ބޮލީވުޑްގެ މަޝްހޫރުކަން ހޯދާފައިވާ މާދުރީޑިކްސިޓްގެ މަންމަ ސްނެހްލާތާ ޑިކްސިޓް މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އުމުރުން 90 އަހަރުގެ ސްނެހްލާތާގެ ޖަނާޒާ އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.

މަންމަ މަރުވުމާއި ގުޅިގެން މާދުރީ އާއި ފިރިމީހާ ޑރ. ސްރިރަމްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަންމަ މަރުވީ އޭނާގެ ލޯބިވާ މީހުން ތިއްބާ ކަމަށެވެ.

އޭނާ މަރުވި ސަބަބާ ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ.

ސްނެހަލަތާ ޑިކްސިޓްގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ފަހު 3:00 ހާއިރު ވަރުލީ ކްރިމިޓޯރިއަމްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްނެހެލާތާ ވަނީ މާދުރީއާ އެކު 2013 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ގުލާބް ގޭންގް" ގައި ވެސް މަސައްކަތް ކޮށްފައެވެ.

އައިއޭއެންއެސް އަށް ދިން އިންޓަވިއުއެއްގައި ޑައިރެކްޓަރު އަނޫބަވް ސިންހާ ބުނެފައި ވަނީ ފިލްމުގެ ލަވައެއް ކިޔަން މަދޫރީއަށް ހުށަހެޅުމުން އޭނާ ވަރަށް އުފަލުން އެކަމަށް އެއްބަސްވި ކަމަށެވެ.

"ރެކޯޑިންއަށް އައިއިރު މަންމައާއެކު އައިއިރު އަހަންނަށް އެނގުނީ މަންމައަކީ ވަރަށް މޮޅަށް ލަވަ ކިޔާ މީހެއްކަން. އެހެންވެ މަންމައާ ސުވާލުކުރީ ލަވައެއް ކިޔާލެވޭތޯ. އެންމެ ފަހުން މަދޫރީ އާއި އޭނާގެ މަންމަ އަށް ވެސް ފިލްމުގެ ލަވައެއް ކިޔަން ލިބުނީ."