ކައިވެނި ކުރިތާ މަދު ވަގުތުކޮޅެއްގައި އެކްސިޑެންޓެއް، ކައިވެނީގެ އުފަލެއް ނުލިބި ފިރިމީހާ މަރު!

ކައިވެނި ކުރިތާ ހަތަރު ގަޑިއިރު ފަހުން ސިލިންޑަރެއް ގޮވައިގެން ހިނގި ހާދިސާއެއްގައި މިސްރަށް ނިސްބަތްވާ ފިރިހެނަކު މަރުވެއްޖެއެވެ.

މިއާއެކު މުޅި އާއިލާ އާއި ގާތް މީހުންނަށް ވަނީ ބޮޑު ހިތާމަ އަކާއި ކުރިމަތިލާން ޖެހިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހޮސްޕިޓަލަކުން ފުލުހުންނަށް ގުޅާފައި ވަނީ ޤަވާނާ ގަވަރުނަރޭޓަށް ނިސްބަތްވާ ޒުވާނަކު އޭނާގެ ގޭގައި ހުއްޓާ ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުން ފިހިފައިވާ ކަމަށެވެ.

ފުލުހުން ހިންގި ތަހުގީގުން އެނގުނުގޮތުގައި، އެ ފިރިހެން މީހާ އާއި އޭނާގެ އަންހެނުން ކައިވެނީގެ ޕާޓީއަށްފަހު ގެއަށް ގޮސްފައި ވަނީ ހަތަރު ގަޑިއިރު ފަހުންނެވެ. ނަމަވެސް ފިރިހެން މީހާ ބަދިގޭގައި ހުއްޓާ ގޭސް ސިލިންޑަރު ގޮވީއެވެ.

މި ހާދިސާ ހިިނގުމާއެކު އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ، އެހެން ނަމަވެސް އޭނާއަށް ފަރުވާ ދެމުން ދިޔަތާ ހަ ވަރަކަށް ދުވަސް ތެރޭގައި ވަނީ މަރުވެފައެވެ.