މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން މަނީ ލޯންޑްރިންގެ މައްސަލައެއްގައި ތުހުމަތު ކުރެވިފައިވާ ބޮލީވުޑުގެ ބަތަލާ ޖެކުއެލިން ފެނާންޑަޒް ސުކޭޝް ޗަންދުރަޝޭކަރްއާއި ކައިވެނި ކުރަން ބޭނުންވި ކަމަށް ފުލުހުންގެ ތަހުގީގުން ހާމަވެއްޖެއެވެ.

މަކަރާއި ހީލަތުން އެތައް ލައްކަ ފައިސާއެއް ހޯދާފައިވާ ސުކޭޝްގެ ފަރާތުން ގިނަ އަދަދެއްގެ އަގުބޮޑު ހަދިޔާތަކެއް ޖެކުއެލިންނަށް ވަނީ ލިބިފައެވެ.

މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ މައްސަލައިގައި ސުކޭޝް ހައްޔަރު ކުރުމަށް ފަހު ތަހުގީގުގެ ތެރެއިން ވަނީ ބޮލީވުޑުގެ ބައެއް ފަންނާނުންނަށް ސުކޭޝްގެ ފަރާތުން އަގުބޮޑު ހަދިޔާ ލިބިފައިވާކަން ހާމަވެފައެވެ. އޭގެތެރޭގައި ޖެކުއެލިން ފެނާންޑަޒްއާއި ނޯރާ ފަތޭހީ ހިމެނެއެވެ.

މި މައްސަލައާއި ގުޅިގެން ޖެކުއެލިން ދިން ބަޔާނުގައި ބުނެފައިވަނީ އޭނާއަށް ސުކޭޝްއަކީ ކޮން ކަހަލަ މީހެއްކަން ނޭނގޭ ކަމަށެވެ.

ނަމަވެސް އެންމެ ފަހުގެ ތަހުގީގުތަކަކަށްފަހު ފުލުހުން ބުނެފައިވަނީ ސުކޭޝްއަކީ މަކަރާއި ހީލަތުން ފައިސާ ހޯދާ މީހެއްކަން އެނގިހުރެ ވެސް އޭނާއާއި ކައިވެނި ކުރަން ޖެކުއެލިން ބޭނުންވި ކަމަށެވެ.

ޖެކުއެލިން ސުކޭޝް ދެކެ ވަރަށް ލޯބިވި ކަމަށާއި ޖެކުއެލިންގެ ހުވަފެންތަކުގެ ރާޖާއަކީ ސުކޭޝް ކަމަށާއި އޭނާއާއި ކައިވެނި ކުރަން ވެސް ޖެކުއެލިން ބޭނުންވި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިކަމަށް ފާޑުކިޔައި ބައެއް ފަރާތްތަކުން ބުނެފައިވަނީ ސުކޭޝްއަކީ ކޮން ކަހަލަ މީހެއްކަން އެނގި ހުރެ ވެސް އޭނާއާއި ކައިވެނި ކުރަން ޖެކުއެލިން ބޭނުންވީ ކީއްވެ ކަމެއް ނޭނގޭ ކަމަށެވެ.

މި މައްސަލައިގައި ދާދި ފަހުން ވެސް ޖެކުއެލިން ވަނީ އީޑީ އޮފީހަށް ހާޒިރުކޮށް އަށް ގަޑިއިރު ވަންދެން ސުވާލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކަލޭނޭ ބޭނުންވަނީ ފައިސާ ހެޔޮ ތަންތަން ނޮޅާ މީހުން މަރާފައި މަސްތުވާ އެއްޗެހި ވިއްކާފައި ވިއަސް ދިވެހިންގެ ތެރޭގައިވެސް ތިޔަފަދަ ކަނބަލުން އުޅޭ