އިނގިރޭސި ސީކްރެޓް އޭޖެންޓް ޖޭމްސް ބޮންޑް ފިލްމުތަކަކީ އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ ފިލްމުތަކެކެވެ. މީގެ ފުރަތަމަ ފިލްމު ނެރުނުތާ މި އަހަރަށް 60 އަހަރު ވާއިރު ދެން އެންމެއަވަހަށް ނެރޭ ޖޭމްސް ބޮންޑް ފިލްމުގައި "އައިކޮނިކް" ރޯލު ކުޅެން އަންނާނީ ކާކުތޯ މިއީ މިހާރު ދެކެވެމުންދާ ވާހަކައެކެވެ.

ބޮންޑް ޕްރޮޑިއުސަރުން ކަމަށްވާ ބާބަރާ ބްރޮކޮލީ އާއި މައިކަލް ޖީ ވިލްސަން ބުނާ ގޮތުގައި 2021 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ނޯ ޓައިމް ޓު ޑައި" ގައި ސުވޭ ސުޕަސްޕައިއެއްގެ ގޮތުގައި ޑެނިއެލް ކްރެއިގް އެންމެ ފަހު ވަގުތު ނުކުތް އިރު ވެސް އާ އެކްޓަރެއް ހޯދުމުގެ މަސައްކަތް އަދި ފަށާފައެއް ނުވެ އެވެ.

"އަހަރެމެންނަށް އެކްޓަރެއް ހޯދަން މާ ގިނަ އިރެއް ނުތިބޭނެ،" ބޮންޑްގެ ފުރަތަމަ ފިލްމު "ޑރ ނޯ" ގެ ދުނިޔޭގެ ޕްރީމިއާ އޮކްޓޯބަރު 5، 1962 އަށް 60 އަހަރު ފުރުމުގެ ހާއްސަ ރަސްމިއްޔާތު ފެށުމުގެ ކުރިން ނޫސްތަކަށް ދިން އިންޓަވިއުއެއްގައި ބްރޮކޮލީ ބުންޏެވެ. ބްރޮކޮލީ އާއި ވިލްސަން އަކީ ދެބެއިންނެވެ.

"ކުރަންވީ ކަމަކީ މުޅިން އާ އީޖާދެއް ފެށުން، އެއީ މިހާރު މި ކޮޅުގައި ހުރުމަކީ ވަރަށް ޝައުގުވެރިވާ ކަމެއް،" އާ މޫނެއް ގެނަމުގެ ވާހަކަތައް ހިއްސާކުރަމުން ބްރޮކޮލީ އިތުރަށް ބުންޏެވެ.

ހޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް ރޯލުގައި ކާސްޓު ކުރާނީ ކާކުކަމާ މެދު ބެލުންތެރިން އަދިވެސް ސުވާލުތައް ކުރަމުން އަންނައިރު، ބޮންޑްގެ ރޯލު ކުޅުމަށް ދެން އަންނަ އެކްޓަރަކަށޕްރޮޑިއުސަރުން ބަލަނީ ކޮން ކަހަލަ ސިފަތަކެއްތޯ އެނގެން ޖެހެއެވެ.

"އަހަރެމެން ބޭނުންވަނީ އެންމެ ފުރަތަމަ ވެސް ރަނގަޅު އެކްޓަރެއް، ހަމައެކަނި އެކްޝަން އެކްޓަރެއް ނޫން، އަހަރެމެން އުއްމީދުކުރާ ކަހަލަ ރޯލެއް ކުޅެވޭނެ މީހަކު ސްކްރިޕްޓްތަކުގައި ލިޔެދޭ ޑިމާންޑިން ރޯލުތަކަށް ވާނެ،" ވިލްސަން ބުންޏެވެ.

ޝޯން ކޮނަރީ އެންމެ ފުރަތަމަ ކުޅެފައިވަނީ ލިޔުންތެރިޔާ އިއާން ފްލެމިންގް އުފެއްދި ފިކްޝަނަލް ސްޕައި އެވެ. އޭނާގެ ފަހަތުން ޖޯޖް ލަޒެންބީ، ރޮޖަރ މޫރ، ޓިމޮތީ ޑެލްޓަން، ޕިއަރސްބްރޮސްނަން އަދި އެންމެ ފަހުން ކްރެއިގް ވަނީ މި ފިލްމު ކުޅެ ގިނަބައެއްގެ ސަމާލުކަން ހޯދާފަ އެވެ.

ބްރޮކޮލީ ބުނީ މި ފްރެންޗައިޒްގެ ކާމިޔާބީއަށް އެންމެ މުހިންމު ވާނީ ރަނގަޅު އެކްޓަރަކު އިހްތިޔާރު ކުރުން ކަމަށެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި މިފަހަރު އެކްޓަރަކު ނަގާއިރު އުމުރަށް ވެސް ވަރަށް ބޮޑަށް ބަލާނެއެވެ.

ގިނަ ބަޔަކު ލަފާ ކުރާ ގޮތުގައި ދެން ޖޭމްސް ބޮންޑްގެ ރޯލަށް ކަޅު ނަސްލުގެ ފިރިހެނަކު އައުން އެކަށީގެންވެއެވެ. ނުވަތަ އަންހެނަކު ވެސް އެ ރޯލަށް ގެނައުން ގާތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޯ

    ނަމަ ނަމަ އަންހެނަކު ނުލާތި. އެކްޝަން ކެރެކްޓާއަށް އަންހެނަކު ކަމަކު ނުދޭ. ނުގުޅޭ. ފްލޮޕް ވުން ގާތީ.

    2
    4
    • Anonymous

      މަގޭ އައްޕަ ދެން ޖޭމްސް ބޮންޑަށް ވާނީ އެހެންނޫނީ ކެނެރީ ނަޝީދު.

      4
      2
  2. ހައްވާ

    އަލީ ވަހީދު

    3
    1
  3. ރާކަނި ސައްތާރު

    ޢެއަރޕޯޓް ގެ ކިންގު ސުލްތާނު ފައްކާވާނެ

    2
    1