ތުއްތު ދަރުފުޅަށް އެންމެ ރަނގަޅު ކާނާއަކީ މައިމީހާގެ ކިރެވެ. އެހެނީ މައިމީހާގެ ކިރުގައި އެކުލެވޭ ކެލްސިއަމް އަދި މިނަރަލްސް އާއު އެނޫންވެސް ތުއްތުކުއްޖާއަށް ފައިދާކުރަނިވި ގިނަގުނަ މާއްދާތަކުގެ ސަބަބުން ކުއްޖާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީވެއެވެ. ކުޑަދަރުފުޅަށް ގާތުން ކިރުދޭއިރު ސަމާލުކަންދޭނެް ޖެހޭ އެތަކެއް ކަމެއް ވެއެވެ. އެގޮތުން މައިމީހާގެ ކެއުމުގައި ކޮންމެހެން ހިމެނުން މުހިންމު ބައެއް ބާވަތްތަށް ވެއެވެ. މިގޮތުން ގާތުން ކިރުދޭ މައިން، ކެއުމުގައި ހިމަނަންވީ ބައެއް މުޙިންމު ބައެއް ބާވަތްތަށް ތިރީގައި އެވަނީއެވެ.

މޭވާ: ގާތުން ކިރުދޭއިރު ބައެއް ކަހަލަގެ މޭވާ ކެއުމަށް އިސްކަން ދޭންޖެހޭނެއެވެ. އެގޮތުން ޕޮޓެންސިއަމް އަދި "ވިޓަމިން އޭ" އެކުލެވޭ މޭވާތަށް ކެއުމަށް އިސްކަން ދޭން ޖެހެއެވެ. އޭގެތެރޭގައި ދޮންކެޔޮ، އަނބު ، އޮރެންޖް، މޭބިސް ކަދުރު، ކިވީ އަދި ޕްރޫނެސް ހިމެނެއެވެ.

ތަރުކާރީ: ބައެއް ކަހަލަގެ ތަރުކާރީގެ ބާވަތްތަކަކީވެސް ގާތުން ކިރުދޭއިރު ކެއުން މުހިންމު އެއްޗެކެވެ. އެހެނީ ތަރުކާރީއަކީ އެންޑިއޮކްސިޑެންޓް އަދި ވިޓަމުންފެ މާއްދާތަށް ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗަކަށް ވުމުންނެވެ. އެކަމުގެ ސަބަބުން ކިރު އުފެއްދާ ނިއުޓްރިއަންސްގެ އަދަދު އިތުރު ކުރުވައެވެ. ގާތުން ކިރުދޭމައިން ކެއުމަށް ޑޮކްޓަރުން ލަފާ އަރުވާފައިވާ ބައެއް ތަރުކާރީގެ ތެރޭގައި ކެރެޓް، ބަރަބޯ، ޓޮމާޓޯ، ޕެޕާސް ހިމެނެއެވެ.

ވިޓަމިން ޑީ އަދި ކެލްސިއަމް ލިބޭ ތަކެތި: މާބަނޑު ދުވަސްވަރު އަދި ގާތުން ކިރުދޭ ދުވަސްވަރުގައިވެސް "ވިޓަމިން ޑީ" އަދި ކެލްސިއަމް ލިބޭ ތަކެތި ކެއުމުގައި ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ، އެގޮތުން ކިރު، ޔޯގަޓް އަދި ޗީސް ފަދަ ތަކެތި ބޭނުން ކުރުން ރަނގަޅެވެ. އެކަމުގެ ސަބަބުން މައިމީހާގެ ހަށިގަނޑުގައި ކިރު އުފެއްދޭ މިންވަރު އިތުރުވެއެވެ.