މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ކެންސަލް ވެއްޖެއެވެ.

''ޖަސްޓިން ވަރލްޑް ޓުއަރ'' ގެ ނަމުގައި ޖަސްޓިން ފަށައިފައިވާ ޓުއާގެ ޝޯތައް ކެންސަލް ކުރަން ޖެހުނީ މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމުގައިވާ ''ރަމްސޭ ހަންޓް ސިންޑްރޯމް'' ގެ ސަބަބަން މޫނުގެ އެއްފަޅި ޕެރެލައިޒްވުމާއި ގުޅިގެންނެވެ.

ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު ލޮސް އެންޖަލެސްގައި ބޭއްވި 58 ވަނަ ''އެނުއަލް ގުރެމީ މިޔުޒިކް އެވޯޑްސް'' ގެ ސްޓޭޖުގައި ވާހަކަ ދައްކަމުން ޖަސްޓިން ބުނެފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ''ބްރޭކް'' އެއް ނަގަން ނިންމާފައިވާ ކަމަށެވެ.

އޭގެފަހުން އޭނާ ވަނީ ވީޑިއޯއެއް މީސް މީޑިއާގައި ހިއްސާކޮށް ސިއްހީ ހާލަތުގެ ސަބަބުން ''ބްރޭކް'' އެއް ނަގަން ބޭނުންވާ ކަމަށް ބުނެފައެވެ.

ޖަސްޓިންގެ މި ބްރޭކްއާއި އެކު ''ޖަސްޓިން ވަރލްޑް ޓުއަރ'' ގައި އަންނަ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު އިންޑިއާގެ ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝޯ ވެސް ކެންސަލް ވެފައިވާ ކަމަށް ޝޯ އިންތިޒާމް ކުރި ފަރާތްތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.

މި ބަލި ޖެހުމަށް ފަހު ވެސް ޖަސްޓިންގެ ޓުއާގެ ޝޯތައް މެދު ކަނޑާލުމަށް ފަހު އަލުން ފަށައިފައިވީ ނަމަވެސް ހާލަތު އިތުރަށް ގޯސްވަމުންދާތީ އަނެއްކާ ވެސް ވަނީ ''ބްރޭކް'' އެއް ނަގާފައެވެ.

ޖަސްޓިން ބުނެފައިވަނީ ޝޯ ދީ ނިންމާފައި ސްޓޭޖުން ފޭބުމަށް ފަހު އޭނާގެ ހަށިގަނޑުގައި ވަރަށް ވޭން އަޅާކަމަށެވެ.