ބޮލީވުޑްގައި ފާހަގަކޮށްލެވުނު ތަރިންގެ ތެރޭގައި ހިމެނޭ އަބީޝޭކް ބަޗަން އާއި ކަރިސްމާ ކަޕޫރް އަކީ އެއް އިރެއްގައި ލޯބިވެރިންނެވެ. މި ދެ މީހުން ފަސް އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމުގެ އަޑުތައް އެރިއެވެ. އަދި ދެ މީހުން ކައިވެންޏާއި ހަމައަށް ދާންވެސް ތައްޔާރަށް ތިބިއެވެ.

އަބީޝެކް އާއި ކަރިސްމާ 2002 ގެ ފިލްމު "ހާން މޭނޭ ބީ ޕިޔާރު ކިޔާ" ޕްރޮޑިއުސްކުރި ޑައިރެކްޓަރު ސުނީލް ދަރްޝަން ދާދި ފަހުން ވަނީ ކުރީގެ މި ދެ ލޯބިވެރިން ސެޓްގައި ހިނގާ ތަޅާފޮޅުންތަކާއި ބެހޭ ގޮތުން ވާހަކަ ދައްކައިފައެވެ. އެކަމަކު އެ މީހުން ތަޅާފޮޅަނީ ކޮންކަންކަމަކާއި ކަން އޭނާ ބުނެފައެއް ނުވެއެވެ.

މުނިފޫހިފިލުވުމުގެ ޕޯޓަލްއަކަށް ދިން އިންޓަވިއުއެއްގައި ސުނީލް ބުނީ "ހަގީގަތުގައި އެ ދެ މީހުންނަކީ "އެކަކު އަނެކަށްޓަކައި ތިބި" ވައްތަރުގެ ގުޅުމެއް އޮތް ބައެއް ނޫން ކަމަށެވެ. އަދި އެ މީހުންގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދުނު ކަމަށް އޭނާ ބުނެފައިވާއިރު، ފަހަރެއްގައި ބައެއް މީހުން ތިބީ އެގޮތަށް ކަމަށް ވެސް ވެދާނެ ކަމަށް ބުންޏެވެ.

"އަހަރެން އަބަދުވެސް ހިތަށް އަރަނީ ހަގީގަތުގައި ވެސް އެއީ ދެ މީހުންވެސް އެކަކު އަނެކަކާ ހެދި އުޅޭ ވައްތަރުގެ ޖޯޑެއްތޯވެ. އަބީޝޭކް އަކީ ރަނގަޅު މިހެއް. ކަރިސްމާވެސް ވެސް ވަރަށް ރަނގަޅު". އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު