ބޭނުންވާ ތަކެތި:

ޗިކެން ބްރެސްޓް (ކިއުބްކޮށް ކޮށާފައި)

½ ޖޯޑު ކޯން ފްލޯ،

1 ބިސް،

¼ ސަމްސާ ޕެޕާ ޕައުޑަރ،

¼ ސަމްސާ ލޮނު،

¼ ސަމްސާ ގާރލިކް ޕައުޑަރ،

1 ސަމްސާ އަންސޯލްޓެޑް ބަޓަރ

3 ސަމްސާ ތެޔޮ،

1 ސަމްސާ ލޮނުމެދު ޕޭސްޓް

1 ސަމްސާ ބްރައުން ޝުގަރ،

2 ސަމްސާ މާމުއި،

7 ސަމްސާ ޖީލީ ހޮޓް ސޯސް

1 ސަމްސާ ސޯއި ސޯސް

ސްޕްރިންގް އޮނިއޮން، ސެސިމީ ސީޑް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކޮށާފައި ހުރި ކުކުޅު ކޮޅު ތައްޓަކަށް އަޅާލާނީއެވެ. ދެން ބިސް ތަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު އެހެން ތައްޓަކަށް ކޯންފްލާ، ލޮނު، އަސޭމިރުސް، ގާލިކް ޕައުޑަރ، އަޅާ އެއްކޮށްލާށެވެ. ދެން ކުކުޅުކޮޅުތައް އެ ފުށުގެ ތެރެއަށް ރަނގަޅަށް ލުމަށްފަހު ތެލުލާށެވެ.

އެއަށްފަހު އުނދުން މައްޗަށް ތަވަޔެއް އުދާލާ ތެޔޮ ފޮދެއް އަޅާފައި، ލޮނުމެދު ޕޭސްޓް، ބްރައުން ޝުގަރ، މާމުއި، ހޮޓް ޗިލީ ސޯސް، ސޯޔާސޯސް އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ. އަދި ތެލުލި ކުކުޅު ކޮޅު އަޅާލާ ސޯސް އާ އެއްކޮށްލާށެވެ. އަދި އޭގެ މައްޗަށް ސްޕްރިން އޮނިއޮން، ސެސިމީ ސީޑް އަޅާލުމުން ފްރައިޑް ޗިކެން ބައިޓްސް ތައްޔާރު ކޮށް ނިމުނީއެވެ.