ދިވެހި ފިލްމީދާއިރާގެ އެންމެ އަލިގަދަ ތަރިންގެ ތެރޭގައި ޔަގީނުން ވެސް ރީކޯ މޫސާ މަނިކާއި މަރިޔަމް ނިޝާ ހިމެނޭނެއެވެ. 1994 ވަނަ އަހަރު ގެނެސްދިން ފިލްމު "ހައްގު" ގައި ހިމެނުނު ލަވަ "މޫނޭ ތިއީ ހިތް އެދޭ" އަދިވެސް އޮތީ ގިނަ ދިވެހިންގެ ހިތާއި ވަރަށް ކައިރީގައެވެ. ނަމަވެސް މިއަދު އޮތީ މޫސަ އާއި ނިޝާގެ ފިލްމީ ވާހަކައެއް ނޫނެވެ. ދެ ފަންނާނުން އެމްޑީޕީއަށް ސޮއި ކުރި ޚަބަރު ލިބުނުތާ ދުވަސްކޮޅެއް ފަހުން ދެފަންނާނުން މިވަނީ ސިޔާސީ ބައްދަލުވުމަކުން އެކުގައި ފެނިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން ކުރަމުން އަންނަ ކެމްޕޭންގައި ރޭ ހުޅުމާލޭގައި ބޭއްވި އިވެންޓްގައި މޫސަ އާއި ނިޝާ ވެސް ބައިވެރިވިއެވެ. އެ އިވެންޓްގެ ތެރެއިން މޫސަ އާއި ނިޝާ ވަނީ ރައީސް ސޯލިހް އާއިއެކު ފޮޓޯ އެއްވެސް ނަންގަވާފައެވެ.

ނިޝާގެ ޚަބަރެއް ގިނަ ދުވަސްތަކަށް ފަހު ލިބުނީ މިދިޔަ ނޮވެމްބަރ މަހު އެވެ. ނިޝާ އެމްޑީޕީއަށް ސޮއި ކުރީ ނޮވެމްބަރ 07 ވަނަ ދުވަހު އެވެ. ނިޝާ އެމްޑީޕީ އަށް ސޮއި ކުރީ އޭގެ މަހެއްހާ ދުވަސް ކުރިން ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރުމަށް ފަހު އެވެ. ޖުމްހޫރީ ޕާޓީއަށް ސޮއި ކުރި ނަމަވެސް އެޕާޓީގެ ސިޔާސީ ހަރަކާތްތަކަކުން އޭނާ ނުފެނެއެވެ.

ނިޝާ އެމްޑީޕީއަށް ސޮއި ކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް މޫސަ ވަނީ އެމްޑީޕީއަށް ސޮއި ކޮށްފައެވެ. މޫސަ އާއި ނިޝާ ގާތްގާތުގައި އެމްޑީޕީއަށް ސޮއި ކުރުމުން ގިނަ ބަޔަކު މީސް މީޑިއާގައި އެކަން ފާހަގަ ކުރިއެވެ. އަދި ދެމީހުންގެ ސިޔާސީ ކެރިއަރު އެއްމިސްރާބަކަށް ދަތުރު ކުރުމުން އެކަމަށް ޖޯކް ޖަހައި މީހުން ކޮމެންޓް ކޮށްފައި ވެއެވެ.

މޫސަ އާއި ނިޝާ "ސިޔާސީ ސްޓޭޖަކުން" ފެނިދާނެ ކަމަށް އިންޒާރު ކޮށްގެން ތިބި މީހުންނަށް ރޭ އަދި އެމީހުންގެ އުއްމީދުތައް އެއްކޮށް ހާސިލްނުވި ނަމަވެސް ފަހަރުގައި ކުރިއަށް އޮތްތަނުގައި ދެމީހުން "ސިޔާސީ ޑްރާމާއެއް" ފެނުން ގާތެވެ.

ނިޝާ 2021 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އެކްޓް ކުރަން އެންމެ ފަސޭހައީ ޔޫއްޕެ އާއި ރީކޯ މޫސައާއެކު ކަމަށެވެ. ނަމަވެސް މިހާރު ނިޝާ ފިލްމަކުން ނުފެނެއެވެ. އޭނާ ފިލްމް ކުޅުން ހުއްޓާލިތާ އަހަރުތަކެއް ވެއްޖެއެވެ.

މޫސަ އާއިއެކު ފިލްމުތަކުގައި އެކްޓް ކުރަން ފަސޭހަ ކަމަށް ނިޝާ ބުނުމުން ފިލްމުތަކުން ފެނުނު "ލޯބި" އަނެއްކާވެސް ސިޔާސީ މައިދާނުން ފެނުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ބައެއް މީހުން މީސް މީޑިއާގައި ކުރި ކޮމެންޓްތަކުގައި ބުނެފައި ވެއެވެ.

މޫސަ ވެސް ފިލްމު ކުޅުން ހުއްޓާލިތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް ޓެޑްރީ ޑައިރެކްޓް ކުރާ ފިލްމެއްގައި މިހާރު މޫސަ އަންނަނީ އެކްޓް ކުރަމުންނެވެ. "ލަސްވިޔަސް" ނަމަކަށް ކިޔާ އެފިލްމް ސިނަމާތަކަށް އަންނާނެ ދުވަހެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ފުރެއްދި

    ރީކޯ އަށް ހޯދާދެވުނީ 1ވޯޓު ތަ؟ކީއްކުރާ ބޮލެއް ދެން ތީ.

