ދެމަފިރިންނަށް އެއް ތުވާލި ބޭނުން ކުރެވޭނެ ކަމަށާއި، އެހެން ނަމަވެސް މަދުވެގެން ހަފްތާއަކު އެއްފަހަރު ދޮންނަން ވާނެ ކަމަށްވޗއައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

އަބަދުވެސް ސިއްހީ އެކި ކަންކަމުގައި އާއި އާއްމު ދިރިއުޅުމުގައި ރަނގަޅު ކުރަންވީ ކަންކަމާއި ގުޅޭގޮތުން އާއްމުންނަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދެމުން އަންނަ ޑރ، މުހައްމަދު އަލީ ހިންގަވާ ފޭސްބުކް ޕޭޖްގައި ޖަހާފައިވާ ޕޯސްޓްތަކެއްގައި މުހިންމު ގިނަ މައުލޫމާތުތަކެއް ހިމަނާފައެވެ.

އެގޮތުން ގޭގައި ގެންގުޅޭ ސްޕޮންޖް ކޮންމެ ހަފްތާއަކު ބަދަލު ކުރަން ވާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އަދި ކޮންމެ ތިން ނުވަތަ ހަތަރު މަހުން ދަތް އުނގުޅާ ބުރުސް ބަދަލު ކުރުމަށް ނަސޭހަތްތެރިވެފައި ވެއެވެ. އޭގެ އިތުރުން ތަތްނުލަވާ ތަވާ އަދި ތެލިފަދަ ތަކެތީގައި ކޫރުން އެޅެން ފެށޭ ހިސާބުން ބަދަލު ކުރުމަށް ވިސްނުމަށްވެސް ނަސޭހަތްތެރިވެފައި ވެއެވެ.

އޭގެ އިތުރުން، މޭކަޕް ސާމާނު މަދުވެގެން ހަ މަހުން ބަދަލު ކުރަން ވާނެ ކަމަށް އޭނާ ވިދާޅުވުފައި ވެއެވެ.

އަދި ދުވާލަކަށް 500 މިލިއަން ހަމުގެ ސެލްތައް އަހަރުމެންގެ ހަށިގަނޑުން ނެއްޓޭ ކަމަށާއި، ގިނަވަގުތައް ހޭދަ ކުރެވޭ ގޮދަނޑީގައި އަޅާ ބެޑްޝީޓާއި ބާލީސް އުރަތައް ހަފްތާއަކު އެއްފަހަރު ހޫނުފެނުން ދޮވުން އެދެވިގެންވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުން ގައި ހިއްކާ ތުވާލި މަދުވެގެން ހަފްތާއަކު އެއްފަަރު ދޮންނަންވާނެ ކަމަށް ޑރ. ވިދާޅުވެފައިވާއިރު، ދެ އަހަރުން އެއް އަހަރު ބަދަލު ކުރުން އެދެވިގެންވާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ދެމަފިރިން އެއް ތުވާލި ބޭނުން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.