ޔަހޫދީ ދައުލަތުން ފަލަސްތީންގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި ގުޅުވައިގެން ޓްރިއޯ ބޭންޑްގެ ކުރީގެ ލީޑް ވޯކަލިސްޓް މޫސާ ޝިފާއު ހާއްސަ މަދަހައެއް ނެރެފިއެވެ.

އޭނާ މި މަދަހަ ވަނީ ސައުންޑް ކްލައުޑް އައި ޔޫޓިއުބަށް ދޫކޮށްލައިފައެވެ.


މި މަދަހައިގެ ނަމަކީ "ކަރުނަ"އެވެ މި މަދަހައި މޫސާ ޝިފާއު ކިޔާފައިވާއިރު، މި މަދަހައިގެ ލިރިކްސް ހަދާފައި ވަނީ އަހްމަދު ރިފާއު އެވެ. އަދި މެލޯޑީ ތައްޔާރުކޮށްފައި ވަނީ އަބްދުލް އަލީމެވެ.

ފަސް މިނެޓުގެ މި މަދަހައިން ޔަހޫދީން ދެމުންގެންދާ އަނިޔާތައް ސިފަކޮށްދީފައިވާއިރު، އެ މީހުންގެ ހާލަތު ފެނި އިސްލާމުން ރޮމުންދާކަން ސިފަކޮށްފައިވެއެވެ. އޭގެ އިތުރުން ޣައްޒާގެ ތުއްތު ކުދިންނަށް މައިންބަފައިން ނެތި ލިބެމުންދާ ނަފްސާނީ އަނިޔާތަކުގެ ވާހަކަ އާއި ޣާއްޒާގެ މިހާރުގެ ހާލަތު ވަރަށް ބޮޑަށް ސިފަކޮށްދީފައި ވެއެވެ.

ޣައްޒާގެ ހަލަތު މިހާރު ވަރަށް ގޯހެވެ. މިހާތަނަށް ޣައްޒާއިން އެކަނި 1،799 މީހުން ޝަހީދުކޮށްލި އިރު، 6،388 މީހުން ޒަހަމްވެފައިވެއެވެ. އޭގެ ތެރެއިން 500 އެއްހާ ކުޑަކުދިން ޝަހީދުވެފައިވާ ކަަމަށް ދައްކައެެވެ. ގިނަ ކުޑަކުދިންތަކަކަށް ވަނީ އަނިޔާ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ވަރަށް އަސަރުގަދަ! މާތްالله ފަލަސްޠީނުގެ މުސްލިމުންނަށް ހެޔޮ ރަހުމަތް ލައްވަވައި އެހިތްތަކުގައި އިތުރަށް އީމާންކަން ވަރުގަދަ ކުރައްވާށި! އާމީން.

    38
    0