ޖިންނީންނަކީ އުޅޭ އެއްޗެއްކަމާއި މެދު އަހަރެމެން އެއްވެސް މީހަކު ސުވާލެއް ނުއުފައްދަމެވެ. ނަމަވެސް ލޮލަށް ނުފެންނަ އެއްޗެއް އެއްޗަކީ ނެތް އެއްޗެއް ކަމަށް ގަބޫލު ކުރާ ބަޔަކު ވެސް އެބަތިއްބެވެ. އެފަދަ މީހުން ބުނާ ގޮތުގައި ޖިންނީންކީ އުޅޭ އެއްޗެއް ނޫނެވެ. ރޫހާނީ އެއްވެސް ބާރެއް ނޯންނާނެއެވެ.

އެމެރިކާގެ މިޝިގަން އަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ހީތާ ބްރޯ އާއި އޭނާގެ ފިރިމީހާ އުމުރުން 30 އަހަރުގެ ޖޯޝް ހިގިންސް ވެސް މީގެ ކުރިން ގަބޫލު ކުރީ އެގޮތަށެވެ. ނަމަވެސް އެމީހުންގެ އުމުރުން އެންމެ އަހަރެއްގެ ތުއްތު ދަރިފުޅު ކައިރިއަށް "ޖިންނިއެއް" ވަނުމުން މިހާރު އެމީހުންގެ ގަބޫލު ކުރުން ވަނީ ބަދަލު ކޮށްފައެވެ.

ހީތާ އާއި ޖޯޝްގެ ދަރިފުޅު ނިދަމީ މައިންބަފައިންނާއި ވަކިންނެވެ. ނަމަވެސް ދިރިފުޅުގެ ހަރަކާތްތައް ބެލުމަށް ދަރިފުޅުގެ ކޮޓަރީގައި ކެމެރާއެއް ހަރުކޮށްފައި ހުރެއެވެ.

މިދިޔަ ހަފްތާގައި އެކެމެރާއަށް ރެކޯޑް ކުރެވުނު ވީޑިއޯ އަކުން ހީތާ އާއި ޖޯޝް އަށް ފެންނަނީ "ޖިންނިއެއް" އެމީހުންގެ ދަރިފުޅުގެ އެނދު ކައިރިން ހުރަސްކުރާ މަންޒަރެވެ. އެވީޑިއޯ އެމީހުން ވަނީ މީސް މީޑިއާގައި އާއްމު ވެސް ކޮށްފައެވެ.

ކުޑަ ކުއްޖާ ނިދަން އޮތް އެނދުގެ ކައިރިން ހިޔަންޏެއް ހަރަކާތް ކުރާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޖިންނީންނަކީ އުޅޭ އެއްޗެއް ނޫން ކަމަށް މުސްލިމަކު ޤަބޫލުކޮށްފި ނަމަ އޭނާ ދީނުން ބޭރުވީ. ސަބަބަކީ ޤުރުއާނުގައި ޖިންނީންގެ ނަމުންވެސް ސޫރަތެއްް ބާވާލައްވާފައި ވާތީ.

  2. Anonymous

    ޖިންނިއަކީ އުޅޭ އެއްޗެކެވެ. ޖިންނިއަކީ ވަރަށް ގިނައިން މީހުންގެ ގާތަށް ވަންނަ އެއްޗެކެވެ. ޔޫރަޕުގެ ކާފަރުންނަށް އެކަން ނޭނގެނީ އެމީހުން ރާބޮއިގެން ނިދާތީއެވެ. އެމީހުންނަށް ޖިންނިއެއް ފެންނަނީ ވެސް ކެމެރާއަކުން ރިކޯޑްކުރެވުނީމައެވެ.