1970 ވަނަ އަހަރު ރިލީޒްކުރި ރޮމޭންޓިކް ޑްރާމާ "ލަވް ސްޓޯރީ" އިން އޮސްކާ އަށް ނޮމިނޭޓްވި ތަރި ރަޔަން އޯނީލް އުމުރުން 82 އަހަރުގައި މަރުވެއްޖެ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

އެހެން ނަމަވެސް މަރުވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. 2012 ވަނަ އަހަރު އޯނީލް ބުނީ ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާ ކަން އެނގުނު ނަމަވެސް ޕްރޮގްނޯސިސް ރަނގަޅު ކަމަށެވެ.

އެމެޗާ ބޮކްސަރަކަށް ބަދަލުވި އޯނީލް 1964 ވަނަ އަހަރު ޕްރައިމް ޓައިމް ޓީވީ ސޯޕް އޮޕެރާ ޕީޓަން ޕްލޭސްގެ ރޯލެއް ލިބުމުން އެންޓްރެއިންމަންޓް ވިޔަފާރީގެ ތެރެއަށް ނުކުތެވެ.

1970 ގެ އަހަރުތަކުގައި ހޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނުނު އޯނީލް ވަނީ ވަޓްސް އަޕް، ޑޮކް؟، ޕޭޕަރ މޫން އަދި ބެރީ ލިންޑަން ފަދަ ފިލްމުތައް ކުޅެފައެވެ. އޯނީލް އަށް އެންމެ ފާހަގަކޮށްލެވޭ ޓާން އައީ 1970 ވަނަ އަހަރު އަލީ މެކްގްރޯއާ އެކު ކުޅުނު ރޮމޭންޓިކް ޑްރާމާ "ލަވް ސްޓޯރީ" އިންނެވެ.

އޯނީލް އަކީ މަޝްހޫރު ބަތަލާ ފައްރާ ފައުސެޓްއާ އެކު އެތައް އަހަރެއް ވަންދެން އުފެދުނު ނުތަނަވަސް ލޯބީގެ ގުޅުމުގެ ސަބަބުން ވެސް މަޝްހޫރު ވެފައިވާ ބަތަލާއެކެވެ.