ޝާހްގެ ދޮށީ ފިރިހެން ދަރިފުޅު އާރިޔަން ހާން ޕާކިސްތާނުގެ ބަތަލާއަކާއި ލޯބީގެގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބޭރުގެ ނޫސްތަކުފައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ ބަތަލާއެއް ކަމަށްވާ ސާދިޔާ ކާން ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އާރިން ހާން އާއިއެކު އާ އަހަރުގެ ރޭގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.

އެ ފޮޓޯ ނަގާފައިވަނީ އަހަރުގެ ރޭ ދުބާއީގައި އޮތް ޕާޓީއެއްގައި ކަމަށް ބުނެފައި ވެއެވެ. ފޮޓޯއިން ދެ މީހުން ވަރަށް ގާތްކޮށް ފެނިގެން ދެއެވެ.

އެހެންކަމުން ގިނަ ބަޔަކު ބުނަމުންދަނީ އެ ދެ މީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ.

ސާދިޔާ އާއި އާރިޔަން ރައްޓެހިވެގެން އުޅޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު އާރިޔަން އާއި ނޯރާ ފަތޭހީ ގުޅިގެން އުޅޭ ކަމުގެ އަޑުތައްވެސް ވަނީ ގަދަވެފަ އެވެ.

ނޯރާ އާއި އާރިޔަން ގުޅިގެން އުޅޭކަމަށް ބުނަމުން ދަނީ އެ ދެމީހުން އެކުގައި ރޭގަނޑުކާން ގޮސް އުޅުތަނާއި އާ އަހަރުގެ ޕާޓީގައި ދެ މީހުން އެކުގައި ފެނުމުން ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

އިންޑިއާގެ މުމްބައީގައި އޮތް ކޯޑޭލިޔާ ކްރޫޒެސް އެމްޕްރެސް ބޯޓުގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި އާރިޔަން ހައްޔަރުކުރުމާއި ގުޅިގެން އޭނާ ވަނީ 2021 ވަނަ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. އެ މައްސަލައިގައި އާރިޔަންއަށް ކުރި ތުހުމަތުތައް ސާބިތުވެފައެއް ނުވެ އެވެ.