ބްރޭކްއަޕް ކަންކަމާއި ޑީލް ކުރަން ބައެއް މީހުންނަށް ވަރަށް އުނދަގުލެވެ. އެ ހިތާމަ އާއި، ކުރީގެ ހަނދާންތަކުގެ ސަބަބުން ލިބޭ ރިހުން މާ ބޮޑެވެ. ނަމަވެސް މި ފިރިހެން މީހާއަށް އެކަން ވީ ބޮޑު އިމްތިހާނަކަށެވެ.

ސަބަބަކީ ކޮބައިހެއްޔެވެ؟ އޭނާގެ ބަރުދަނުން 70 ކިލޯ ލުއިކޮށްލީ ލޯބިވެރިޔާ އޭނާ މާ ފަލަ ކަމަށް ބުނެ، އޭނާއާ ރުޅިވުމުންނެވެ.

ބައެއް މީހުން ޖިމަށް ދާ ސަބަބުތައް މީސް މީޑިއާގައި ހާމަ ކުރާއިރު، އޭނާ މި ވަނީ ޓިކްޓޮކްގައި އޭނާގެ ވާހަކަ ހިއްސާ ކޮށްފައެވެ.

ޓިކްޓޮކްގެ ތަރި ޕުވީގެ ލޯބިވެރިޔާ އޭނާ ދޫކޮށްލީ މާ ފަލަ ކަމަށް ބުނެއެވެ. އެއިރު ޕުވީގެ ބަރުދަނުގައި ގާތްގަނޑަކަށް 139 ކިލޯ ހުއްޓެވެ. އޭނާ އަކީ ބަރުދަން އިތުރު އަދި އަބަދުވެސް ޖެކެޓް ލައިގެން ހުންނަ މީހެކެވެ. އެހެންވެ އޭނާގެ ލޯބިވެރިޔާ ވަނީ އޭނާ ދޫކޮށްލާފައެވެ.

ޑެއިލީ ސްޓާގައިވާ ގޮތުން ބްރޭކްއަޕް އަށް ފަހު، ޕުވީ ނިންމީ އަމިއްލައަށް މަސައްކަތް ކޮށް، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް ޖިމަށްވެސް ދާށެވެ.

އޭނާ ކުރިން ހުރި ގޮތާއި މިހާރު ހުުރި ގޮތުގެ ފޮޓޯތަކާއި ވީޑިއޯތައް އާއްމު ކޮށްފައިވާއިރު، މިއީ އެހެން މީހުންނަށްވެސް އިންސްޕިރޭޝަނަކަށް ވާނެ ކަން ޔަގީނެވެ. ކޮންމެ ކަމެއްވެސް ރަނގަޅަށް ކޮށްފިނަމަ ނޫނީ ރަނގަޅު ނިިޔަތެއްގައި ކޮށްފިނަމަ ކާމިޔާބު ވާނެކަން އޭނާ މި ވަނީ ދައްކުވައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޭ

    ފިރިހެނުންގެ ތަންތަން އޯކޭވީމަ މިހާރު ގިރިތައް ގިނަވެގެން މިއުޅެނީ.

    2
    2
  2. ނާފިޒް

    ތީ މުޅިން އެހެން މީހެއްނު ، އެދެމީހުންގެ މޫނަށް ނިކަން ރަނގަޅަށް ބަލާބަލަ ( ނޭފަތް ، އަނގަ ، ތުންފަތް ، ނިތްކުރި ) ވަރަށް ތަފާތު ، އަދި ފަލަކޮށް ހުންނަ މީހަކު ހިކުނީމަ އެމީހާ ގައިގެ ކުލަ ޢާންމުގޮތެއްގަ ކުރިއަށްވުރެ އަނދިރިވާނެ ، ފިފޮޓޯގަ ހުރީ އޭގެ އިދިކޮޅު .

  3. ބޭބެޗޗޗޗ

    އަސް އެ މަންޖެ ހަމަރަނގަޅު ރުޅިވާން. ކުރިންވެސް ތި ގޮތް އޮތްދޯ.