ދޭވްދާސް އަކީ ސަންޖޭ ލީލާ ބަންސާލީގެ އެންމެ ހިޓް ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. އެ ފިލްމުގައި އޭރުގެ އެންމެ މަޝްހޫރު އެކްޓަރު ބައިވެރިވެފައި ވެއެވެ.

އޭގެ ތެރޭގައި އައިޝްވާރިޔާ ރާއީ އާއި ޝާހްރުކް ޚާން އަދި މަދޫރީ ފަދަ އެކްޓަރުން ހިމެނެއެވެ.

އެ ފިލްމުގެ ޝޫޓިންތައް ކުރިއަށްދިޔައިރު ސަންޖޭ މާލީ ގިނަ ދަތިތަކަކާއި ދިމާވި އެވެ. އެކަމުގެ ސަބަބުން އެއް ދުވަހުގެ ޝޫޓިންނަށް ފައިސާ ނުދެއްކުނެވެ.

ޝާހް އަދި އައިޝްވާރިޔާ މުސާރަ ނުދިނަސް ފިލްމު ކުޅެން އެއްބަސްވިއެވެ. ނަމަވެސް މަދޫރީ ހިތްހަމަ ނުޖެހުނެވެ.

މުސާރަ ނުދިނުމުން މަދޫރީ އޭނާއަށް ހާއްސަކޮށްފައިވާ ވޭނަށް ގޮސް އަމިއްލައަށް ބަންދުވިއެވެ. އެ ދުވަހުގެ މުސާރަ ދެން ދެން ޝޫޓިން ކުރިއަށްގެންދަން އޭނާ ދެކޮޅު ހެދިއެވެ.

އެ ހާދިސާއަށް ފަހު ސަންޖޭގެ އެއްވެސް ފިލްމަކަށް މަދޫރީ ނުނަގައެވެ.