އިންޑިއާގެ ޗެންނާއީގެ މަގެއްގެ ކާނުގަނޑު ތެރެއަށް ފޫޅު ނުކަނޑާ އެއްލާލާފައި އޮތް ކުއްޖަކު ފެނިއްޖެއެވެ.
ޗެންނާއީގެ މަގެއްގެ ކާނުގަނޑު ތެރެއަށް އެއްލާލާފައި އޮތް ކުއްޖާ ފެނުނީ އެ މަގުން ހިނގާފައި ދިޔަ މީހަކަށެވެ. އޭނާ ހީކުރީ އެއީ މީދަލެއް ރޯއަޑު ކަމަށެވެ. އެހެން ނަމަވެސް ފަހުން އެއީ އިންސާނެއް ރޯއަޑުކަން އެނގިގެން އޭނާ ވަނީ އަވައްޓެރިއަކަށް އެކަން އަންގާފައެވެ.
އެ ތުއްތު ކުއްޖާ ކާނުގަނޑު ތެރެއިން ނެގީ ގީތާ ނަމަަކަށް ކިޔާ އަންހެނެކެވެ. އިންޑިއާއަށް މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި އޮގަސްޓް 15 ވަނަ ދުވަސް ފާހަގަކުރާއިރު، އެ ކުއްޖާއަށް ދީފައި ވަނީވެސް ދުވަހާއި ގުޅޭ ނަމަކެވެ. ސުތަންތިރަމްގެ ނަމުން އެ ފިިރިހެން ކުއްޖާއަށް ނަން ދީފައި ވަނީ ގީތާއެވެ.
އެ ކުއްޖާ ކާނުގަނޑުން ނަގާ މަންޒަރު މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ކުއްޖާ އެޑޮޕްޓް ކުރަން ބޭނުންވާކަމަށް ބުނެ އެކި ހުށަހެޅުންތައް ދަނީ ލިބެމުންނެވެ.
އެގްމޯރް ހޮސްޕިޓަލްގައި މިހާރު އެ ކުއްޖާއަށް ދަނީ ފަރުވާ ކުރަމުންނެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެނައިއިރު، ނޭވާލުމުގައި މައްސަލަތަކެއް ހުރިކަމަށްވެެއެވެ. ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ޑޮކްޓަރުން ބުނެއެވެ.
ގީތާ ބުނިގޮތުގައި، އެ ކުއްޖާ ވިހާފައި ވަނީ ދަރިފުޅު އެއްވެސް ވަރަކަށް ބޭނުންވާތީ އުޅޭ މީހެއްހެން ހީނުވާ ކަމަށެވެ. އެއީ އެ ކުއްޖާ ފޫޅުވެސް ކަނޑާނުލާ ކާނުގަނޑު ތެރެއަށް އެއްވެސް ރަހުމަތްނެތި އެއްލާލުމުންކަމަށް ވެސް ގީތާ ބުންޏެވެ.
އެ ކުއްޖާއަށް ފަރުވާ ދިނުމަށްފަހު ގެންދާނީ ކުދިން ބަލަހައްޓާ ތަނަކަށެވެ.
ތިކުޑަ ކުއްޖާ އަށް ރަހުމް ލައްވާންދޭވެ. ޢާމީން