ކޮރިއޮޓިކްސް ގައި ނަށަން އުޅުމަށްފަހު ހައްވާ ޒަހީރާ (ޒަހީ) 24، ޖިމެއްގެ ޓްރެއިނާ އަކަށް ބަދަލުވީ ކުޑައިރުއްސުރެ ފިޓްނެސްގެ ދާއިރާ އަށް އޮންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. އެއީ މީގެ 3 އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ އިވޯވްގައި މަސައްކަތް ކުރުމަށްފަހު މިހާރު ޒަހީ އުޅެނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޖިމެއް ކަމަށް ވާ "ބްލޭޒް ފިޓްނަސް" ގައެވެ.

އެންމެ ފުރަތަމަ ޒަހީ ވިސްނީ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް ފިޓްނެސް ކިޔެވުމަށެވެ. އޭރު މާލޭ ފިޓްނަސް އިން ކިޔަވަމުން ދަނިކޮށް މުޅި ދުނިޔެ އަށް ކުރިމަތިވި ކޮވިޑް-19 ގައި އެންމެން ގޭ ބަންދުވިއެވެ. ލޮކްޑައުން ވި ނަމަވެސް ޒަހީ ގެ އުންމީދަށް ބަދަލެއް ނުގެނެސް ޒަހީ ދިޔައީ ގޭގައި ކަސްރަތު ކުރަމުންނެވެ.


ޖިމް އިންސްޓްރަކްޓާ ޒަހީ ކަސްތަރު ކުރުމަށް ތައްޔާރުވަނީ:

ޒަހީ، ސްކޫލް ދައުރުގައި މާ ބޮޑަށް ކުޅިވަރުތަކުގައި ބައިވެރިނުވި ނަމަވެސް ވޮލީ ބޯޅަ ކުޅުނެވެ.

އެންމެ ފުރަތަމަ ޖިމް ފެށިގޮތް؟

"އަބަދުވެސް ވަރަށް އެކްޓިވްވާނެ، ދެން އަސްލު ލޮކްޑައުންގައި ބޭނުންވި ކޮންމެވެސް ކަމެއް ކުރަން، އޭރު ވޯކްއައުޓް ކުރަންފެށި ގޮތަށް ދެން ކިޔަވައިގެން، ނިމުނު ގޮތަށް ދެން ހަމަ ސީދާ ޖިމް އަށް" ޒަހީ ބުންޏެވެ.

ޒަހީ ވަނީ މިދާއިރާ އިން ނެޝަނަލް ސެޓްފިކެޓް ލެވެލް 3 އަދި އިންޓަނޭޝަނަލް ސެޓްފިކެޓް ފުރިހަމަ ކޮށްފައެވެ.


ޖިމް އިންސްޓްރަކްޓާ ޒަހީ "ވަގުތު" އާއި ވާހަކަ ދައްކަނީ/ ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

އެންމެ ފުރަތަމަ ދިޔަ ޖިމް؟

"އެންމެ ފުރަތަމަ ކިޔެވީ މާލެ ފިޓްނެސް އިން، ކިޔަވާފައި ދެން މާލެ ފިޓްނެސް އިން ސެޓިފައިޑް ވެފައި ދެން މަސައްކަތް ކުރީ އިވޯވްގަ" ޒަހީ ބުންޏެވެ.

ޕާސަނަލް އެސިސްޓް އަކަށް އެންމެ ފުރަތަމަ ވެ ކްލައިންޓްސް ހޯދީ ކިހިނެތް؟

ޒަހީ ބުނީ، އެންމެ ފުރަތަމަ އޭނާ މީހުންނަށް އިނގެން ފެށީ އެލެވޭޓް އިވޯވް އިން ކަމަށެވެ. އިވޯވް އަކީ ވަރަށް ބައިވަރު ކްލައިންޓްސް ދާތަނެއް ކަމަށާއި، އެތަނުން ވަރަށް ބައިވަރު މީހުންނަށް ޒަހީ އިނގެން ފެށިކަމަށެވެ.

