ކެންޔާގެ ލޭކް ބޮގޯރިއާ ނޭޝަނަލް ރިޒާވްގައި ހަރަކާތްތެރިވަމުންދާ ގުޑުގުޑާ ދޫނި (ފްލެމިންގޯ)ގެ ޖަމާއަތެއް ފެނިގެން އެތައް ބައެއްގެ ސަލާމުކަން ލިބިއްޖެއެވެ.

މިހާރު އާއްމުވެފައިވާ ޑްރޯން ފޫޓޭޖުން ފެންނަ ގޮތުގައި ފިޔާތޮށި ކުލައިގެ ގުޑުގުޑާ ދޫނިތައް އެ ފެންގަނޑުގެ އައްސޭރިފަށުގައި އުދުހެމުންދާތަން ފެނިގެން ދެއެވެ.

17 ސިކުންތުގެ އެ ވީޑިއޯ ޓްވިޓާގައި އާއްމު ކުރި ފަރާތަކުން ބުނެފައި ވަނީ، "ފިޔާތޮށި ކުލައިގެ 3،000،000 ގުޑުގުޑާ ދޫނި، ކެންޔާ" މިހެންނެވެ.

https://twitter.com/Yoda4ever/status/1584910148497186817?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1584910148497186817%7Ctwgr%5Ed424b437dda73238ba8a5376eb7c90fb97ade7c4%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Fmesmerising-footage-shows-densely-packed-flamingos-in-kenya-3462787

އެ ވީޑިއޯއަށް މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ވިއުސް ލިބިފައި ވެއެވެ. އަދި 11،000 އަށް ވުރެ ގިނަ ލައިކްސް ލިބިފައިވާއިރު، އެތައް ސަތޭކަ ބަޔަކު ކޮމެންޓް ކޮށްފައި ވެއެވެ.

އެ ވީޑިއޯއަށް ކޮމެންޓް ކުރި ފަރާތްތަކުން ވަނީ، މިއީ ހައިރާންވާވަރުގެ މަންޒަރެއް ކަމަށް ސިފަ ކޮށްފައެވެ.

ސަންސަފާރީ ޑޮޓްކޮމް އިން ބުނާ ގޮތުގައި ބޮގޯރިއާ ފެންގަނޑުގައި ހަރަކާތްތެރިވަމުންދާ ގުޑުގުޑާ ދޫނީގެ އަދަދުތައް ގިނަވުމުގެ ސަބަބުން ސަބަބުން އޮގަސްޓް-އޮކްޓޯބަރު މަހު އެ ފެންގަނޑުގެ ކުލަ ފިޔާތޮށި ކުލައަށް ބަދަލުވެއެވެ.