އުމްރާއަށް ގޮސް އުޅުނު ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އުމުރުން 43 އަހަރުގެ ދިވެހި އަންހެނެކެވެ.

އަސްކޮއި ޓްރެވެލް ސާވިސް އިން ބުނީ، އެ ކުންފުނީގެ ފަރާތުން ޖުލައި މަހު އުމްރާގެ އަޅުކަން އަދާ ކުރަން ގޮސްފައިވާ ހއ. ދިއްދޫ ފާތިމަތު ސޮބިއްޔާ މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.

އަދި އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާ ނަމާދަށް ފަހު މައްކާގެ މަސްޖިދުލް ހަރަމްގައި ކުރެވިގެން ދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އުމްރާގެ އަޅުކަމަށް ގޮސް ހުއްޓާ ނިޔާވި އަންހެން މީހާ

އެ މީހާ ނިޔާވީ ސިއްހީ މައްސަލައެއް ދިމާވެގެން ކަން ނުވަތަ ނޫން ކަން ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    އުފާވެރި ކަމުގެ ކޮޅެއް ނެތް.... ހުދު އަޅުގަނޑުވެސް ދުޢާ ކުރިން އެބިމުގައި މަރުގެންނެވުމަށް ނަމަވެސް އަޅުގަނޑުގެ ވަގުތު އަދި ނުޖެހޭތީ މިހުރީ. މާތް ﷲ މި ފުރާނައަށް ޖަންނަތުގެ މަތިވެރި މަޤާމު ދެއްވާށި... آمين

    17
  2. ކޮތަރު

    އާމީން