އެމޭޒަން ޖަންގައްޔަށް ގެއްލުނު ބޮލިވާއަށް ނިސްބަތްވާ މީހަކު އެތަނުގައި ދިރިހުންނަން ކައިފައި ވަނީ ފަނިފަކްސާ އާއި ސޫފި ކަމަށް ބުނެފިއެވެ. އޭނާ ބުނާގޮތުގައި، އެތަނުގައި މަސް ދުވަސް އޭނާ ހޭދަ ކުރަން ޖެހުނެވެ.

އޭނާ ވަނީ އޭނާ ބޭނުން ކުރަމުންދިޔަ ބޫޓު ބޭނުންކޮށްގެން ފެންވެސް ނަގާ، އަދި ދިރިހުރުމަށްޓަކައި އަމިއްލަ ކުޑަކަމުދާ ތަކެތިވެސް ބޭނުން ކޮށްފައެވެ.

މިކަން ކަށަވަރުވެއްޖެ ނަމަ، އެމެޒޯން ޖަންގަލީގައި މިހާތަނަށް މިހާ ގިނަ ދުވަސްވީ އެކަކަށް ޖޯނަޓަން އަކޯސްޓާ، 30، އަށް ވެދާނެ އެވެ.

"ދިރިހުރުމުގެ ޓެކްނިކްތަކާ ބެހޭ ގޮތުން އެނގުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު. ފަނިފަކްސާ ކެއުމާއި، ކުޑަކަމުދާ ތަކެތި ބުއިމާއި، ސޫފާސޫފިވެސް ކާން ޖެހުނު. ޖަނަވާރުންގެ ހަމަލާވެސް އަމާޒުވި"، ޔުނިޓެލް ޓީވީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވެއެވެ.

އަކޯސްޓާ ގެއްލުނު ކަމަށް އާއިލާއިން ރިޕޯޓްކުރީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. އެމެޒޯން ޖަންގައްޔަށް ހަތަރު ރަހުމަތްތެރިންނާއެކު ޝިކާރަކުރުމުގެ ދަތުރެއްގައި އުޅުނު ނަމަވެސް ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އޭނާ ވަނީ އެ މީހުންނާ ވަކިވެފައެވެ.

އޭގެ މަސް ދުވަހަށް ވީ ދުވަހު އޭނާ ފެނިފައި ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ މީހުންނެވެ.

އޭނާ ބުނެފައިވާގޮތުގައި، އޭނާ ވާނުވާ ނޭނގިގެން އުޅުނު ދުވަސްވަރު ވާރޭވެސް ވެހުނުއިރު، އޭނާގެ ބޫޓު ބޭނުން ކޮށްގެން ފެން ނަގާ ފެން ބޮއި އޭނާ ހެދިއެވެ.

އަދި މާބޮޑަށް ފެންބޮވައިގަނެއްޖެ ނަމަ، އަމިއްލަ ކުޑަކަމުދާތަކެތިވެސް ބޭނުން ކުރި ކަމަށް ބުންޏެވެ.

އަދި ވާރޭ ނުވެހިއްޖެ ނަމަ، ސަލާމަތް ނުވާނެ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.