މަންމަ ކޮނޑު މައްޗަށް އަރުވައިގެން މީހަކު އުމްރާގެ އަޅުކަން އަދާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.

ޓުވިޓާގައި ވީޑިއޯ އާންމުވުމާއި އެކީ އެތައް ހާސް ބައެއްގެ ސަމާލުކަން މި ވީޑިއޯއަށް ވަނީ ލިބިފައެވެ. އެވީޑިއޯއިން ފެނިގެން ދަނީ ޒުވާން އުމުރުގެ ފިރިހެނަކު އޭނާގެ އުމުރުން ދުވަސްވެފައިވާ މަންމަ ކޮނޑުމައްޗަށް އަރުގައިގެން ގެފުޅު ވަށައިގެން ތަވާފު ކުރާ މަންޒަރެވެ.

މިދިޔަ ހުކުރު ދުވަހު ނަގާފައިވާ މިވީޑިއޯގެ ވަކި ހިސާބަކުން އޭނާގެ މަންމަ އޭނާގެ ބޮލުގައި އަތް ޖައްސުމަށްފަހު، ބޮލަށް ބޮސްދޭ މަންޒަރު ވެސް ފެނިގެން ދެއެވެ.

ވީޑިއޯއަށް ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ މާތްﷲ އަށް ކިޔަމަންތެރިވެ، އަމިއްލަ އެދުން ނެތި، އޭނާ ވިހެއި މަންމައަށްޓަކައި އެފަދަ ގުރުބާނީއެއް ވުމުން އެމީހާގެ އަމިއްލަ ނަފްސަށް ވެސް އުފާވެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އޭނާގެ އެ އަމަލުން ފެނިގެން ދަނީ އޭނާގެ މަންމަ އޭނާ ބަލައި ބޮޑު ކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާމުނަގަރް

    މައިން ބަފައިން ދަރިން ކޮންމެ ގޮތަކަށް ގެންގުޅެ ބޮޑުކުރިޔަސް ރަނގަޅު ހެޔޮވިސްނޭ ދަރީން އެމައިން ބަފައިންނަށް ހެޔޮކޮށް ކަންތަށްތަށް ކޮށްދީ ލޯބިންބަލާ އެޒިންމާ އަދާކޮށްދޭންވެސް ވާނެ ،،،،،

    18