ދިވެހި ބަހުގެ އަދީބު އަބްދުﷲ ސޯދިގު (ސޯދުބެ) ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ގެންދާތީ އޭނާގެ ދަރިފުޅު ރައުފަތު ސޯދިގާއި ދަނބިދަރިފުޅު ޝުހުދާ އަބްދުއް ލަތީފުގެ ކައިވެނި އައިޖީއެމްއެޗްގައި ކޮށްފިއެވެ. ކައިވެނި ކުރީ މިދިޔަ ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް އާއްމުންގެ ސަމާލުކަމަށް އެކަން އައީ ކައިވެނީގެ ފޮޓޯއަކާއިއެކު މިރޭ އައިޖީއެމްއެޗް އިން ކުރި ޓްވީޓަކާއި ގުޅިގެންނެވެ.

އައިޖީއެމްއެޗް އިން އާއްމު ކުރި ސޯދުބެ ހޮސްޕިޓަލްގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށް ލިޔުއްވި ލިޔުއްވުމެކެވެ.

އެލިޔުމުގައި ސޯދުބެ ވިދާޅުވީ، އޭނާއަކީ ހަމަ ޔަގީނުން ވެސް އައިޖީއެމްއެޗުން ގަވައިދުން ހިދުމަތް ހޯއްދަވާ ބޭފުޅަކަށް ވާތީ ކަސްޓަމަރު ޑިސްޓައުންޓް ލިބެންޖެހޭ ބޭފުޅެއްކަން ޔަގީން ވެއްޖެ ކަމަށެވެ. އެ ވޯޑުގައި ނުބާއްވާ ކޮޓަރިއެއް އަދި ފަރުވާ ނުދެއްވާ ޑޮކްޓަރަކާއި ނަރުހެއް ވެސް މަދުވާނެ ކަމަށް ވިދާޅުވެ ލިޔުން ކުރިއަށް ގެންދަވަމުން ސޯދުބެ ވިދާޅުވީ ކިތައްމެ ގިނައިން އެޑްމިޓްކޮށް، ފަރުވާ ހޯއްދެވިޔަސް، އެހެން ފަހަރުތަކާއި ހިލާފަށް މި ފަހަރު މީ މުޅި އުމުރަށް ހަނދާނުގައި ހުންނާނެ ފަހަރެއް ކަމަށެވެ.

ސޯދުބެގެ ދަރިފުޅާއި ދަނބިދަރިފުޅު ކައިވެންޏަށްފަހު ސޯދުބެ ކައިރީގައި - ފޮޓޯ: އައިޝަތު ނަދުހާ
ސޯދުބެގެ ދަރިފުޅު ކައިވެންޏަށްފަހު ސޯދުބެ ކައިރީގައި - ފޮޓޯ: އައިޝަތު ނަދުހާ

"އަޅުގަނޑުގެ ދަރިފުޅުގެ ކައިވެންޏަށް ދެ ހަފުތާ އަށް ވެފައި އޮއްވާ ހާލު ދެރަވެގެން މިކޮޅަށް ގެނައި އިރުއްސުރެ މިއަދާ ހަމައަށް ތިޔަ ހިދުމަތްތެރިން ކޮށްދެއްވި މިންނެތް މަސައްކަތަކީ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަންޖެހޭ ހިދުމަތެކެވެ. މިއީ އުމުރުން މިހާ ހިސާބަށް އާދެވުނު އިރު ވެސް ނުފެންނަ އޯގާތެރިކަމެއް ފެނިގެން ދިޔަ ފަހަރެކެވެ،" ސޯދުބެ ވިދާޅުވި އެވެ.

ސޯދުބެ ވިދާޅުވީ ދެއްވި ފަރުވާގެ އިތުރަށް އެންމެ ހަގު ދަރިފުޅުގެ ކައިވެނި ވެސް ހޮސްޕިޓަލްގައި ކުރުމަށް މަގުފަހިކޮށްދެއްވިކަމަށްޓަކައި ހޮސްޕިޓަލްގެ އިސްވެރިންނަށް ހިތުގެ އެންމެ ފުންމިނުން ލޯތްބާއެކު ޝުކުރު ދަންނަވާ ކަމަށެވެ. "އެ ދުވަސް ވެސް ފެނި، އެ އުފަލުގައި ބައިވެރިވެވުނީ ވެސް ތިޔަ ހިދުމަތްތެރިންގެ ސަބަބުންނެވެ." ސޯދުބެ ވިދާޅުވިއެވެ.

