ބޭނުންވާ ތަކެތި

½1 ޖޯޑު ފާރޮށި ކުނޑި

1 ކުކުޅުބިސް

⅓ ސައިސަމުސާ ވެނީލާ އެސެންސް

⅓ ސައިސަމުސާ ރޯސް އެސެންސް

5 މޭޒުމަތީ ސަމުސާ ހަކުރު

3 ޖޯޑު ކާށިކިރު

ތައްޔާރު ކުރާނެ ގޮތް

‎ހަކުރާއި ކުކުޅުބިސް އެއްކޮށްފައި، ކާށިކިރު އަޅައިގެން ގިރާލާށެވެ. ހަކުރުކޮޅު ވިރުނީމަ ފާރޮށިކުނޑި އެއްކުރުމަށް ފަހު ވެނީލާ އެސެންސާއި ރޯސް އެސެންސް އަޅާފައި ފިހަން ލާށެވެ.

‎ބޯކިބާ ފިހަންލުމުގެ ކުރިން 250 ޑިގްރީގައި 10 މިނެޓު ވަންދެން އަވަން ހޫނުކޮށްލަންވާނެއެެ.

‎މި ބޯކިބާ ފިހެވޭނީ (250 ޑިގްރީގައި) 50 މިނެޓުންނެވެ.