"ފިޓްންސް ޕޭޖް އިންނާނެ، އޭގެން ވެސް ވަރަށް ބައިވަރު ކްލައިންޓްސް ލިބުން އަސްލު" ޒަހީ ބުންޏެވެ.

ކުރިން އުޅުނު ޖިމް ދޫކޮށް ބްލޭޒް އަށް ބަދަލުވިއިރު ވެސް ހަމަ އެކްލައިންޓުން ޒަހީ ގެ އެބަތިއްބެވެ. އޭގެން ވެސް އިނގެނީ ޒަހީ އަކީ ކްލައިންޓުންނަށް ރަނގަޅު، މަގުބޫލު ޓްރެއިނާ އެއް ކަމެވެ.

ކްލައިންޓްސް އާއި ޑީލް ކުރަނީ ކިހިނެތް؟

" އަސްލު ވަރަށް ތަފާތު މީހުންނާއި ދިމާވޭ، ޖިމަށް އަންނަ ގިނަ މީހުންނަކީ ހަމައެކަނި ކަސްރަތު ކުރަން އަންނަ ބައެއް ނޫން، ގިނަ މީހުންނަކީ ނަފްސާނީ، އެންޒައިޓީ، ސްޓްރެސް، ހުރިހާ އެއްޗެއް ހުންނަ މީހުން، އަސްލު ޒަހީ މެން ވަނީ އެމީހުންގެ ތެރެޕިސްޓާއި އެއްކޮށް، އެމީހުން ގެ ހުރިހާ ވާހަކަ އެއް އަޑު އަހަމުން އެމީހުންނާ ވާހަކަ ދައްކަމުން ކުރިއަށް ގެންދަނީ" ޒަހީ ބުންޏެވެ.

އެހެން ޖިމް ޓްރެއިނަރުންނާއި، އަޅާބަލާއިރު ޒަހީ ތަފާތު ވެގެން ދަނީ، ޒަހީ އަކީ ވަރަށް ސަކަ މިޖާޒުގެ އެންމެނާއި ވެސް ގުޅޭ އެކުވެރި މީހެކެވެ. އެންމެ ފުރަތަމަ ކްލައިންޓް އެއް އަލަށް ފަށާއިރު، އެ ހަފްތާ ކުރާނެ ކަސްރަތުތައް ކުރީބައިގައި ރާވާފައި ހުންނަ ކަމަށާއި، އެ ކަސްރަތުތައް ހަވާލު ކުރުމަށްފަހު ގާތުގައި ބަލަން ހުރެއެވެ.

ކްލައިންޓްސް ގެ އެންމެ ބޮޑަށް ފޯކަސް ކުރަނީ ކޮން ކަންތައްތަކަށް؟

" އެކި ކުލައިންޓްސް އަންނާނީ އެކި ލަނޑުދަނޑި ހާސިލްކުރަން، އެ ކްލައިންޓެއް ބޭނުންވާ ގޯލްއާ ހަމައަށް ގެންގޮސް ދިނުމަށް މަސައްކަތް ކުރަނީ" ޒަހީ ބުންޏެވެ.

އެކި މީހުންނަކީ އެއް މަހުން ނަތީޖާ ހޯދަން އަންނަ މީހުންކަމާއި، ނަމަވެސް އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެއީ އެންމެންނަށް ވާ ކަމެއް ނޫން ކަމަށް ޒަހީ ބުނެއެވެ. އެކަމަކުވެސް ޒަހީ މަސައްކަތް ކުރަނީ އެއް މަހުން ވިއަސް ކުޑަ ތަންކޮޅެއް ވިއަސް ދެއްކުމަށެވެ.

"އަސްލު ކަސްރަތު ބައިންދާފަ، ކެއުމަށް ނުބަލަންޏަކާއި، އެއްވެސް ކަމެއް ނުކުރެވޭނެ ، އެކަމަކުވެސް މަސައްކަތް ކުރަން ހަމަ" ޒަހީ ބުންޏެވެ.