    42
  2. ނަމަ

    އެމްޑީޕީން މިހާރު ދޭދޭ މީހުން ހިތާކުރުމުގެ ހިދުމަތް ދޭންފެށީބާ؟

    57
  3. ރާކޯ

    އަދި ތިދެމީހުން ކައިވެނިވެސް ކުރުވާނެ.. ފިލްމެއްވެސް ކުޅުވާފާނެ

    47
  4. ބޯދިގުޒައީމް

    ޜީކޯ ޗާޖުކުރަން ގުޅާނެޗާޖެރެއް ހޯދަދިނީ ސުލޯވާތީ ކިތައްމެ ޗާޖުކުރިއަސް 555ދަނީ އެބެޓެރި ޗާޖެއެއްނުވާނެ ދިޔާވެފަޅާއިގެންދާނީ ތިމަރުލޭޔާރްއެކް މުސަޅު ދުވާބެޓެރިއެޅިއަސް ސުލޯއެއްޗެއް ފާސްޓެއްނުވާނެ އައްނިހެން

    35
    1
  5. އހ

    ކުޅެން މިއުޅެނީ ޑްރާމާއަކާ ވައްތަރީ

    46
  6. ކޮމާކޯޅި

    ރީކޯމެން 40 މިލިއަންގެ ޓްކްސް ނުދައްކާ އުޅޭތީ ނިކަމެތިރައްޔިތުންގެ އަތުން ޖީއެސްޓީ އިތުރައް ނަގަނީ. ރިކޯ ޓެކްސް ދައްކާ!!!

    67
  7. ހުސައިން803

    އިއްޒަތްތެރިން ، ބޮޑުން ސަރުކާރަށް ދައްކަންޖެހޭ އެތައްމިލިޔަން ރުފިޔާއެއް ހުރިއިރު ، އެހޯދުމަށް ސަރުކާރުން މަސައްކަތްނުކޮށް މިފެންނަނީ އެފަދަ މީހުން އަރިކަށީގައި ބަހައްޓާފައި އެންމެ ނިކަމެތި ރައްޔިތުނު މީހާއަތުން ބޮޑުޓެކްސް ނަގާތަން.. ބަޖެޓް ފޫބައްދަން ފެލާލަނީ ނިކަމެތި ރައްޔިތު މީހާ..

    29
  8. ރަން ރީނދޫ

    ދެން ޔަތީމު ޚާނާއަށް ދޫކޮއްލި ދަރިވެސް ގެނޭ ،އޭރަށް ޑްރާމާ ފުރިހަމަ ވާނީ.

    28
  9. އަހުމަދު

    އާނ ނިޗާ އަށް ވެސް ވެރިކަން ކުރެވޭނެ.

    16
  10. ފދސ

    ޗާޖްގޮސް އޮތް އެއްޗެއް ކިތައްމެ މޮޅު އެއްޗަކުން ޗާޖްކުރަން މަސައްކަތް ކުރިއަކަސް އެކަމަކީ ފޫނެތްފަޔަކުން ފެންފުރުން ކަހަލަ ކަމެކެވެ. ބަލަގަ ރީކޯ މަސައްކަތް ކުރަނީ އިބްރާހީމްބެއަށް ވޯތް ހޯދުގެ ބަދަލުގައި ޑްރާމާ ކުޅުއްވާށެވެ. ރީކޮއަށްވެސް އެގޭނެ މިހާރުގެ ޒުވާނުންނާއި ވާހަކަ ދެއްކުމުގެ ގާބިލުކަމެއްވެސް ތިމާގައިގެ ނެތްކަމާއި ހުރިހާވެސް ނާޗަރަންގީއެއް ހާވަނީ ތިމާ ދައުލަތަށާއި އާއްމުފަރުދުންނަށް ދޭން ޖެހޭ އެތައް މިލިޔަނެއް ނުދައްކާ އެކަންކަން ވޯޓާ މަތިކުރުމަށްފަހު ޖަގަޑާ ހެދުމެވެ.

    19
  11. ސޯލޭ

    ނިޝާ މެޑަމް އަނެއްކާ ނައިބް ރައީސްބާ؟

  12. ވރފގރ

    ކިހާ ރަނގަޅު///މީރާއަށް ދައްކަން ޖެހޭ ލާރިގަނޑު ދެން ދައްކަން ނުޖެހުނީދޯ؟ މަށަށް ހީވަނީ އިބޫ ފަހަތުން މިއުޅެނީ ހުސް އޭގެ މީހުން ކަންނޭނގެ

    15
  13. މުޙައްމަދު

    ޓެކްސް ނުދައްކަންވެގެން މޑޕ ނިވާފައްގަނޑަކަށް ހަދައިގެން ތިބި ހަރާންކޯރު މީހުން

    18
    1
  14. މަންމާފުޅު އަދުރޭ

    އެއްތަންކޮށްދިންކަމުގެ އުފަލުގަ ދައުލަތައް ދައްކަންޖެހޭ މިލިޔަން ރުފިޔާތައް ދައްކާލަބަލަ، އޭރު އަނެއްކާވެސް ވަކިކޮށްފަ އެއްތަން ކޮށްދޭނަން

    11
  15. އަދުހަމް

    އަސްލު ކަސްބީންނާއި ސިޔާސީ ކަސްބީންނަކީ އެއްބައެއް

    14
  16. Anonymous

    މަރުވުމަށްފަހު ތިޔަކުޅޭ ޑްރާމާތަކުގެ އެއްވެސް ބޭނުމެއްނެތް ހިފޭނެ ބާ

  17. ލާމު

    ތި ދެމީހުން ކުރިން ކުޅުނު "ފިލްމްތައް" ވަރަށް ގިނަ މީހުންނަށް އެނގޭ.