ބޮލީވިޑްގެ ދެ ތަރިން ކަމަށްވާ ކިއާރާ އަދްވާނީ އާއި ސިތާދް މަނޯތްރާ ކައިވެނިކޮށްފައި ވަނީ ދާދި އިހަކަށް ދުވަހުއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ދެ ތަރިން ކައިވެނި ކޮށްފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހުގަ އެވެ. ދެ ތަރިންގެ ކައިވެންޏަށް ފަހު އާއްމުންނަށް މި ދެތަރިން ފެނިފައި ވަނީ އިއްޔެ ޖައިސެލްމާރް އެއާޕޯޓްއިންނެވެ.

އެކަމަކު އެއާޕޯޓްއިން މި ދެތަރިން ފެނުމާއެކު މަރުހަބާ ކިޔުމުގެ ބަދަލުގައި ވަރަށް ގިނަބަޔަކު ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކަން ފެށިއެވެ. އޭގެ ތެރޭގައި ކިއާރާ ބަނޑުބޮޑުކަމަށް ދެކެވޭ ވާހަކަވެސް ހިމެނެއެވެ.

ކީއްވެތަ ކިއާރާ ބަނޑު ފޮރުވަނީ. އޭނާ ބަނޑުބޮޑީތަ މިހެން ބުނެ އެފަދަ އެތައް ވާހަކައެއް މީސް މީޑިއާއާ އެނޫންވެސް ޕްލެޓްފޯމްތަކުގައި ވާހަކަދެވެމުން ގޮސްފައި ވެއެވެ.

އެކަމަކު މިކަން އަދި ކަށަވަރެއް ނޫނެވެ. މީޑިއާތަކުން ބުނެފައި ވަނީ މިކަން ކަށަވަރު ވާން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އެގޮތުން ދެ މަސް ނޫނީ ތިން މަސް ވަރު ނަގާފާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔާރާ އާއި ސިދާތުގެ ކައިވެނީގެ ހަފްލާ ބާއްވާފައި ވަނީ އިންޑިއާގެ ޖޭސަލްމޭރުގައި ހުންނަ އާސާރީ ހަވޭލީ ނުވަތަ ގަނޑުވަރެއްގައެވެ.

އެ ކައިވެނީގެ ހަފްލާތައް ތިން ދުވަހަށް ވަނީ ދެމިގެން ގޮސްފަ އެވެ. ކޮންމެ ރެޔަކަށް އެތަންތަނަށް ރެއެއްގެ މައްޗަށް 110،500 އިންޑިއަން ރުޕީސްގެ ފީއެއް ދައްކަން ޖެހެއެވެ. އަދި އެ ގަނޑުވަރުގައި އެންމެ މަތީ ފެންވަރުގެ ކޮޓަރިތައް ހުރެއެވެ. އެންމެ އަގުހެޔޮ ކޮޓަރިއަށް ވެސް ރެއަކަށް 20،000 އިންޑިއަން ރުޕީސް ދައްކަން ޖެހޭކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ދެތަރިންގެ ކައިވެނީގެ ހަފްލާގައި ދެއާއިލާގެ މެންބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވާނުވާބެ

    ވަރަށް މުހިއްމު ޚަބަރެއްމީ

    5
    1
  2. Anonymous

    ތިީ މަތިމައްޗަށް ހަރާންދަރިން ވިހާ ކާފިރުންނޭ. ތި ކާފިރުން އުޅޭ ގޮތަށް މުސްލިމުން އުޅޭކަށް ނުވާނެޔޭ.

    18
    1