މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކުން ފެންނަނީ އިންޑިއާގެ ކެރެލާގައި ޖަނާޒާއެއް ކުރިއަށްދާ ތަނެވެ. އެ ފޮޓޯ ދައުރުވާން ފެށީވެސް ސަބަބުތަކާއި ހެދިއެވެ. އާއިލާ މީހުން ތިބީ ސަންދޯއް ކައިރީގައި ހެވިފައެވެ.

ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ފޮޓޯއަކީ ޕަތަނަތިތާ ޑިސްޓްރިކްޓްގެ މަލަޕަލީ ވިލެޖުން މިދިޔަ ހަފުތާގައި 95 އަހަރުގެ މަރިޔަމްމާގެ ޖަނާޒާގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ. އޭނާ މަރުވެފައި ވަނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ.

"އާއިލީ ފޮޓޯ" ގަނޑުގައި އާއިލާގެ 40 މެމްބަރުން ތިބިއިރު، އެންމެން ތިބީ ހިނިތުންވެލައިގެންނެވެ. އެ ފޮޓޯ ނަގާފައި ވަނީ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ، މަރިޔަމްމާ ގެ އުމުރާއި ސިއްހަތު ގެ ސަބަބުން އެއް އަހަރު ވަންދެން އޮތީ އެނދުމަތިވެފައެވެ. އަދި ފާއިތުވި ހަފްތާތަކުގައި އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެސް ވިއެވެ. އޭނާގެ ނުވަ ދަރިންނާއި 19 ކާފަ ދަރިން ތިބި އިރު، އޭގެ ތެރެއިން ގިނަ ކުދިން ތިބީ އާއިލާގެ ގޭގައި ކަމަށް ވެއެވެ.

އޭނާގެ އާއިލާ މީހަކު ބުނެފައިވާގޮތުގައި، އެ ފޮޓޯ ވައިރަލް ވާނެ ކަމަށް ހީވެސް ނުކުރާ ކަމަަށެވެ. އަދި މަރިޔަމްމާ އުޅުނީ ދަރިންނާއި، ދަރިންގެ ދަރިންނާއެކު ވަރަށް އުފާވެރި ދިރިއުޅުމެއްގައި ކަމަށްވެސް ބުންޏެވެ. އަދި އެ ފޮޓޯ އަކީ އާއިލާއިން އޭނާއާ އެކު ހޭދަކުރި ވަގުތުތައް ހަނދާން ކުރުމަށް ނަގާފައިވާ ފޮޓޯއް ކަމަށްވެސް ބުންޏެވެ.

އެ ފޮޓޯ ވައިރަލްވުމާއެކު ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެއްމެން

    މިއީ ވަރަށް ސީދާސާދާ އާއިލާއެއް! ކޮންމެ މީހަކީވެސް މާތް ﷲ ސވ ގެ ޙަޒްރަތަށް ދަތުރުކުރަން ތާވަލް ކުރައްވާފަ އޮންނަނީ. ތަގުވާވެރި މުސްލިމް އަޅާ ނިޔާވީމާ ދުނިޔެވީ މުސީބާތްތަކުން ސަލާމަތްވެ ސުވަރުގޭގެ މަތިވެރި ނިޢުމަތަށް ލިބެންފެށީ. ސުވަރުގެ އަކީ ނިޔާވާމީހާއަށް ލިބޭނެ އެއެމެ މަތިވެރި އިއްޒަތާ ޝަރަފު. ވީމާ އާއިލާ މީހަކަށް މިނިއުމަތް ލިބެން ފަށާ ދުވަހަކީ އެކަން އެނގޭ ސީދާސާދާ ބަޔަކު ހިނުތުނެވެ އެފާވާނެ ދުވަހަކަށް ވުމަކީ އަޖައިބު ކަމަކަށް ވާކަށް ނުޖެހޭ. މަރުޙޫމާ އަށް ސުވަރުގެ މިންވަރު ކުރައްވާށި! ވަގުތު ގެ ނޫސްވެރީންނަކީ ފަސާދަ އުފެދޭ ކަހަލަ ޚަބަރުން ފެތުރުން މަތީ ދެމިތިބޭ ބަޔަކު ކަމުގައި ނުލައްވާށި!