ބޭނުންވާ ތަކެތި:

‎2 ބިސް

‎2 ޖޯޑު ފުށް

‎1 3/4 ޖޯޑު ރޯ ކިރު

‎1/2 ޖޯޑު ވެޖިޓަބަލް ތެޔޮ

‎1 މޭޒުމަތީ ސަމުސާ ހަކުރު

‎4 ސައިސަމުސާ ބޭކިންގ ޕައުޑަރ

‎1/4 ސައިސަމުސާ ލޮނު

‎1/2 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް

‎ވަފުލް ތައްޔާރު ކުރުމަށް ޚާއްސަ ވަފުލް އަޔަން ހޫނުކޮށްލާށެވެ. ބޯތައްޓެއްގައި ބިސްތައް ގިރާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ފުށާއި ކިރާއި، ތެޔޮ އަދި ހަކުރާއި ބޭކިންގ ޕައުޑަރ ގެ އިތުރުން އެސެންސް އަޅައި ގިރާލާށެވެ. ދެން ވަފުލް އަޔަންގައި ތެޔޮ ކޮޅެއް އުނގުޅާލުމަށްފަހު އޭގެ ތެރެއަށް ވަފުލް މިކްސް އަޅާލާށެވެ. ރަނގަޅަށް ފިހެވުމުން ސަރވް ކުރާށެވެ. ސަރވް ކުރާއިރު ވަފުލްގެ މައްޗަށް ސިރަޕް ފަދަ އެއްޗެއް އަޅާލާށެވެ.