ސޯދުބެގެ ދަރިފުޅާއި ދަނބިދަރިފުޅު ކައިވެންޏަށްފަހު ސޯދުބެ ކައިރީގައި - ފޮޓޯ: އައިޝަތު ނަދުހާ
ސޯދުބެގެ ދަރިފުޅުގެ ކައިވެނި - ފޮޓޯ: އައިޝަތު ނަދުހާ

ސޯދުބެ ވިދާޅުވީ ހޮސްޕިޓަލްގައި އޮވެ ދަރިފުޅުގެ ކައިވެނި ހަފްލާގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ކުރެވުނު އުފާވެރި އިހްސާސްތައް ލިޔުމެއްގައި ބަޔާނެއް ވެސް ނުކުރެވޭނެއެވެ.

ސޯދުބެ އަކީ މިހާރު ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދިވެހި ބަހުގެ އެންމެ ބޮޑު އުސްތާޛު ކަމަށް ގިނަ ބަޔަކު އިއްތިފާގު ވެއެވެ.

ސޯދުބެ އަށް ދިވެހި ސަރުކާރުން ވަނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން 2019 ވަނަ އަހަރު އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަހުމަދުކަ2

    ހިޔާލު މިކުރަނީ އަޅުގަނޑުގެ ކައިވެނި ގަބުރުސްތާން އާސަހަރާގަ ވަޅުލާފަ އޮތް މުނިމާމަ ކާރި ކުރަން

    25
    62
  2. ޅައިލާ

    ތީ ސޯދުބޭ ވީމަ.ނިކަނެތި ރާއްޖެތެރޭ މީހެއްނަމަ ތިކަން ތިހެން ނުވީސް.

    113
    11
    • ޔާންޓެ

      ސޯދުބޭ ސޯދުބެއްކަށް ވީގޮތް އެނގޭ މީހަކު ތިހެން ނުބުނާނެ. އަދި ބުނަން. ސޯދުބޭ އަކީ މ އަތޮޅު މުލީ މީހެއް. އިހްތިރާާމް ހޯއްދެވީ ހިންމަތާ މިންނެތް މަސައްކަތުން

      48
      9
    • ލާލާ

      ލައިލާ ތިބުނީ ބަރާބަރު ވާހަކައެއް އާދައިގެ ރައްޔިތެއް ނަމަ ގެރެންޓީ ނުވާނެ، ވޯޑްގަ ތިބޭ ބަލިމީހުނާ ޕްރައިވެޓް ރޫމްގަ ތިބޭ ބަލި މީހުނަށް ނަރުސް ކުދިން ވަރަށް ތަފާތު ކުރޭ

      39
      3
  3. ޛިޖ

    ތިފަދަ ހާލުގައި އެޑްމިޓްކޮށްފައި ފަަރުވާ ނުލިބި ޝަކުވާ ހިފައިގެން ތިޔަބުނާ އޯގާތެރި ވެރިންނާއި ބައްދަލުނުކުރެވި ކިތައް ބަލި މީހުން ތިޔަބުނާ ހޮސްޕިޓަލްގައި އެބަތިބިތޯ؟
    ތި ހޮސްޕިޓަލުން ފަރުވާއާއި އޯގާތެރިކަމަކީވެސް ބޭއިންސާފުން ލިބޭ އެއްޗެއްކަން ޔަގީންކަމާއި އެކު ބުނަން

    101
    4
  4. ހުވަދޫ އަލިބެއްޔާ

    ހޮސްޕިޓަލަކީ ކާވެނި ޕާޓީ ބާއްވާ ކުޅި ސަމާ ޖަހާ ތަނަކަށް ސޯދުބެއަށްވިޔަސް ކިލަގެފާނަށް ވިޔަސް ހެދިގެން ނުވާނެ.. ޕާޓީ ކުރަންޏާ އެދާ އެކު ގެޔަށް ދޭ..

    16
    8
  5. ބޯދުބެ

    ހޮސްޕިޓަލް އަކީ ބަލި މީހުން ފަރުވާ ހޯދާ ތަނެކެވެ. ރަައުފަތު ކަރު ހަކުރު ކުޅޭ ތަނެއް ނޫން..

    19
    5
  6. ނޯމޭން

    އިންޑިއާގެ ސަގާފީ ހެދުމަކާ ހާދަ ވައްތަރޭ!!

    15
    1
  7. ކިޔުންތެރިއެއް

    ދިވެހިން ދަނބިދަރި ކިޔަނީ އަންހެންދަރިފުޅު ގެ ފިރިމީހާއަށް، ފިރިހެން ދަރިފުޅުގެ އަނބިމީހާއަކީ ޞޯދުބޭގެ ޅީދަރިފުޅު.