ޕާކިސްތާނުގެ ސީނިއާ ނޫސްވެރިޔެއް ކަމަށް އަރުޝަދު ޝަރީފް ކެންޔާގައި ބަޑިޖަހައި ދިން ހަމަލާއެއްގައި މަރުވެފައިވާ ކަމަށް އޭނާގެ އަނބިކަނބަލުން ބުނެފިއެވެ.

"މިއަދު އެކުވެރިޔާ، ފިރިމީހާ އަދި އަހަރެންގެ އެންމެ ގަޔާވާ ނޫސްވެރިޔާ މަރުވީ ކެންޔާގައި ބަޑި ޖަހައި ހިނގި ހާދިސާއެއްގައި ކަމަށް ފުލުހުން ބުނޭ. ހަބަރު ފެތުރުމުގެ ނަމުގައި އަހަރެމެންގެ އާއިލާގެ ފޮޓޯތަކާއި އަމިއްލަ ތަފްސީލާއި ހޮސްޕިޓަލުން ނަގާފައިވާ އޭނާގެ އެންމެ ފަހު ފޮޓޯތައް ހިއްސާ ނުކުރޭ." ޝަރީފްގެ އަނބިކަނބަލުން ޖަވޭރިއާ ސިއްދީގު ކުރި ޓްވީތެއްގައި ބުނެފައި ވެއެވެ.

ޝަރީފް މަރުވީ އެކްސިޑެންޓެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ކެންޔާގައި ހުންނަ އެގައުމުގެ ހައިކޮމިޝަނުން ކަމާބެހޭ ފަރާތްތަކުގެ މައުލޫމާތު ހޯދަމުންދާ ކަމަށެވެ.

އަރުޝަދު ޝަރީފް މަރުވި ޚަބަރު ފެތުރުމާ އެކު ޕާކިސްތާނުގެ މަޝްހޫރު ގިނަ ރައްޔިތުންނާއި މީޑިއާ ކޮމިއުނިޓީގެ ބައެއް މީހުން ވަނީ ތައުޒިޔާ ކިޔާފައެވެ.

ޕާކިސްތާނުގެ ކުރީގެ މެމްބަރު ފަރަހަނާޒް އިސްޕަހާނީ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

"ކިހާ ބޮޑު އަދި ހައިރާންކުރުވަނިވި ގެއްލުމެއް.." އޭނާ ކުރި ޓުވީޓެއްގައި ވިދާޅުވިއެވެ.

"ހިތުގެ އަޑިން ތައުޒިޔާ ދަންނަވަން." ޕާކިސްތާނުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކުރީގެ މަންދޫބު ހުސައިން ޙައްކާނީ ވިދާޅުވިއެވެ.

އޭއާރުވައި ނިއުސް ޖާނަލިސްޓް ކާޝިފް އައްބާސީ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އޭނާގެ ކޮއްކޮ އަދި އެކުވެރިޔާ އަރުޝަދު ޝަރީފް ކެންޔާގައި ބަޑިޖަހައި މަރާލާފައިވާ ކަމަށާއި ނަމަވެސް އެކަން ޤަބޫލެއްވެސް ނުކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތާލިބާން.

    ތުނބުޅިއެއްވެސް ނެތް. ފަގުޑިއެއްވެސް ނެތް. ޢަދާލަތުގެ ބަހެއް ލިބުނީމަ އެއްޗެއް ބުނެވޭނީ.

    5
    1