ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަބީޝޭކް ބަޗަން އާއި އައިޝްވާރިޔާ ރާއީ ދެކިލުމަށް ދ.ކުޑަހުވަދޫ ކުދިބޮޑު އެންމެން ބަނދަރަށް ޖަމާވެއްޖެއެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އަބީޝޭކްގެ ދެމަފިރިން އަދި އެދެމީހުންގެ ދަރިފުޅު އާރާދިޔާ އެނބުރި އިންޑިޔާއަށް ދިޔުމަށް ފުރާފައިވަނީ ކުޑަހުވަދޫ އެއަރޕޯޓުންނެވެ. އެހެންކަމުން އެ ދެތަރިން ފުރުމަށް އެއަރޕޯޓަށް ދާން ކުޑަހުވަދޫއަށް ދިޔުމުން އެދެތަރިންނަށްވެސް ލިބުނީ ހައިރާން ކެމެކެވެ.

ރާއްޖެއިން މި ދެތަރިންނަށް ބޮޑު ތަރުހީބެއް ލިބުމުން އެ އާއިލާ ރާއްޖެއިން ފުރައިގެން ދިޔައީ އިތުރު އުފާވެރިކަމަކާއި އެކީގައިކަން ޔަގީނެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯކުން ފެންނަނީ އައިޝްވާރިޔާ އާއި އަބީޝެކް ކުޑަހުވަދުއަށް ލޯންޗަކުން ފައިބާ މަންޒަރު ބަލާލަން ކުޑަހުވަދޫގެ ކުދި ބޮޑު ގިނަ ބަޔަކު އެއްވެފައި ތިބި މަންޒަރެވެ.

އަބީޝެކް އޭނާގެ ދަރިފުޅާއި އައިޝްވާރިޔާގެ އަތުގައި ހިފައި، ކުޑަހުވަދޫ ބަނދަރަށް ބޭލުމަށް ފަހު އެ ރަށުން ވޭނަކަށް އަރާ ތަން އެ ވިޑިއޯގައި ފެނެ އެވެ. އޭރު އެ މީހުން ބަލާލަން ބަނދަރަށް ގޮސް ތިބި ގިނަ ބަޔަކު ދިޔައީ ފޯނުން ފޮޓޯ ނަގައި ވީޑިއޯ ކުރަމުންނެވެ.

މިކަމާއި ގުޅިގެން ކައުންސިލުން ބުނެފައިވަނީ އައިޝްވަރިޔާ އާއި އަބީޝޭކް އެރަށަށް ދިޔުމުން ރަށުގެ ގިނަ ބަޔަކު ބަނދަރު މައްޗަށް އެއްވެ ތިބި ކަމަށެވެ.

ދެ ތަރިން ފުރަން ކުޑަހުވަދޫއަށް ދިޔަ ނަމަވެސް އެއްވެސް މީހަކާއި ވަކިން ބައްދަލުކޮށްފައިނުވާ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

ކުޑަ ވަގުތުކޮޅަކަށް އެރަށު މަޑުކުރުމަށްފަހު އެމީހުން ފުރައިގެން ދިޔައީ އެވެ.

އިންޑިޔާގެ މީޑީޔާތަކުން ރިޕޯޓްކުރާ ގޮތުގައި އެދެމަފިރިން ރާއްޖެ އައީ އަބީޝޭކްގެ 47 ވަނަ އުފަންދުވަސް ފާހަގަކުރާށެވެ.

އަދި އެމީހުން މިވަގުތު ތިބީ އިންޑިއާގައި ކަމަށް މީޑީޔާ ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިންވެސް އަބީޝޭކްގެ އާއިލާ ވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ޒިޔާރަތްކޮށްފައެވެ. އެގޮތުން އެދެމީހުންގެ ދަރިފުޅު އަރާދިޔާގެ 10 ވަނަ އުފަންދުވަސް ފާހަގަކޮށްފައިވަނީ ރާއްޖޭގައެވެ.

އައިޝްވަރިޔާ ރާއްޖެ ސިފަ ކޮށްފައިވަނީ "ޕެރެޑައިސް" ގެ ގޮތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިންޑިއާ އަށް އޮތް ލޯބި

    އެހެންވެ މިބުނަނީ އަހަރުމެންނަކަށް ނެތޭ އިންޑިއާ އައުޓް" ގޮވޭކަަށް! ސިޔާސީ މީހުންގެ މަޅީގައި ރައްޔިތުން ނުޖެހޭށޭ! ސިޔާސީ ގޮތުން ކޮންމެ ފިކުރަކަށް ތާޢީދު ކުރިޔަކަސް އަވައްޓެރި ޤައުމުތަކާ ނުފޮށޭށޭ!

    13
    38
    • ޙުގޖ

      އޭ މިހެރަ ބީތާ. އިންޑިއާ މިލިޓަރީ މިތަނުން ބޭރުކުރަން މިއުޅެނީ

      27
      4
      • މުބީނު މާރނީ

        ކުރާނަން!!!

        7
        1
  2. މީ ހަޤީޤަތަކީ

    އިންޑިޔާ އައުޓް އިދިކޮޅުން ގޮވަގޮވާ ތިބެނީއެއްނު ކަލޭމެން ނަމަ ފަހަތުންގޮވަމުން ދުވާނީ

    27
    2
  3. ބޮލި މުލައް

    ކައުންސިލްގެ ގަރާރަކުން 2 މީހުން ހިފެހެއްޓިނަމަ

  4. ޗަންދޫރީޗިކަން ވިތް ގަރުދިޔަބަތް

    އެތާ ގިނައިން ތިބީ އިންޑިޔާ އައުޓްގޮވާ މީހުންތައް.. އިންޑިޔާއަށް އިނގޭ މިހާރުވެސް ޑްރާމާ ކުޅޭ ސްޓާރުންކޮޅެއް މާލެ ފޮނުވާލާފަ ޝޯއެއް ބާއްވާއިރަށް " އިންޑިޔާ އައުޓް" ބެނާތައް މުޒާހަރާގެ ތެރެއިން އުކާލާފަވެސް މީހުންތައް އެމީހުން ބަލަންދާނެކަން..

    7
    9
  5. އޭއީއޯ

    އޭ މިހިރަ މަރަމޯލާ، އިންޑިޔާ މީހުން ބޭރުކުރާ ވާހަކައެއް ނޫންކަން ހުދު ގޮރު މޯދީ އެއްވެސް އިގެޔޭ، ކަލޭމެންކހަލަ ބޮލަ ހައްދިހަ ހާސް ބެރު ފައިބާފަ ތިބޭ ރޮދިންނަކަށް ނުވިސްނޭނެ، މިކިޔަނީ އިންޑިޔާ މިލިޓަރީ އޯކޭނޫންވާ ހަމަ ސަންދޯއްބެ..