އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިޔާ އަލީ ޒައިދު "ކައިވެނި" މަދަހަ އަލްބަމް ނެރެފި އެވެ.

ރޭ މެންހަޓަން ބިޒްނަޒްސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އަލްބަމް ނެރެދެއްވީ އިސްލާމިކް މިނިސްޓަރު އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ އެވެ.

އެ ރަސްމިއްޔާތުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ބައެއް ދީނީ އިލްމުވެރިންނާއި އެ އަލްބަމަށް މަދަހަ ކިޔައިދިން ފަންނާނުން ވަނީ ބައިވެރިވެފަ އެވެ.

އެ އަލްބަމްގައި ޖުމްލަ 16 މަދަހަ ހިމެނެ އެވެ. އެ ހުރިހާ މަދަހަތަކެއް ޔޫޓިއުބުން އަޑުއެހެން ހުންނާނެ އެވެ.

މުޅިން އަމިއްލަ ރާގުގެ މަދަހަތައް ހިމެނޭ އެ އަލްބަމުން ރާއްޖޭގެ އެކިއެކި ފަންނާނުންގެ އަޑު އިވިގެން ދާނެ ކަމަށެވެ އެ އަލްބަމްގެ ކަވާގައި އެއަށް މަދަހަ ކިޔާފައިވާ ފަންނާނުން ފެންނަން ހުންނާނެ އެވެ.

ޒައިދު މީގެ ކުރިން ވިދާޅުވި ގޮތުގައި ކައިވެނި ހަފުލާތަކަށް ހާއްސަ މަދަހަ އަލްބަމެއް ނެރުމަކީ އަބަދު ވެސް ހުވަފެނެކެވެ. މިއީ ފުރަތަމަ ފަހަރަކަށް ރާއްޖޭގައި ކައިވެނި ހަފްލާތަކަށް ހާއްސަކޮށްގެން ނެރިފައިވާ މަދަހަ އަލްބަމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބާބޫ

    ގުޑް ވޯކް. ކީޕް އިޓް އަޕް

    5
    11
  2. Anonymous

    ޖާހިލުން ކުރާ ކަންތަެް

    8
    3
  3. ޙަަަހަ

    މިމީހުންނަށް ވީމަ މިއުޒިކުވެސް ހަލާލު ،

    14
    2
  4. އުގުރި

    ފިތުނަ ފަސާދަ އުފައްދާ ބައެއްގެ އަޑު އަހާކައް މަ ބޭނުމެއްނޫން..

    15
    1
  5. ހުސޭނުބޭ

    މަދަހައިގެ ކަވަރުގައި ފަތްބޯ މީހުންނާއި ބޯދިގު މީހުން ހާދަ ގިނައޭ. ވީމާ މީނަ ވަރަށް އެކަން ހިންގާލާފި.

    6
    2
  6. ޢަލީ

    ބޭރު ފުށުން ފެންނަ ކަންތައްތައް ބަލާގެން ދުނިޔޭގައެއް ނޫޅެވޭނެ. އިސްލާމް ދީނުގައި ހަރާމް ކުރައް ވާފައި ވާ ކަމެއް ނޫނޭ ބޯދިގު ކުރުމަކީ. މާތް ﷲ އަޅަމެންނަށް ހެޔޮ ވިސްނުން ދެއްވާށި އާމީން🤲🤲

    2
    1
  7. Anonymous

    މިއުޒިކާ މަދަހަ އެއީ މުޅީން ދެމާނައެއްގެ ދޭތި. އެއްޗަކާ ނުވަތަ މީހަކާއި ބެހޭގޮތުން ވާހަކަދެއްކުމުގެ ކުރިއަށް އެ އެއްޗެއްގެ ނުވަތަ އެމީހެއްގެ ޙަޤީޤަތް ދަންނަންޖެހޭނެ. އަނެއްކާ މީހެއްގެ ނުބައި ވާހަކަ އޭނާ ނެތް ޙާޟިރެއްގައި ދެއްކުމަކީ ނެތިމޮށުން. ތިމާ ފާފަވެރިވާނެ.
    ފަހެ މަދަޙައަކީ އެއްޗެއްގެ ތާރީފުގައި ހަދާފައި ހުންނަ ޅެން. އޭގައި ހަރާމް ލިރިކްސްތަކެއް މިއުޒިކެއް ނުހުންނާނެ. އޭގެން ލިބޭނީ ޢިބުރަތާއި ރަނގަޅު ދަރުސްތައް.އެއީ ދީނީގޮތުން ހުއްދަ ކަމެއް.
    ދެން ކުރީގެ އުންމަތްތަކުގައި ރަސޫލުބޭކަލުންނަށް ފަހު ތެދުމަގު ދެއްކެވުމަށް ﷲ ތަޢާލާ ބިމުގައި ލައްވާ ބަޔަކީ ނަބިއްޔުން. މި އުންމަތުގައި ދީނީ ޢިލްމުވެރިން. މި އުންމަތުގައި ރަސޫލު ބޭކަލުންގެ ވާރިޘުންނަކީ ދީނީ ޢިލްމުވެރިން. އެހެންވީމާ ދީނީ ޢިލްމުވެރިންނަށް ބަދުބަސް ރައްދުކޮށް އަގުވައްޓާލުމެކޭ އިސްރާއިލީ ކެބިނެޓު މެންބަރެކޭ ވަކި ތަފާތެއް ނެތް. އެކަން ކުރާނީ މުޝްރިކުން. މުސްލިމުންގެ ނަމުގައި ތިބެ އެކަން ކުރާނީ ޖާހިލުންނާއި ދީނެއް މިއްލަތެއް ޢިލްމެއް ނޭނގޭ ޖާހިލުން.
    ޝައިޚް ޒައިދަކީ ދީނީގޮތުން އިތުބާރު ހިފޭ ޢިލްމީ ބޭކަލެއް..އެބޭފުޅާ ފަސާދަ ފަތުރަން އުޅޭނަމަ އޭގެ ހެކި ފަސާދަ ފަތުރަން ދެއްކި ވާހަކައެއް ޢިލްމީ ދަލީލުތަކާއެކު ސާބިތުކޮށް ނުދެވެންޏާ ހަނުހުންނަންވީ. ނޫނީ ތިމާއަށް އިތުބާރުހިފޭ ޢިލްމުވެރިއެއްގެ ބަހުގައި ހިފަންވީ.

    4
    1
  8. އިޔާޒް

    އަންހިނުންނާއި ފިރިހިނުން އެއްކޮށް މަދަޙަ ކިއުން ރަގަޅެއްނޫން..

    1
    1
  9. މަރީ

    ސީދާ ރޮމެންޓިކް މިއުޒިކް އަލްބަމެއް.. މިމީހުންކުރީމާ އޯކޭ.. ނަޝީދު ނެރުން އެއްޗެއްނަމަ ނިދިނާންނާނެ މިމީހުންނެއް...

    3
    1