ބޮލީވުޑްގައި އެންމެ މަގުބޫލުވި ތަރިންގެ ތެރޭގައި ހިމެނޭ ޝިލްޕާ ޝެޓީއަށް ހޮލީވުޑްގެ ތަރި ރިޗާޑް ގެރޭ ދޮނެއް ދިނުމުން މައްސަލަ ވަރަށް ބޮޑަށް ހޫނުވިކަން އެނގޭ ހެއްޔެވެ؟. މިއީ 2007 ވަނަ އަހަރު އޮތް އިވެންޓެއްގެ ތެރޭގައި ދިމާވި ކަމެކެވެ.

އެ ހާއްސަ އިވެންޓަކީ ޗެރިޓީ އަދި އެއިޑްސްއާ މެދު ހޭލުންތެރިކަން އިތުރު ކުރުމަށް ބޭއްވި އިވެންޓެކެވެ.

މި މައްސަލަ ކޯޓާއި ހަމައަށްވެސް ދިޔައެވެ.

އެގޮތުން ރިޗާޑް އިވެންޓެއްގައި ޝިލްޕާއަށް ފާޅުގައި ބޮސްދިނުމާ ގުޅިގެން ވަކީލް ޕޫނަމް ޗަންދު ބަންޑާރީ ވަނީ އެ ދެ އެކްޓަރުންނާ ދެކޮޅަށް ކަމަށް ބުނެ މައްސަލަ ހުށަހަޅައިފައެވެ. އަދި ޝިލްޕާގެ ގާނޫނީ ވަކީލުން މި މައްސަލައިގައި ވާކާލަތު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި މައްސަލައޮގައި ބޮމްބޭ ހައި ކޯޓުން ވަނީ މަހާރަޝްތުރާ ސަރުކާރުގެ ޖަވާބަކަށް އެދިފައި ވެއެވެ. އެއީ އެ ދެ ތަރިންނާއި ދެކޮޅަށް ހުށަހެޅި މައްސަލަ ބާތިލް ކޮށްދިނުމަށް އެދި ޝިލްޕާ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

އެ އިވެންޓްގައި މިފަދަ ހާދިސާއެއް ދިމާވުމުގެ ސަބަބުން މިކަން ބޮޑު ކަމަކަށް ވެގެން ދިޔައީ، އޭގައި މަޝްހޫރު ތަރިންތަކެއް ހިމެނޭތީ ކަަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިޔާ

    ނޭނގެ ވަގުތު ނޫހުން ބުނީމަ މި އެނގުނީ

  2. ހުސޭނުބޭ

    ފަރުދާގެ ފުރަގަހުން ތިކަން ކުރިނަމަ އޯކޭވާނެ. އެންމެން ކުރިމަތީ ވަރަށް އާތްވާނެ

    6
    1
  3. އަޖައިބު

    އަދިކިރިޔާ މިއެނގުނީ

  4. Anonymous

    އެކުޅޭ ފިލުމުތަކުގަ އެހެޔޯ ރޯ އޮރިޔާމުން ކޮންމެ ކަމެއް ކުރިޔަސް އެއޯކޭ.

    4
    1