ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސިދާތް މަނޯތްރާ އާއި ކިއާރާ އަދްވާނީ ކައިވެނި ކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ ތަރިން ކައިވެނި ކޮށްފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހުގަ އެވެ. ނަމަވެސް ކައިވެނި ކުރިކަން އެ ދެ ތަރިން ހާމަކުތީ އިއްޔެ އެވެ.

ކައިވެނީގެ ބައެއް ފޮޓޯތަކާއިއެކުގައި އިންސްޓަގްރާމްގައި ދެ ތަރިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ މީހުންގެ ޕާމަނަންޓް ބުކިންގ މިހާރު ވެފައިވ ކަމަށެވެ.

ކިޔާރާ އާއި ސިދާތުގެ ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ އިންޑިއާގެ ޖޭސަލްމޭރުގައި ހުންނަ އާސާރީ ހަވޭލީ ނުވަތަ ގަނޑުވަރެއްގައެވެ.

އެ ކައިވެނީގެ ހަފްލާތައް ތިން ދުވަހަށް ވަނީ ދެމިގެން ގޮސްފަ އެވެ. ކޮންމެ ރެޔަކަށް އެތަންތަނަށް ރެއެއްގެ މައްޗަށް 110،500 އިންޑިއަން ރުޕީސްގެ ފީއެއް ދައްކަން ޖެހެއެވެ. އަދި އެ ގަނޑުވަރުގައި އެންމެ މަތީ ފެންވަރުގެ ކޮޓަރިތައް ހުރެއެވެ. އެންމެ އަގުހެޔޮ ކޮޓަރިއަށް ވެސް ރެއަކަށް 20،000 އިންޑިއަން ރުޕީސް ދައްކަން ޖެހޭކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ދެތަރިންގެ ކައިވެނީގެ ހަފްލާގައި ދެއާއިލާގެ މެންބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. ކިއާރާ އާއި ސިދާތު ކައިވެނީގެ ހެދުން ޑިޒައިން ކުރީ މަނީޝް މަލޯތުރާއެވެ.