"އުމުރަކީ ހަމައެކަނި ނަމްބަރެއް" މިއީ ވަރަށް ގިނައިން އަޑުއިވިފައިވާ ލަފްޒުތަކެވެ. އެކަން އެތައް ބަޔަކު، އެތައް ގޮތަކުން ސާބިތުވެސް ކޮށްދެއެވެ. ބޮލީވުޑްގައި އެއް އިރެއްގައި މަޝްހޫރު ކަން ހޯދި އަނިލް ކަޕޫރު އެކަން ސާބިތުކޮށް މި ދެނީ މާ ތަފާތު ކޮށެވެ.

މިހާރުވެސް ފިލްމްތަކުން ފެންނަމުންދާ އުމުރުން 66 އަހަރުގެ އަނިލް މިހާރުވެސް ދަނީ އޭނާގެ ކުރިއަށް އޮތް އެކްޝަން "ފައިޓާ" ގެ ތަމްރީނުތަކަށް ހަށިގަނޑު ފަަރިތަ ކުރަމުންނެވެ.

އެގޮތުން ދާދި ފަހުން އޭނާ ވަނީ މައިނަސް 110 ޑިގްރީ ސެލްސިއަސްގައި ކަސްރަތު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށްފައެވެ.

އެގޮތުން އޭނާ ހިއްސާ ކުރި ވީޑިއޯއިން ފެނިގެން ދަނީ ބަންދުކުރެވިފައިވާ ފިނި ތަނެއްގެ ތެރެއިން ވިންޓަރ ގިޔަރު އަޅައިގެން ނިކުންނަ މަންޒަރެވެ.

 

View this post on Instagram

 

A post shared by anilskapoor (@anilskapoor)


އަނިލްގެ ކަސްރަތުގެ އެ ހާލަތަށް ކިޔަނީ ކްރަޔޯތެރަޕީ ނުވަތަ ކޯލްޑް ތަރަޕީއެވެ.

މީގެ ދެ ދުވަސް ކުރިން އަނިލް ވަނީ އޮކްސިޖަން މާސްކް އަޅައިގެން ޓްރެޑްމިލްގައި ދުވާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯއަށްވެސް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައި ވެއެވެ.

 

View this post on Instagram

 

A post shared by anilskapoor (@anilskapoor)

ޕަތާން ޑައިރެކްޓަރު ސިދާތު އާނަންދު ޑައިރެކްޓްކޮށްފައިވާ "ފައިޓާ" ގެ އެހެން ކާސްޓުންގެ ތެރޭގައި ދީޕިކާ ޕަދުކޯން އާއި ރިތިކް ރޯޝަން ހިމެނެއެވެ.

މީގެ އިތުރުން އަނިލް ދެން ވަރަށް އަވަހަށް ފެނިގެންދާނީ ރަންބީރު ކަޕޫރު ފެނިގެން ދާ "އެނިމަލް" އިންނެވެ. އެއީ ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރާ ފިލްމެކެެވެ.

މިދިޔަ އަހަރު އޭނާ ފެނިގެން ދިޔަ ބައެއް ފިލްމްތަކަށް ބަލާއިރު ތާރް އާއި ޖުގް ޖުގް ޖިޔޯ ފަދަ ފިލްމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކައިލީޖެނާ ލޯޕޭޒް

    އަނިލްއަކީ ހުރިހާ ރޯލަކަށްވެސް ވަރަށް ހެޔޮވަރު އެކްޓަރެއް

  2. މުބުސް

    މުސްކުޅިކަން މީހާގެ ފެންނާނީ ލޮލުން. މުސްކުޅިވެގެން ނުފެންނަން ފެށީމާ އެއްދިމާލަކަށް ލޯ ހުއްޓި ހުންނަހެން ހީވާނެ. ޤުދުރަތަކާ ނުކުޅެވޭނެ.