އިންޑިއާގެ މުމްބާއި އަވަށުގައި އުމުރުން 19 އަހަރުގެ ޒުވާން އަންހެނަކަށް ޖިންސީ އަނިޔާ ކުރަމުންދިޔަ މީހަކަަށް ހިތުން ނުފިލާނެވަރުގެ އަދަބެއް ދީފިއެވެ.

އުމުރުން 37 އަަހަރުގެ ފިިރިހެނަކު އެ ޒުވާނާއަށް ޖިންސީ އަނިޔާ ކުރަމުންދިޔައީ، އޭނާއަށް ވަޒީފާދޭނެކަމަށް ބުނެ ގެންގޮސްގެންނެވެ. ފުރަތަމަ އެ ފިރިހެން މީހާ މަސައްކަތްކޮށްފައި ވަނީ އެ އަންހެނާގެ ހަށިގަނޑުގެ ތަންތަނުގައި އަތްލުމަށެވެ.

އެގޮތަށް ކަންތައް ކުރުމަށް އެ ފިރިހެން މީހާ ފެށުމުން، ބަަލަން ނުހުރެ އެ ފިރިހެން މީހާގެ ގައިގާ ފައިވާނުން ތަޅަން ފެށިއެވެ. އަދި އެ މީހާ ފުލުހުންނާއިވެސް ވަނީ ހަވާލުކޮށްފައެވެ.

ފުލުހުން ބުނީ، އެ ފިރިހެން މީހާ އާއި އެ އަންހެން މީހާގެ ބައްޕައަކީ އެއް އަވަށެއްގެ ދެ މީހުން ކަަމަށެވެ. އަދި އެ ފިރިހެން މީހާ ވަޒީފާއެއް ދޭނެކަމަށް އެ އަންހެން މީހާ ގެންގޮސް އޭނާގެ ގައިގާ އަތްލާން ފެށީކަމަށް ފުލުހުން ބުންޏެވެ. އަދި އެ އަންހެން މީހާ ހަޅޭލަވައި ގަތުމުން އެ ހިސާބުގަނޑުގައި އުޅުނު ބަޔަކު އެ އަންހެން މީހާއަށް އެހީތެރިވިއެވެ.

އަދި އެ އަންހެން މީހާ ވަނީ އޭނާގެ ބައްޕައަށް ހުރިހާ އެއްޗެއް ކިޔާދިނުމަށްފަހު ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. ފުލުހުން ވަނީ އެ ފިރިހެން މީހާ ހައްޔަރުކޮށްފައެވެ.

އިންޑިއާއަކީ ރޭޕް ކޭސްތައް ގިނަގައުމެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އާއްމުކޮށް އިންޑިއާގައި ރޭޕްކުރަނީ ކުޑަކުދިންނެވެ.