ކުރިން އުޅުން ޖިމް ދޫކޮށް ބްލޭޒްއަށް އައީ ކީއްވެ؟

"އިވޯވް ގައި އުޅުމުން ބްލޭޒް އިން އޮފާއެއް ލިބުނީ އެހެންވެ ބްލޭޒް އަށް ބަދަލުވީ ، އަސްލު މިތާ އުޅޭ އެންމެން ވެސް ވަރަށް ނައިސް، މަޖާ ތަފާތު ޓީމް އެއް އަސްލު މީ، ވަރަށް އުފާވޭ މިތާ އެންމެން ވެސް ސަޕޯޓިވް ވީމަ" ޒަހީ ބުންޏެވެ.

މިދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަސް؟

"އަމިއްލަ ޖިމް އެއް ހުޅުވޭ ދުވަސް، އެއީ އެންމެ ބޮޑު ހުވަފެން " ޒަހީ ބުންޏެވެ.

މިހާ ހިސާބަށް އާދެވުނީ، އާއިލާ އާއި ރަށްޓެހިންނާއި، ހާއްސަކޮށް ބެސްޓްފްރެންޑް ގެ އެހީތެރިކަމާއި އެކީ ކަމަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ބެސްޓްފްރެންޑް ހުރި ކަމަށާއި، އެއީ ޒަހީ ގެ އެންމެ ބޮޑު ސަޕޯޓާ ކަމަށް ޒަހީ ބުނެއެވެ. އަދި މިހާރު ޒަހީ މަސައްކަތް ކުރާ ޖިމް ބްލޭޒް ގެ ޓީމް ގެ ސަޕޯޓް ލިބޭ ކަމަށާއި ޓީމް ގެ އެހީތެރިކަމާއި އެކީ ކަމަށް ވެސް ޒަހީ ބުނެއެވެ.

ނިންމާލަމުން ދޭން ބޭނުން ވާ މެސެޖަކީ ކޮބައިތޯ އެހުމުން ޒަހީ ބުނީ،

"އަސްލު ގިނަ މީހުން ޖިމަށް އަންނަށް ބޭނުންވޭ، އެ ވަގުތު ކޮޅު އައިސް ފޯމް ފިލް ކޮށްލާފަ މީހުން ދާނެ، އެކަމަކު ދެން ފަހުން މެންޓަލީ މީހާ ތައްޔާރު ނޫނިއްޔަކާއި ކިތަންމެ ބޭނުން ވިއަސް އަސްލު ކަސްރަތެއް ނުކުރެވޭނެ، މީހާ ގެ މެންޓަލިޓީ އޭތި ޖެހޭނީ މިއަށް ސެޓް ކުރަން، ތިމަންނަ ކަސްރަތު ކުރާނަމޭ، 0 މޯޓިވޭޝަންގެ ވިއަސް އަންނަން ޖެހޭނީ، އައިއްސަ މިތާ ހިނގާލާފަ ދިޔަސް އެ ނިމުނީމަ އަންނަ ހިތްހަމަޖެހުން އެންމެ ފަހަރަކު އެކްސްޕީރިއްންސް ކޮށްލިއަސް ދެން އަންނާނެ،" ޒަހީ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލީ

    ހިތްހެޔޮ ޒަހީ ހަމަ އެއްވަނަ

    5
    4
  2. މާރިޔޯ

    ކުރެންދޫ އަށް ނިސްބަތްވާ ކަނބަލެއް.އޯލް ދަ ބެސްޓް.

    4
    2
  3. ކައި

    ކައި އަށްވުރެ ސަޅި.

    3
    3
  4. Anonymous

    ރަނގަޅު. ބޮޑަށް އޮރިޔާންވި ވަރަކަށް ގިނަ މީހުން ދާނެ

    13
    3