ފައިތިލަ ފަޅައިގެން ދިޔުމަކީ އެތަކެއް ބަޔަކަށް ކުރިމަތިވާ މައްސަލައެކެވެ. ފައިތިލަގެ ދަށްފުށް ފަޅައިގެންދާ އެންމެ ބޮޑު ސަބަބަކީ ފައިތިލައިގައި ހިމެނޭ ހަމަކީ އޭގެޒާތުގައި ތެޔޮކަން ހިފަހައްޓާދޭނެ ނިޒާމެއް އެކުލެވިގެންނުވާ ހަމުގެ ބަޔަކަށްވުމުން ހަންގަނޑު ހިކޭގޮތް މެދުވެރިވާތީއެވެ. އަދި ހަމައެހެންމެ ހިނގާބިނގާވެ އުޅޭއިރު ފައިތިލައަށް ކުރާ ޕްރެޝަރު ބޮޑުވުމުން ފައިތިލައިގައި ހިމެނޭ ހަންގަނޑަށް ލިބޭ ގެއްލުންވެސް އިތުރުވުމަށްވެސް މަގުފަހިވެއެވެ.

ފައިތިލަފަޅައިގެން ދިޔުމަށް ފަރުވާ ކުރުމަކީ ގޭގައި އޮވެގެން ، ފަސޭހައިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެންވެސް ކުރެވިދާނެ ކަމެކެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

ފައިތިލަ ދޮވުން

ފައިތިލަ ދޮވުމަކީވެސް ފައިތިލަ ފަޅައިގެން ދިޔުމުން ދުރުކޮށްދޭ ކަމެކެވެ. އެގޮތުން ފައިތިލަ ދޮވުމުގައި ހާއްސަ އިސްކަމެއްދޭންޖެހޭ ބައެއް ކަންކަން އެބަހުށްޓެވެ. އަދި ތާފެނާ ފެނާއި ލޮނާއި ބޭކިންގް ސޮޑާ އެއްކޮށްގެން ފައި ދޮވުމަކީ މުހިންމު ކަމެކެވެ. އެހެނީ އެކަމުގެ ސަބަބުން ފައިތިލައިގައި ހުންނަ ޖަރާސީމު އަވަހަށް ނަށްތާލާ ހަންގަނޑު އޮމާންކޮށްދޭތީއެވެ. އަދި މިފަދައިން ދުވާލަކު ދެ އިތު ފައިތިލަ ދޮންނަން ވާނެއެވެ.

ފައިތިލައިގައި ތެޔޮ އުނގުޅުން

ބައެއް ކަހަލަގެ ތެލަކީ އެކަމުގެ ސަބަބުން ހަންގަނޑަށް ފައިދާކުރަނިވި ތެލެވެ. އެގޮތުން ޒައިތޫނި ތެލަކީ ފާހަގަކޮށްލެވޭ ތެލެކެވެ. ފައިފަޅައިގެންދާނަމަ ޒައިތޫނި ތެލާއި ހަކުރު އެއްކުރުމަށް ފަހު ފަޅައިގެންދާ ތާނގައި ހޭކުމުން ވަރަށް އަވަހަށް ފަސޭހަވެގެންދާނެއެވެ. އަދި ހަންގަނޑު ތުނިވެ ފަޅައިގެން ދިޔުމުން ދުރުވާނެއެވެ.

ފިނިފެންމާ ބޭނުންކޮށްގެން ފަރުވާ ކުރުން

ފައިފަޅައިގެންދާނަމަ ފިނިފެންމާ ބޭނުންކޮށްގެންވެސް ފަރުވާ ކުރެވިދާނެއެވެ. އެގޮތުން ތާފެނާފެނަށް ފިނިފެންމާ ފިޔަ އެޅުމަށް ފަހު ފަޅައިގެން ގޮސްފައިވާ ހިސާބުގައި ފޯވެފައިވާ ފިނިފެންމާ ފިޔަ އުނގުޅުމުން ވަރަށް ފަސޭހައިން ފައިތިލަ ފަޅައިގެން ދިޔުމާއި ދިރުވެއެވެ. މިފަދައިން ކަންތަށް ކުރުން އެންމެ ރަނގަޅީ ނިދަން އޮށޯތުމުގެ ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަސޭހަ

    ތިކަމުގެ އުދަގޫބޮޑުވެ ތިކަމަށް ފަރުވާއެއްގެ އިންތިޒާރުގައިހުންނަތާ ކިތަންމެދުވަހެއް
    ނަމަވެސް ވަގުތުނޫހުގެ އެހީއާއެކު ކަމުގެފަރުވާ އެގުމުން ވަރަށް އުފާކުރަން ވަރަށް
    ގިނަކަންކަމުން ވަރަށްމުހިއްމު މައުލޫމާތުލިބޭތީ ވަގުތުނަމުގައިވާނޫހަކީ ހަމައެކަނި
    ނޫހެއްކަމުގައި ނުދެކެން ތިއީ އިންސާނީޚިދުމަތްކުރައްވާ ޖަމްޢިއްޔާއެއްކަމުގައި ދެކެނީ
    ޝުކުރިއްޔާ ﷲގެ ވާގިފުޅަޢެކު ތިގޮތުގައި ދެމިތިއްބަވާ ﷲ ވަގުތުނޫހުގެ މެމްބަރުން
    ނަށް ހެޔޮރަހުމަތްލައްވާށި އާމިން

    • މީ

      އާމީން

    • ރީ

      އާމީން