ބޮލީވުޑްގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރް ކަޕޫރުގެ ދަރިފުޅު ރާހާ ކަޕޫރްގެ ފޮޓޯ ނުނެގުމަށް ޕަޕަރާޒީއިންގެ ކައިރީގައި އެދިއްޖެ އެވެ.

އާލިއާ އާއި ރަންބީރު ވަނީ ޕަޕަރާޒީންނާއިއެކުގައި އެއްވުމެއް ބާއްވާފަ އެވެ. އެ އެއްވުމުގައި އެ ދެމަފިރިން ވަނީ އެ މީހުންގެ އަލަތު ދަރިފުޅު ފޮޓޯ ނުނެގުމަށް އެދިފަ އެވެ.

އަދި އާލިއާ ވަނީ އޭނާގެ ފޯނުގައި ހުރި ރާޔާގެ ބައެއް ފޮޓޯތައް ޕަޕަރާޒީންނަށް ދައްކާފައި ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މި ދެ ފަންނާނުންނަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު މުމްބާއީގައި ދިރިއުޅޭ ވަސްތޫގައި ބޭއްވި އިންޓިމޭޓް ރަސްމިއްޔާތެއްގައި މި ދެ ތަރިން ކައިވެނިކުރިއިރު، މާބަނޑުކަން އާލިއާ ހާމަ ކޮށްފައިވަނީ މިދިޔަ ޖޫން މަހުގައި އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ.

ކައިވެންޏަށް މާ ގިނަ ދުވަހެއް ނުވަނީސް ބަނޑުބޮޑުވުމާ އާލިއާ އާއި ރަންބީރަށް ގުޅިގެން ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާލުފޮޅި

    ގޭގަ އޮތީމަ ފޮޓޯއެއް ނުނަގާނެ…

  2. އަލްޖިބްރާ

    ކަލޭމެންގެ ދަރިންނަކީ އެހެން އިންސާނުންނަށް ވުރެ މާމޮޅު ބަޔަކީތަ ؟ އެހެންމީހުނަށް ދައްކަން ބޭނުން ނުވަނީނަމަ ގޭތެރޭން ނުނެރެ ބައިތިއްބަން ވީނު ؟