ބޭނުންވާ ތަކެތި

250 ގ،ފުށް

1 ސައިސަމުސާ އިންސްޓަންޓް އީސްޓް

2 ސައިސަމުސާ ހިކިކިރު

1 ސައިސަމުސާ ހަކުރު

4 /1 ސައިސަމުސާ ލޮނު

2 މޭޒުމަތީ ސަމުސާ ބަޓަރ

1 ޖޯޑު މިންސްޑްބީފް

1 ޓޮމާޓޯ ( ހިމުންކޮށް ކޮށާފައި)

1 ފިޔާ ( ހިމުންކޮށް ކޮށާފައި)

1 ޖޯޑު ޕީލްޑް ޓޮމާޓޯ

1 ލޮނުމެދު ( ގާނާފައި)

3 /1 ސައިސަމުސާ މުގުރި އަސޭމިރުސް

3 /1 ސައިސަމުސާ އަޖިނަމޮޓޯ

1 ރޯމިރުސް ( ހިމުންކޮށް ކޮށާފައި)

2 /1 ޖޯޑު ޓޮމާޓޯ ސޯސް

1 ޖޯޑު ޗީޒް ( ގާނާފައިހުރި)

ލޮނުކޮޅެއް

ތައްޔާރު ކުރާނެ ގޮތް

ފުށް، ބަޓަރު ކިރު، ހަކުރު ލޮނު އެއްކޮށްގެން ތާފަނާފެނުން ފުށްގަނޑު މޮޑެފައި ކޮތަޅަކަށްލާފައި އައްސާފައި ބާއްވާށެވެ. ދެން ތަވާ އުދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮ ފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާކޮޅާއި މިރުސް އެއްކޮށް އަޅާލާފައި ފިޔާކޮޅު މޯޅިވަންދެން ދޭފަތުން ހަލަމުންދާށެވެ. ފިޔާކޮޅު މޯޅިވީމާ މިންސްޑްބީފް،ލޮނުމެދު، ޓޮމާޓޯ، ލޮނު، އަސޭމިރުސް، ޕީލްޑްޓޮމާޓޯ ، އަޖިނަމޮޓޯ، އެއްކޮށްއަޅާލާފައި ރޯފިލުމުން އުދުންމަތިންބާލާށެވެ. ދެން ޓްރޭއެއްގައި ބަޓަރު ހާކާލާފައި ފުށްގަނޑު ޓްރޭގައި 3 /1 އިންޗީގެ ބޯމިނަށް ފަތުރާލާފައި މަސްގަނޑު ފަތުރާލާށެވެ. މައްޗަށް ކުޑަ ޓޮމާޓޯ ސޯސްކޮޅެއް ބުރުވާލާފައި ޗީޒް ވިއްސާލާފައި އަވަނުން ޗީޒް ދިޔާވަންދެން ފިހެލާށެވެ.