ރައްދު ދިން ގޮތާއި ކާފައަކަށް ވާތީ ބިރުގަތް ކަމަށެވެ.

ކާފައަކަށް ވާ ވާހަކަ ބުނުމުން އަނިލް ބިރުގަތީ އޭނާ ދެކޭގޮތުގައި އޭނާއަކީ އަދި އެ އުމުރުގެ މީހަކަށް ނުވާތީއެވެ. ސޯނަމް ބުނެފައިވާ ގޮތުގައި ބައްޕައެއްގެ ގޮތުގައި ވެސް އަނިލް ބަލައިގަންނަން އުދަނގުލެވެ.

އުމުރާ ނުގުޅޭ ލަގަބެއް ލިބޭތީ ބިރުގަތް ނަމަވެސް ސޯނަމް ބަނޑުބޮޑު ކަމަށް ބުނުމުން އެކަމާ އެންމެ އުފާވީ ވެސް އަދި އެންމެ ''އިމޯޝަނަލް'' ވީ ވެސް ބައްޕަ ކަމަށް ސޯނަމް ބުނެފައިވެއެވެ.

މި މަހުގެ 20 ވަނަ ދުވަހު ސޯނަމް ފިރިހެން ދަރިއަކު ލިބުމުން އަނިލް ވަނީ އެ އުފާވެރި ޚަބަރު އޭނާގެ އިންސްޓަގުރާމުގައި ހިއްސާކޮށް އެ އާއިލާއަށް އާ މެމްބަރަކު އައި ކަމަށް ބުނެފައެވެ.

އަދި ސޯނަމްއާއި އޭނާގެ ފިރިމީހާ އާނަންދު އަހޫޖާއާއި މެދު ފަހުރުވެރިވާ ކަމަށާއި ލޯތްބާއި ތަހުނިޔާ ވެސް އެ ދެމަފިރިންނަށް ކިޔާފައިވެއެވެ.

ސޯނަމްއާއި އާނަންދު ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަސްލު އަނިލް އަސް 68! ވ ކުރީގެ ރޭކާ ގެ އިންޓަވިއުއެއގަ ދުށިން ރޭކާ ބުނި އަނިލް އުފަންވީ 1953 ގައޭ ! ދެން މިހާރު އޮންނަ ގޮތުން ވެސް 65 ވެއްޖެ! ކިހާވަރެއްވީމަ ކާފަ އަކަށް ވާންޖެހެނީ!

  2. ޜަނާ

    ޒުވާންކޮށް ފެންނާނެ މޫނަށް އިންޖެކް ޝަން ޖަހަންޏާ ޒުވާންކަން ދެމެހެއްޓަން.